Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޣައްޒާ ހަނގުރާމަ

ފަލަސްތީނުގެ ހައްގުގައި އިހްތިޖާޖު ކުރި ޑރ. ޝަޒްރާ އާއި ޝާދިޔާގެ މައްޗަށް ދައުވާ އުފުލައިފި

މި ދެ ދައުވާ ސާބިތުވެއްޖެނަމަ، އެ ދެ މީހުންގެ މައްޗަށް ހަ މަސްދުވަހުގެ ޖަލު އަދަބެއް އަންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2024 | އަންގާރަ 18:56
އިޒްރޭލާ ދެކޮޅަށް އަޑު އުފުލި ޝާދިޔާ އާއި ޑރ.ޝަޒްރާގެ ބަންދުގެ މުއްދަތު ޖަހައިފި

އިޒްރޭލާ ދެކޮޅަށް އަޑު އުފުލި ޝާދިޔާ އާއި ޑރ.ޝަޒްރާގެ ބަންދުގެ މުއްދަތު ޖަހައިފި

ފަލަސްތީނުގެ ހައްގުގައި އިހްތިޖާޖު ކުރި މައްސަލައިގައި ދައުލަތުން ޑރ. ޝަޒްރާ އާއި ޝާދިޔާގެ މައްޗަށް ދައުވާކޮށްފިއެވެ.

އެ ދެ މީހުން ހައްޔަރުކުރީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްބަސީތަކުގެ ކައިރީގައި އަޑުއުފުލަމުން ދަނިކޮށް އޮގަސްޓް މަހުގެ 28 ވަނަ ދުވަހެވެ. ނަމަވެސް އިޒްރޭލުން ފަލަސްތީނުގައި ހިންގާ ނަސްލު ނައްތާލުމަށް ހަނގުރާމަ ހުއްޓުވުމަށް ގޮވާލައި ބޭރުގެ އެމްބަސީތަކުގެ ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އައިޝަތު ޝާދިޔާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއް ކަމަށް ހައިކޯޓުން ވަނީ 8 އޮކްޓޯބަރުގައި ކަނޑައަޅާފައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ތަކުރާރުކޮށް ޑިޕްލޮމެޓިކް މިޝަންތައް ކައިރިއަށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބުތަކަށް ހުރަސް އެޅުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރީ ޝާދިޔާއެވެ.

ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ނެރުނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ކަމަށެވެ. އެހެންކަމުން ޝާދިޔާ ބަންދު ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ހައިކޯޓުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން އެ އަމުރު ނެރުނު އިރު ޝާދިޔާގެ ފަރާތުން އާންމުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވީ ކިހިނެއް ކަމެއް ސާފުކޮށްދީފައި ނުވާކަމަށެވެ. އަދި ޝާދިޔާގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް އެ ހުކުމުގައިވެއެވެ.

ނަމަވެސް އަލުން ދައުވާކުރުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ޕީޖީން ވަނީ އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައެވެ. އެއީ ގާނޫނުލްއުގޫބާތުގެ 533 ވަަނަ މާއްދާގެ ދަށުން، ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ (އަސާސީ އަދަބު: ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން) އަދި ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން، އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާ (އަސާސީ އަދަބު: އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން) އެވެ.

މި ދެ ދައުވާ ސާބިތުވެއްޖެނަމަ، އެ ދެ މީހުންގެ މައްޗަށް ހަ މަސްދުވަހުގެ ޖަލު އަދަބެއް އަންނާނެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު