Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމާސްޓަރކާޑް ބިޒްނަސް ޕްރީޕެއިޑް ކާޑު

ބީއެމްއެލް އިން މާސްޓަރކާޑް ބިޒްނަސް ޕްރީޕެއިޑް ކާޑު ތައާރަފްކޮށްފި

5 ނޮވެމްބަރު 2024 | އަންގާރަ 14:42

ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިތަކުންވެސް ކުރާ މުއާމަލާތްތަކުގައި ނަގުދު ފައިސާގެ ބަދަލުގައި މާސްޓަރކާޑް ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން މުއާމަލާތްތަކުގެ ތަފްސީލު ރައްކާތެރިކަމާއެކު ބެލެހެއްޓި، ނަގުދު ފައިސާއާ ނުލައި ވިޔަފާރިއާ ގުޅޭ ހަރަދު ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ނޮވެމްބަރު 2024 | އަންގާރަ 14:42
ބޭންކް އޮފް މޯލްޑިވްސްއިން މާސްޓަރކާޑް ބިޒްނަސް ޕްރީޕެއިޑް ކާޑު ތައާރަފްކުރުން

ބޭންކް އޮފް މޯލްޑިވްސްއިން މާސްޓަރކާޑް ބިޒްނަސް ޕްރީޕެއިޑް ކާޑު ތައާރަފްކުރުން

ބޭންކް އޮފް މޯލްޑިވްސްއިން މާސްޓަރކާޑްގެ ބިޒްނަސް ޕްރީޕެއިޑް ކާޑު ތައާރަފްކޮށްފިއެވެ.

މިއީ ބޭންކުން ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ދެއްކުމުގެ މުއާމަލާތްކުރުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެކެވެ.

ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިތަކުންވެސް ކުރާ މުއާމަލާތްތަކުގައި ނަގުދު ފައިސާގެ ބަދަލުގައި މާސްޓަރކާޑް ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން މުއާމަލާތްތަކުގެ ތަފްސީލު ރައްކާތެރިކަމާއެކު ބެލެހެއްޓި، ނަގުދު ފައިސާއާ ނުލައި ވިޔަފާރިއާ ގުޅޭ ހަރަދު ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ބިޒްނަސް ޕްރީޕެއިޑް ކާޑުގެ ރުފިޔާ ކާޑާއި ޑޮލަރު ކާޑުވެސް ލިބޭނެއެވެ. އެ ގޮތުން މި ދެބާވަތުގެ ކާޑުންވެސް ރާއްޖޭގެ ޕީއޯއެސް، ޕޭމަންޓް ގޭޓްވޭ އަދި އޭޓީއެމްތަކުގައި މުއާމަލާތުކުރެވޭނެއެވެ. އަދި މީގެ އިތުރުން ޑޮލަރު ކާޑުން ބޭރު ގައުމުތަކުގެ ޕީއޯއެސް މެޝިނާއި ޕޭމަންޓް ގޭޓްވޭ ތަކުގައި ބޭނުން ކުރެވޭނެއެވެ. މި ކާޑުތަކުން ދުވާލަކު 100،000 ދިވެހި ރުފިޔާ އަދި 50،000 ޑޮލަރުގެ މުއާމަލާތްކުރެވޭނެއެވެ. އަދި 200،000 ރުފިޔާ ނުވަތަ 50،000 ޑޮލަރު ކާޑަށް ރީލޯޑްކުރެވޭނެއެވެ. ކާޑުތަކުން ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލް އަދި ބެލެންސް އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

މި ހިދުމަތާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ކާޑް ޕާރޓްނަރ، މާސްޓަރކާޑާ ގުޅިގެން ވިޔަފާރިތަކަށް ޑިޖިޓަލް ބޭންކިންގ ސޮލިއުޝަނެއް ހޯދައިދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ތައާރަފް ކުރެވުނު ބިޒްނަސް ޕްރީޕެއިޑް މާސްޓަރކާޑަކީ ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން ވިޔަފާރިތަކުން ބޭނުންވާފަދަ ޒަމާނީ ހިދުމަތްތައް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 93 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 148 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
14 ފެބުރުއަރީ 2017

ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ. ހަދިޔާކޮށްފި

14 ފެބުރުއަރީ 2017
ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ.  ހަދިޔާކޮށްފި
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
10 ފެބުރުއަރީ 2017

ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި

10 ފެބުރުއަރީ 2017
ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް