Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ރިޔާސީ އިންތިޚާބު

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

ޓްރަމްޕްގެ ކާމިޔާބީއާއެކު އޭނާ ވައުދުވެވަޑައިގެންފައި ގައުމިއްޔަތުގެ ސިޔާސަތުތައް ގެންނަވާނެ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މިއީ ހަމައެކަނި އެތެރޭގެ ކަންކަމުގައި އެކަންޏެއް ނޫނެވެ. ބޭރުގެ ކަންކަމުގައިވެސް، އޭނާ ގެންގުޅުއްވާނީ އެމެރިކާ އަށް އިސްކަން ދެއްވުމުގެ "އެމެރިކާ ފަސްޓް" ސިޔާސަތު ކަމަށް ބެލެވެއެވެ.

ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2024 | ބުދަ 11:53
ނޮވެމްބަރު 6، 2024 ވީ ބުދަ ދުވަހު ފްލޮރިޑާގެ ވެސްޓް ޕާމް ބީޗް ގެ ކޮންވެންޝަން ސެންޓަރުގައި އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ އުފަލުގައި ސަޕޯޓަރުންނާ ޓްރަމްޕް ބައްދަލު ކުރައްވަނީ

ނޮވެމްބަރު 6، 2024 ވީ ބުދަ ދުވަހު ފްލޮރިޑާގެ ވެސްޓް ޕާމް ބީޗް ގެ ކޮންވެންޝަން ސެންޓަރުގައި އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ އުފަލުގައި ސަޕޯޓަރުންނާ ޓްރަމްޕް ބައްދަލު ކުރައްވަނީ

އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓަށް ވުރެ އިތުރަށް ވޯޓު ކަށަވަރު ވުމާއެކު އެމެރިކާގެ ރިޔާސީ އިންތިޚާބު ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައިފިއެވެ.

ރަސްމީ ނަތީޖާ އިއުލާން ކޮށްފައި ނުވި ނަމަވެސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފިކަމަށް ބުދަ ދުވަހު އެމެރިކާގެ މީޑިއާތަކުންވެސް އިން ވެސް ވަނީ ޔަގީންކޮށްދީފައެވެ.

"މިއީ އަޅުގަނޑުމެންގެ ޤައުމު މީގެ ކުރިން ދެކިފައިނުވާ ފަދަ ސިޔާސީ ކާމިޔާބީއެއް،" ޓްރަމްޕް ފްލޮރިޑާގައި ބޭއްވި ކާމިޔާބީގެ ރެލީއެއްގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ.

މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް އާ ޓްރަމްޕް ވާދަ ކުރެއްވި މި ރޭހަކީ ވަރަށް ވާދަވެރި ކެމްޕޭނެއްކަމަށް ބެލެވުނު ނަމަވެސް، ނަތީޖާތައް ޓްރަމްޕް ކޮޅަށް ބުރަވަމުން އައީ ހައިރާންވާހާ އަވަސްމިނެއްގައެވެ. ޖޯޖިއާ، ނޯތު ކެރޮލައިނާ އަދި ޕެންސިލްވޭނިއާ ފަދަ ސްވިންގް ސްޓޭޓްތައް ހިމެނޭގޮތަށް ބޮޑު ކާމިޔާބީއެއް ޓްރަމްޕް ހޯއްދެވުމާއެކު އޭނާގެ ވާދަވެރިޔާ ހެރިސް އަށް ފުރުސަތު ވަރަށް ހަނިވެއްޖެކަން ބުދަ ދުވަހުގެ ވަރަށް ކުރީކޮޅު ވަނީ ހާމަވެފައެވެ.

ޓްރަމްޕަކީ މި ވޭތުވެ ދިޔަ ގަރުނުގެ ތެރޭގައި އެމެރިކާގައި ވިދިވިދިގެން ނޫން ގޮތަކަށް ދެވަނަ ދައުރެއް ކާމިޔާބުކުރެއްވި ފުރަތަމަ ރައީސެވެ.

އަދި އޭނާއަކީ ޖިނާއީ ކުށެއް ސާބިތުވެ ޙުކުމެއް އޮއްވާ އިންތިޚާބުވި ހަމައެކަނި ރައީސް ވެސް މެއެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި އިރު ޓްރަމްޕްގެ މައްޗަށް ސާބިތުވި ކުށުގެ ހުކުމް ކުރުން ނޮވެމްބަރު 26 ވަނަ ދުވަހު ނިއުޔޯކްގެ ކޯޓެއްގައި ވަނީ ތާވަލުވެސް ކުރެވިފައެވެ.

އުމުރުފުޅުން 78 އަހަރުގެ ޓްރަމްޕް، ކުރިއަށް އޮތް އޭނާގެ ހަތަރު އަހަރުގެ ދައުރުގައި އެމެރިކާގެ އެންމެ ދުވަސްވީ ރައީސްގެ ރެކޯޑު ހައްދަވާނެއެވެ. އޭނާ މުގުރާލައްވާނީ ޖެނުއަރީ މަހު އުމުރުފުޅުން 82 އަހަރުގައި މަޤާމުން ފައިބައިވަޑައިގަންނަވާ ބައިޑެންގެ ރެކޯޑެވެ.

ޓްރަމްޕްގެ ކާމިޔާބީއާއެކު އޭނާ ވައުދުވެވަޑައިގެންފައި ގައުމިއްޔަތުގެ ސިޔާސަތުތައް ގެންނަވާނެ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މިއީ ހަމައެކަނި އެތެރޭގެ ކަންކަމުގައި އެކަންޏެއް ނޫނެވެ. ބޭރުގެ ކަންކަމުގައިވެސް، އޭނާ ގެންގުޅުއްވާނީ އެމެރިކާ އަށް އިސްކަން ދެއްވުމުގެ "އެމެރިކާ ފަސްޓް" ސިޔާސަތު ކަމަށް ބެލެވެއެވެ.

ޔުކްރެއިން އަށް ބާރު އަޅުއްވައިގެން، ރަޝިޔާއަށް ސަރަޙައްދީ ދޫދިނުންތަކެއް ދިނުމުގެ ތެރެއިން ޔޫކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށް ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އަދި ޤާނޫނާ ޚިލާފަށް އެމެރިކާ އަށް އެތެރެވެފައިވާ އެތައްހާސް ބަޔަކު ޑިޕޯޓްކުރުމުގެ އިންޒާރު ދެއްވާފައިވާތީ ލެޓިން އެމެރިކާގައި ޓްރަމްޕްގެ ވެރިކަމާ މެދު ބޮޑު ނުތަނަވަސް ކަމެއް ވަނީ އުފެދިފައެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގަންނަވަނީ "ކްލައިމެޓް ޗޭންޖް" ގަބޫލުފުޅު ނުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެއާއެކު ބައިޑެންގެ ތިމާވެށީގެ ސިޔާސަތުތައް ނިމުމަކަށް ގެންނަވާނެ ކަމަށާއި، އިންސާނުންގެ ސަބަބުން ދުނިޔެ ހޫނުވަމުންދާ މިންވަރު ދަށްކުރުމަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކަށް ޓްރަމްޕްގެ ވެރިކަމުގައި ނުރައްކާވާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.

ޓްރަމްޕްގެ ހައިރާންކުރުވަނިވި ކާމިޔާބީ ފުރިހަމައަށް ޔަޤީންވުމުގެ މާ ކުރިން ބޭރުގެ ލީޑަރުން އޭނާ އަށް މަރުހަބާ ދެންނެވުމަށް އަވަސްވެވަޑައިގަތްކަން ފާހަގަ ކުރެވެއެވެ. މީގެ ތެރޭގައި ޓްރަމްޕްގެ ދިގު މުއްދަތުގެ އެކުވެރިން ކަމުގައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އަދި ތުރުކީގެ ބޮޑުވަޒީރު ރެޖެޕް ޠައްޔިބް އުރުދުޣާން ހިމެނެއެވެ.

ޓްރަމްޕަށް މަރުހަބާގެ މެސެޖު ފޮނުއްވި ފަރާތްތަކުގެ ތެރޭގައި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވެސް ހިމެނެއެވެ. ބައިޑެން މަޤާމުން ފައިބައިވަޑައިގަތުމާއެކު ރަޝިޔާ އާ ދެކޮޅަށް ޔޫކްރެއިން އިން ކުރަމުންދާ ހަނގުރާމައިގައި، އެމެރިކާ އިން ޔޫކްރެއިން އަށް ދޭ އެހީ އަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް މިހާރުވެސް ވަނީ ބެލެވިފައެވެ. ޒެލެންސްކީ ވިދާޅުވީ މި ކާމިޔާބީގެ ސަބަބުން އޭނާގެ ޤައުމަށް "އިންސާފުވެރި ސުލްޙައެއް" ހޯދުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ކޭ ސްޓާމަރ އާއި ފަރަންސޭސިވިލާތުގެ ރައީސް އިމެނުއެލް މެކްރޯން ޓްރަމްޕަށް މަރުހަބާ ދެންނެވި ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.

ޓްރަމްޕް ވަނީ ބުދަ ދުވަހުގެ ހެނދުނު ޕާމް ބީޗް ކައުންޓީގެ ކޮންވެންޝަން ސެންޓަރުގައި އެއްވެފައިވާ ސަޕޯޓަރުންގެ ކުރިމަތީގައި ކާމިޔާބުގެ އުފަލުގައި ވާހަކަފުޅު ދައްކަވާފައެވެ.

"އެމެރިކާއިން އަޅުގަނޑުމެންނަށް މި ދިނީ މިހާތަނަށް ދުވަހަކުވެސް ނުދޭފަދަ ވަރުގަދަ މެންޑޭޓެކެވެ،" އޭނާ ވިދާޅުވިއެވެ.

އަނެއްކޮޅުން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ސެނެޓުގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީން ހޯދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ނޮވެމްބަރު 5 ގެ އިންތިޚާބުގައި އެމެރިކާގައި ވޯޓުލުން ކުރިއަށް ދިޔައީ އާންމު ގޮތެއްގައި އޮމާންކަމާއެކު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިންތިޚާބުގެ ދުވަހަށް ޓްރަމްޕް ނުކުންނެވީ ވައިޓް ހައުސް އަނބުރާ ހޯއްދެވުމުގެ 50-50 ފުރުސަތެއްގައި ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޕާމް ބީޗުގައި އޮތް ރެލީގައި ޓްރަމްޕް ވަނީ އޭނާ އަށް ތާއިދު ކުރާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

"މި އާދަޔާ ޚިލާފް ސިޔާސީ ހަރަކާތުގައި އަޅުގަނޑުމެންގެ އެތައް ހާސް ރަހުމަތްތެރިން ޝާމިލުވޭ،" ޓްރަމްޕް ވިދާޅުވިއެވެ. "މިއީ މީގެ ކުރިން އެއްވެސް މީހަކު ދެކިފައިނުވާ ފަދަ މޫވްމަންޓެއް، އަދި ތެދުތެދަށް ދަންނަވަންޏާ، މިއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ތާރީޚުގައި އެންމެ މަތިވެރި ސިޔާސީ މޫވްމަންޓް."

"އަޅުގަނޑުމެންގެ ޤައުމު ހަމަ މަގަށް އެޅުވުމަށް އެހީތެރިވާނަން. އަޅުގަނޑުމެންގެ ޤައުމު ރަނގަޅު ކުރުމަށް އެހީތެރިވާނަން،" ޓްރަމްޕް ވިދާޅުވިއެވެ. އާންމު ގޮތެއްގައި ބައިބައިވުން އުފެދޭ ގޮތައް ބަސްމަގު ބަހައްޓަވާކަން ފާހަގަ ކުރެވޭ ޓްރަމްޕްގެ ރާގު ބަދަލު ކުރައްވާ ގައުމީ އެއްބައިވަންތަ ކަމުގެ ރޫހުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދަރިން އަދި އެންމެންނަށް ޙައްޤުވާ ވަރުގަދަ، ރައްކާތެރި އަދި ކުރިއަރާފައިވާ އެމެރިކާއެއް ގެނެސްދިނުމަށް ޓަކައި އަޅުގަނޑުމެން ހުއްޓުމެއްނެތި މަސައްކަތްކުރާނަން،" އޭނާ ވިދާޅުވިއެވެ. "މިއީ ޙަޤީޤަތުގައިވެސް އެމެރިކާގެ ރަން ޒަމާން ކަމުގައި ވާނެ."

ކޮމެންޓް

އިތުރަށް ކިޔާލަން

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު