Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއެމްއެލް

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

ފުރަތަމަ ހަރަކާތެއްގެ ގޮތުގައި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ޕްރޮޖެކްޓް" އަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިވަނީ ހުޅުވާލާފަ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2017 | އަންގާރަ 22:51
ބީއެމްއެލްގެ އެމްޑީ އެންޑްރޫ ހީލީ

ބީއެމްއެލްގެ އެމްޑީ އެންޑްރޫ ހީލީ

ދިވެހި މުޖުތަމައަށް އެހީތެރިވުމަށްޓަކައި ކުރިޔަށްގެންދާނެ ގިނަ ހަރަކާތްތަކަކާއެކު ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގުރާމެއް ބީއެމްއެލްއިން ފަށައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ ޗަންޕާ ސެންޓްރަލް ހޮޓެލްގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން، މި ފެބްރުވަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމައަށް ފައިދާ ކުރާނެ ޚިދުމަތަކަށް އަލިއަޅުވާލާ ހަރަކާތެއް ބޭންކުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ޕްރޮޖެކްޓް" އަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިވަނީ ހުޅުވާލާފައެވެ. ދެމެހެއްޓެނެވި މަޝްރޫއެއް ހިންގުމަށް މި ގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ތަންފީޒުކުރުމަށް ބޭންކުން ދެ ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ފާއިތުވީ ދެ އަހަރު ބީއެމްއެލްއިން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން އަހަރަކު 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަަަމަށެވެ. ދާދިފަހުން އެއަދަދު ދެގުނަކޮށް 2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް، 150 އާ ވަޒީފާ އުފައްދާނެކަން އިއުލާންކޮށްފައިވާ ކަމަށް އެންޑްރޫ ވިދާޅުވިއެވެ.

އެންޑްރޫ ވިދާޅުވީ ބީއެމްއެލްއިން ރާވާފައިވާ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތަށާއި، ތައުލީމީ ކަންކަމަށާއި ކުޅިވަރު ހަރަކާތްތަކަށް އަދި ތިމާވެށި ރައްކާތެރިކުރުން ފަދަ ކަންކަމަށް ކުރާ ހޭދަ ދެގުނަކޮށް މުޅިން އަލަށް 10 ސީއެސްއާރު ޕްރޮޖެކްޓް ރާއްޖޭގެ ރަށްތަކުގައި ހިންގޭނެ ކަމަށެވެ. އަދި ބޭންކުގެ އާ ބްރާންޗްތަކާއި އޭޓީއެމް އަދި ބިޒްނަސް ސެންޓަރތައް ރާއްޖޭގެ 22 ރަށެއްގައި ގާއިމްކޮށް އިންވެސްޓްމަންޓްތަކުގެ ފައިދާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ލިބިގެންދާނެ.ކަމަށް ވެސް އެންޑްރޫ ހީލީ ވިދާޅުވިއެވެ.

އެންޑްރޫ ވިދާޅުވި ގޮތުގައި " 270،000 ކަސްޓަމަރުންނާއެކު، މިހާރުވެސް ރާއްޖޭގެ ކޮންމެ އާއިލާއެއްގެ ދިރިއުޅުމާއި ބޭންކާއި ވަނީ ގުޅިފައެވެ. އެގޮތުން "އަހަރެންގެ ބޭންކް" ޕްރޮގްރާމް ބުނެދޭނީ ބޭންކުގެ ތަސައްވުރާއި އަދި ބޭންކުން ހާސިލްކުރަން އަޒުމްކަނޑައަޅާފައިވާ ކަންކަމުގެ ވާހަކަ ކަން އެންޑްރޫ ފާހަގަ ކުރެއްވިއެވެ. އަދި ބީއެމްއލެ އަކީ ހީވާގިކަމާ އެކު މަސައްކަތްކުރާ، އަދި ބީއެމްއެލްގެ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުން ބޭނުންވާ ކަންކަން ފުއްދައިދީ އިތުރަށް ފެންވަރު ރަގަޅުކުރުމަށް މަސައްކަތްކުރާނެ ބޭންކެއްކަން މި ޕްރޮގްރާމުން ދައްކައިދޭނެ. ކަަމށް އެންޑްރޫ ވިދާޅުވިއެވެ..

މި ރަސްމިއްޔާތުގައި ބޭންކުގެ ބައެއް ކަސްޓަމަރުންނާއި، ރާއްޖޭގެ ގިނަ ޖަމިއްޔާތަކެއްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ވަނީ ލައިވް ޕާފޯމަންސެއްވެސް ހުށަހަޅައިދީފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 19 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމް އެ ބޭންކުން ހާމަކުރެއެވެ..

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭންކް ފައިދާގެ އާމްދަނީ 218 މިލިއަން ރުފިޔާ ދަށަށް!

ބޭންކް ފައިދާގެ އާމްދަނީ 218 މިލިއަން ރުފިޔާ ދަށަށް!

17 ޖޫން 2018
ލިޔޯ މެސީ އާއި އުރީދޫ ގުޅިގެން އެންޖޯއި ދަ އިންޓަނެޓް ކެމްޕޭން ފަށައިފި

ލިޔޯ މެސީ އާއި އުރީދޫ ގުޅިގެން އެންޖޯއި ދަ އިންޓަނެޓް ކެމްޕޭން ފަށައިފި

14 ޖޫން 2018
ވަރަށް ތަފާތު އޮފަރތަކާ އެކު، \'އުރީދޫ ވޯލްޑް ކަޕް ފޯރި\' ކެމްޕޭން ފަށައިފި

ވަރަށް ތަފާތު އޮފަރތަކާ އެކު، \'އުރީދޫ ވޯލްޑް ކަޕް ފޯރި\' ކެމްޕޭން ފަށައިފި

12 ޖޫން 2018
އޭސް ހާޑްވެއަރ އަދި ކަލަރ ބޭންކްގެ ޕްރޮމޯޝަންގައި ބައިވެރިވެގެން ތިންލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!

އޭސް ހާޑްވެއަރ އަދި ކަލަރ ބޭންކްގެ ޕްރޮމޯޝަންގައި ބައިވެރިވެގެން ތިންލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!

19 އެޕްރީލު 2018
އިސްލާމިކް ބޭންކްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

އިސްލާމިކް ބޭންކްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

22 މާރިޗު 2018

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު