Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަސްރުގެ ދުވަސް

ނަސްރުގެ ދުވަހަށް އަންނަ އަހަރުން ފެށިގެން ދޭންޖެހޭ ސަމާލުކަން ދޭނަން: ޑރ. މުއިއްޒު

ނަސްރުގެ ދުވަހުގެ ޒިކުރާ އައުކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދޭންޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2023 | ހުކުރު 06:42
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

ނަސްރުގެ ދުވަހަށް އަންނަ އަހަރުން ފެށިގެން ދޭންޖެހޭ ސަމާލުކަން ދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވަމުން، ހުކުރު ދުވަހު ޑރ. މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ނަސްރުގެ ދުވަހުގެ ޒިކުރާ އައުކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމައަށް ދެއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ރާއްޖޭގެ ސަގާފަތާއި ގައުމިއްޔަތު ދިރުވައި އާލާ ކުރާނެކަމަށް މީގެ ކުރިން ވެސް އެކި ފަހަރެއްގެ މަތިން ވިދާޅުވެފައެވެ.

1988 ނޮވެމްބަރު 3 ވަނަ ދުވަހަކީ، ދިވެހި ޚާއިނުންގެ ބަޔަކު އެންމެ މިޒަމާނުގެ ހަތިޔާރާ އެކު ބޭރުގެ ހަނގުރާމަވެރި ބަޔަކު ގޮވައިގެން އެމީހުން އުފަންވި އެމީހުންގެ އަމިއްލަ ވަތަނަށް އައިސް ވެރިކަމުގެ ދަހިވެތިކަމުގައި އެތައް މައުސޫމް ދިވެހިންނެއްގެ ލޭ މި ބިމަށް އޮހުރުވާލި ދުވަހެވެ. މީލާދީން 1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއަކީ ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާ ގުޅިގެން ދިން ހަމަލާއެކެވެ. މި ޓެރަރިސްޓު ހަމަލާ ރާވައި، ހިންގުމުގައި ޢަބްދުﷲ ލުޠުފީ އަށް ދިވެހިންގެ ތެރެއިން 6 މީހަކު އެހީތެރިވެ، ވާގިވެރިވެ ދިވެހި ޤައުމަށް ޣައްދާރުވެ ޚިޔާނާތްތެރިވިއެވެ.

ޚާއިނުންނާއި ބޭރުގެ ޓެރަރިސްޓުން ގުޅިގެން ދިން މި ޢުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެ، 39 ބޭކަލަކު ޒަޚަމްވިއެވެ. ޝަހީދުވި ބޭކަލުންގެ ތެރޭގައި ސިފައިންގެ 8 ބޭކަލުން ހިމެނެއެވެ. ޒަޚަމްވި ބޭކަލުންގެ ތެރޭގައި ސިފައިންގެ 18 ބޭކަލުން ހިމެނެއެވެ. މީގެ އިތުރުން ދުޝްމިނުން ފިލައިގެން ދިއުމަށް ހައިޖެކު ކުރި އާގުބޯޓު (ޕްރޮގްރެސް ލައިޓް) ގައި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީއަކު ވެސް މި ހަމަލާގައި ވަނީ މަރުވެފައެވެ.

ނަސްރުގެ ދުވަސްއިންތިޚާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

03 ނޮވެމްބަރު 2024
ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

03 ނޮވެމްބަރު 2024
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަނީ ވަކި ބޭފުޅަކަށް ނޫން: ފިރުޒުލް

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަނީ ވަކި ބޭފުޅަކަށް ނޫން: ފިރުޒުލް

05 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު