Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެލޭޝިއާ

އިޒްރޭލު އދ އިން ބޭރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މެލޭޝިއާ އިން ބުނެފި

ބޮޑުވަޒީރު އަންވަރު އިބްރާހީމް މެލޭޝިއާގެ ޕާލިމެންޓުގައި ހޯމަ ދުވަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ މެލޭޝިއާ އަކީ އިޒްރޭލާ ދެކޮޅަށް ހުށަހަޅާ ޤަރާރު އެކުލަވާލަމުންދާ މައި ގްރޫޕުގެ ބައިވެރިއެއް ކަމަށާއި، އިންސާނީ ޙައްޤުތަކާ ޚިލާފުވުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން އިޒްރޭލު އދ ގެ ޖެނެރަލް އެސެމްބްލީން ބޭރުކުރުމަށް ގަރާރުގައި ހުށަހަޅާފައިވާ ކަމަށެވެ.

ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2024 | އަންގާރަ 18:50
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް

އިޒްރޭލު އދ. އިން ބޭރު ކުރުމުގެ މަސައްކަތް ބައެއް ގައުމުތަކާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމް މެލޭޝިއާގެ ޕާލިމެންޓުގައި ހޯމަ ދުވަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އދ ގެ އާންމު މަޖިލީހުން އިޒްރޭލު ބޭރުކުރުމަށް ގަރާރެއްގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މެލޭޝިއާ އަކީ އެ ޤަރާރު އެކުލަވާލަމުންދާ މައި ގްރޫޕުގެ ބައިވެރިއެއް ކަމަށެވެ.

އެ ޤަރާރުގައި އިންސާނީ ޙައްޤުތަކާ ޚިލާފުވުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން އިޒްރޭލު އދ ގެ ޖެނެރަލް އެސެމްބްލީން ބޭރުކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ބޮޑުވަޒީރު އަންވަރު ވިދާޅުވެފައިވަނީ މި ޤަރާރުގެ ޑްރާފްޓަށް މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށާއި، އދ ގެ ޖެނެރަލް އެސެމްބްލީ އިން ފާސްކުރުމަށް ގަރާރު "އަވަހަށް" ހުށަހެޅޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

"އިޒްރޭލުން ހިންގާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން، އިޒްރޭލު އދ އިން ބޭރުކުރުން ހިމެނޭ ގޮތަށް ހަރުކަށި ފިޔަވަޅުތައް ވީހާވެސް އަވަހަކަށް އަޅަންޖެހޭ،" އޭނާ ފާހަގަކުރެއްވިއެވެ.

"މި އެޖެންޑާގެ އަޑު އިއްވައި، ސަމާލުކަމަށް ގެނެވޭކަން މެލޭޝިއާ އިން ކަށަވަރު ކުރާނަން، އެ ގޮތުގެ މަތިން، މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވުމާއި، ފަލަސްޠީނު ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މަގުފަހިވާނެ،" އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ، އިޒްރޭލުން މިހާރު މަނާކޮށްފައިވާ، ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ ގެ ރިލީފް އެންޑް ވާރކްސް އޭޖެންސީ (އަންރުވާ) އިން ފަލަސްތީނުގެ ރެފިއުޖީންނަށް ދެމުންދާ ތަޢުލީމާއި، ޞިއްޙީ ފަރުވާއާއި އިންސާނީ އެހީ ހިމެނޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކުރިއަށް ގެންދިއުމަށް ގާނޫނީ ގޮތުން ލިބޭ ބާރަކަށް މި ގަރާރު ވެގެން ދާނެ ކަމަށެވެ.

ފާއިތުވި ހަފްތާގައި އިޒްރޭލުގެ ކެނެސެޓް (ޕާލަމެންޓް) އިން ފާސްކުރި ބިލަކުން އަންރުވާ ހިންގުން އިޒްރޭލުން ވަނީ މަނާކޮށްފައިވެއެވެ. މީގެ ސަބަބުން ޣައްޒާ ސްޓްރިޕް އާއި އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސްގައި އެ އޭޖެންސީން ކުރަމުންދާ މަސައްކަތަކަށް ހުރަސް އެޅޭނެ އެވެ. އިޒްރޭލުން ފާސްކުރި މި ޤާނޫނު ޢަމަލުކުރަން ފަށާނީ 90 ދުވަހުގެ ތެރޭގައެވެ.

އިޒްރޭލުން އަންރުވާގެ ހަރަކާތްތައް ހުއްޓުވުމަށް ފާސްކުރި ގާނޫނުގެ ހުއްޖަތަކަށް ބުނެފައިވަނީ އަންރުވާގެ ތެރެއަށް ހަމާސްގެ ހަނގުރާމަވެރިން ވަދެފައިވާ ކަމަށެވެ.

އދ ގެ މި އޭޖެންސީން އިޒްރޭލުގެ މި ތުހުމަތުތައް ދޮގުކޮށް، އެ ޖަމާއަތުން ވަކިފަރާތަކަށް ނުޖެހުން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅާ ކަމަށް ބުނެފައިވެއެވެ.

އަންރުވާއިން ހޯމަ ދުވަހު ބުނެފައިވަނީ އިޒްރޭލުން އެ ޖަމާއަތުގެ މަސައްކަތްތައް މަނާކުރުމުގެ ސަބަބުން ހަނގުރާމައިގެ ތެރޭގައިވާ ޣައްޒާ ސްޓްރިޕްގައި އިންސާނީ އެހީގެ މަސައްކަތްތައް "ހުއްޓުމަކަށް އަންނާނެ" ކަމަށެވެ.

މިހާރު ފަލަސްޠީނު ރެފިއުޖީންގެ އަދަދު ގާތްގަނޑަކަށް 6 މިލިއަނަށް އަރައެވެ. ގާޒާގެ 2.3 މިލިއަން އާބާދީގެ ގިނަ އަދަދެއްގެ ޢާއިލާތަކަކީ ރެފިއުޖީންނެވެ.                

ކޮމެންޓް

އިތުރަށް ކިޔާލަން

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު