Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަސްރުގެ ދުވަސް

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އެރުއްވީ އާދިއްތަ ދުވަހުގެ ރޭ ނަސްރުގެ ދުވަހުގެ ޖަލްސާގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ނޮވެމްބަރު 2024 | އާދީއްތަ 20:41
މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ އިއްޒަތް އަރުވުން

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ އިއްޒަތް އަރުވުން

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުއްވައިފިއެވެ.

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އެރުއްވީ އާދިއްތަ ދުވަހުގެ ރޭ ނަސްރުގެ ދުވަހުގެ ޖަލްސާގައެވެ.

Advertisement - newsAdvertisement

31 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގޭގައި ހިދުމަތް ކޮށްދެއްވާފައިވާ މޫސާ އަލީ ޖަލީލް ރިޓަޔާ ކުރެއްވިއިރު، އޭނާ ވަނީ ނުވަ ކުލަ އާއި 11 މެޑަލް ޙާސިލްކުރައްވާފައެވެ.

މި ޢިއްޒަތް އެރުއްވުމަށް ނިންމެވީ މޭޖަރ ޖެނެރަލް ޖަލީލް ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށް އަސްކަރީ ގޮތުން ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކަށާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރައްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުންނެވެ. 1988 ނޮވެންބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމަކީ ވެސް މި ލަޤަބް އެރުވުމުގެ ބޭނުމެކެވެ. މި ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެއްކަން ފާހަގަކޮށްލެވެއެވެ.

މޭޖަރ ޖެނެރަލް ޖަލީލަށް މީގެ ކުރިން ޖިހާދުގެ ރަތް މެޑަލާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލްވެސް ވަނީ އަރުވާފައެވެ. ދިފާޢީ ވަޒީރުކަންވެސް ކުރައްވާފައިވާ މޭޖަރ ޖެނެރަލް ޖަލީލަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ހަރުދަނާކޮށް ތަރައްޤީކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ އިސް ބޭފުޅެކެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލްނަސްރުގެ ދުވަސް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2024

ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

03 ނޮވެމްބަރު 2024
ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު
03 ނޮވެމްބަރު 2024

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން
03 ނޮވެމްބަރު 2024

ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

03 ނޮވެމްބަރު 2024
ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި
02 ނޮވެމްބަރު 2024

މޫސާ އަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ އިއްޒަތް އަރުވަނީ

02 ނޮވެމްބަރު 2024
މޫސާ އަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ އިއްޒަތް އަރުވަނީ
03 ނޮވެމްބަރު 2023

ނޮވެމްބަރު 3ގެ ހަމަލާ - ދިވެހި ތާރީޚު ދުށް އެންމެ ބަނަ ސޮފްހާ!

03 ނޮވެމްބަރު 2023
ނޮވެމްބަރު 3ގެ ހަމަލާ - ދިވެހި ތާރީޚު ދުށް އެންމެ ބަނަ ސޮފްހާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު