Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަސްރުގެ ދުވަހުގެ ޖަލްސާ

ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ ތަފާތު އެކި މުނާސަބާތަކާއި ގުޅުވައި ބައްދަލުވުންތަކާއި ޖަލްސާތައް ބާއްވާއިރު އެކަމުން ރަނގަޅު ނަތީޖާތަކެއް ވެސް ނިކުންނަން ޖެހޭކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ނޮވެމްބަރު 2024 | އާދީއްތަ 20:38
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު

ވެރިކަމާ ހަވާލުވެވަޑައިގެން ހޭދަވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރައްވާފައިވާނީ ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ނަޞްރު ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ވެރިކަމާއި ހަވާލުވި އިރު ހަވާލުވެވަޑައިގެންނެވި އެންމެ ބޮޑު ޒިންމާއަކީ ޤައުމު މިނިވަންކުރުމުގެ ޒިންމާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޤައުމުގެ މިނިވަންކަން ދިފާއުކުރުމަށް މަސައްކަތްކުރުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ފަޚުރުކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން އަސްކަރީ ބާރުގެ ވަސީލަތްތައް އިތުރުކޮށް އަސްކަރިއްޔާ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތުގެ ތަފްސީލްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ ޒަމާނަށް ފެތޭ ޔޫއޭވީތައް މިހާރު ގެނައުމުގެ މަސައްކަތް ކުރައްވާފައިވާކަން ހާމަކުރައްވާފައެވެ. ހަމައެެހެންމެ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ގާބިލުކަން ދިވެހިންގެ ސިފައިންގެ ކިބައިގައި އަށަގެންނެވުމުގެ މަސައްކަތް ކުރައްވާފައިވާކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ސިފައިންގެ މަރުކަޒުތައް ނުބެލެހެއްޓުމުގެ ސަބަބުން މި ވޭތުވެދިއަ 4 ފަސް އަހަރެއްގެ ތެރޭގައި އެތަންތަނަށް ގެއްލުންވެ ވީރާނާވެފައިވާ ކަަމަށެވެ. އެމަނިކުފާނު ވަނީ އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމަށް އެދިވަޑައިގެން އެފަދަ ފަރާތްތަކުގެ އެހީގައި އެމަރުކަޒުތައް ހެދިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ ވެރިކަމަށްވީ ދުވަސްތެރޭގައި ސިފައިންގެ ވަރުގަދަ ކުރުމަށް ކުރައްވާފައިވާ އިތުރު މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އަސްކަރިއްޔާ ޒަމާނަށް ފެތޭ ތަނަކަށް ހެދުމަކީ ކުރުން މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ދިވެހިންގެ ބޮޑު އިކޮނޮމިކް ޒޯން އަބަދުވެސް ބެލެހެއްޓޭނެފަދަ ގާބިލް ކަން މިހާރު ސިފައިންގެ ކިބައިގައި ހުންނާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެ ކެޕޭސިޓީ ބިލްޑުކުރުމުގެ މަރުހަލާ އަދިވެސް ފުޅާވަމުންދާ ކަމަށާއި ކޯސްގާޑްގެ ކެޕޭސިޓީ ވަރުގަދަ ކުރުމަށްޓަކައި ސްޕެޝަލް ސްކޮޑްރަން އެއް އާދިއްތަ ދުވަހު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯސްޓްގާޑް ޑަބަލްކުރުމުގެ މަޝްރޫޢުގެ ތެރެއިން ދެ ގުނައަށް ފްލީޓް ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ތަފާތު އެކި މުނާސަބާތަކާއި ގުޅުވައި ބައްދަލުވުންތަކާއި ޖަލްސާތައް ބާއްވާއިރު އެކަމުން ރަނގަޅު ނަތީޖާތަކެއް ވެސް ނިކުންނަން ޖެހޭކަމަށެވެ. އެފަދަ ދުވަސްތައް މެދުވެރިކޮށް އަންނަން އޮތް ޖީލުތަކަށް ކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒުނަސްރުގެ ދުވަސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު