Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނޮވެމްބަރު 3ގެ ހަމަލާ

ނޮވެމްބަރު 3ގެ ހަމަލާ - ދިވެހި ތާރީޚު ދުށް އެންމެ ބަނަ ސޮފްހާ!

ދިވެހިންނަކީ ވަތަނީ، ޤައުމު ދެކެ ލޯބިވާ ބައެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2023 | ހުކުރު 13:13
ނޮވެމްބަރު 3ގެ ހަމަލާ

ނޮވެމްބަރު 3ގެ ހަމަލާ

"ކިޔާ ދޫ ތަކުން މިއީ ޝުކުރުވެރި ތަރާނާ

ޝަހީދުންގެ ޒިކުރައިގެ މަތިވެރި ފަސާނާ

ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ

ފިދާކޮށް މި ވަތަނަށްޓަކައި ރޫހު ޖާނާ"

އާދަމް ހަލީމްގެ މި ޅެމުން ދިވެހިންނަށް އާކޮށްދެނީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ ދިވެހި އަބްތާލުންގެ ހަނދާންތަކެވެ.  ކަޅު އަނދިރި އެ ދުވަހުގެ ހަނދާންތައް މި ލަވައިގެ ޅެމުގެ ޒަރީއާ އިން އެކަނި ކަންފަތަށް އިވުނަސް މިއަދުވެސް ގައިން ހީބިހި ނަގައިގެންދާ ކަހަލައެވެ. އެ ބިރުވެރި ހަނދާންތައް ލަވަޔަކުން ސިފަކުރެވޭ އިރު ހިތަށް މިހާ އަސަރު ކުރާ ނަމަ އެ މަންޒަރު ލޮލުން ދުށް ދިވެހިންގެ ހިތަށް އަރާ ފައިބާނެ ޝުއޫރުތަކުގެ ވާހަކަ ތަސައްވުރުކުރެވިދާނެތޯއެވެ؟ ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް އަދާވާތްތެރިވެ މި ލޮބުވެތި ގައުމު ހިފަން އައި އައުން އެއީ ހިތަށް ގެނުވަން އުނދަގޫ ކަމެކެވެ. ގައުމީ ލޯތްބާއި އަހުވަންތަކަން ދަމަހައްޓަން ލާމަސީލު ދިވެހިންގެ ތެރެއިން ބަޔަކު އަދުވުންތަކަކާ އެކު މި ޤައުމަށް އަރާ 19 ދިވެހިން ޝަހީދުކޮށްލި ހާދިސާ އަކީ ދިވެހި ޤައުމު ދުށް އެންމެ ކަޅު ދުވަހުގެ ގޮތުގައި ސިފަ ކުރެވިދާނެއެވެ.

1988 ނޮވެމްބަރު ތިންވަނަ ދުވަހު މުޅި ރާއްޖެ ނިދިން ހޭލައްވާލި އެ ޢުދުވާނީ ހަމަލާއަކީ ހެންވޭރު ހާޖަރާގޭ ޢަބްދުالله ލުޠުފީ އާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާގުޅިގެން ދިން ނުރައްކާތެރި، ބިރުވެރި ހަމަލާއެކެވެ. ދިވެހިންގެ ތެރެއިން 6 މީހެއްގެ އެހީތެރިކަމާއި އެކުދިން މި ހަމަލާގައި ޝަހީދުވި ދިވެހިންގެ އިތުރުން 39 މީހުން ވަނީ ޒަހަމްވެފައެވެ. ޝަހީދުވި ބޭކަލުންގެ ތެރޭގައި ދިވެހި ޤައުމަށްޓަކާ މޭ އައްޑަނައަކަށް ދިއްކޮށްލި، 8 ސިފައިން ވެސް ހިމެނެއެވެ.

ދުރާލާ ރޭވި، ހީލަތްތެރި ރޭވުންތަކާއި އެކު ދިން އެ ހަމަލާ ދީފައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިހު ގާތްގަޑަކަށް 4:15 އެހާއިރެވެ. ދުޝްމަނުންގެ މައިގަނޑު އަމާޒަކަށް ހެދީ ސިފައިންގެ ހެޑުކުއާޓަރެވެ. މުޅި މާލެ ހަލަބޮލިކޮށްލީ ދުޝްމަނުން ދޫކޮށްލި ވަޒަނުގެ އަޑުފައްގަނޑާއި އެކުގައެވެ. ސިފައިންގެ މައިމަރުކަޒުން ކެރިގެން ހަމަލާދީ ނުކުތީ ރާއްޖޭގެ އިސްތިޤްލާލް ހިމާޔަތްކުރުމުގެ ވަރުގަދަ ޝުޢޫރާއި އެކުގައެވެ. ދިވެހިންގެ ހިމާޔަތުގައި ސިފައިންގެ ސަފުތައް ރުކުރުވާލުމުގެ އިތުރުން ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް މި ހަމަލާގެ ޚަބަރު ގެނެސް، އިންޑިއާގެ އަސްކަރީ އެހީ ހޯދުމަށް ސިވެހި ސަރުކާރުން މަގުފަހިކޮށްދިނެވެ.

މުޅި މާލޭގައި ގުގުމަމުން ދިޔައީ ބިރުވެރިކަމުގެ އަޑުފައްގަނޑެވެ. ދިމާވި ބިރުވެރި ހާލަތުން އަރައިގަނެ، ހިމާޔަތް ދެއްވުން އެދި ދިވެހިން ދިޔައީ މެދު ނުކެނޑި ދުއާކުރަމުންނެވެ. އިސާހިތަކު ޒަހަމްވި މީހުންނާއި އެކު ހޮސްޕިޓަލްތަކަށް ގެންދާން ފެށުމުގެ ޚަބަރާއި އެކު ދިވެހިން ވެއްޓުނީ ކުރިން އިހުސާސްނުކުރެވޭ ފަދަ ބިރުވެރި، މާޔޫސްކުރުވަނިވި ހާލަތަކަށެވެ.

ދުޝްމަނުންގެ ހަމަލާތައް ނާކާމިޔާބުކޮށްލީ ހިތްވަރުގަދަ ދިވެހި ސިފައިންނެވެ. އިރުއުތުރާއި ހުޅަނގުން ދެމުން ދިޔަ ހަމަލާތަކާއި ދިވެހި ސިފައިން ކުރިމަތިލީ ފިސާރި ކެރިގެންނެވެ. ސިފައިންގެ މަގުމަތީފާރު ގޮއްވައިލައިގެން އެ ބާގަނޑުން ސިފައިންގެތެރެއަށް ދުޝްމަނުންގެ މިސްރާބު ހިފިއެވެ. ނަމަވެސް ދިވެހި ދަރިއެއްގެ އަޒުމާއި ހިތްވަރު ދުޝްމަނުންގެ ނުބައި ރޭވުމުގެ މައްޗަށް ގަދަވިއެވެ. މާތްﷲ އެ ދުވަހު ދިވެހިންނަށް ނަސްރު ދެއްވުމުގައި މެދުވެރިއަކަށްވީ ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕްރަލް ޙުސައިން އާދަމްއެވެ. ސިފައިންގެ މައިގޭޓު ހިމާޔަތްކޮށް، ހަތިޔާރާއެކު ސިފައިންގެ ދިފާޢީ މަޤާމުތަކަށް ނުކުންނަން ފުރުސަތު ލިބުނީ ފަހު ނޭވަ އާއި ޖެހެންދެން ޝަހީދު ކޯޕްރަލް ހުސައިން އާދަމް ދެއްކެވި ލާމަސީލު މިސާލުންނެވެ.

ސިފައިންގެ ހެޑުކުއާޓަރު ދިފާޢުކުރުމަށް ސިފައިންގެ މަސައްކަތްތައް ރާވާލުމުގެ އިތުރުން، މާލޭގެ އަމަން ބެލެހެއްޓުމަށް ވެސް ސިފައިން ނުކުތެވެ. އެ ދުވަހު އާއްމުންގެ އެހީތެރިކަމާއި އެކު ސިފައިންގެ މަސައްކަތްތައް އަމުނާލީ ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލާއި ކުޅެން އެއްވެސް ބަޔަކަށް ދިވެހިން ފުރުސަތު ނުދޭނެ ކަމުގެ މެސެޖް އާކޮށްދެމުންނެވެ. ދިވެހިންގެ ހިމާޔަތުގައި އަބަދުވެސް ދިވެހިން އެކަތިގަނޑަކަށް ވާނެ ކަމުގެ މިސާލު ދައްކަމުންނެވެ.

އެ ދުވަހުގެ 11:00 ހާއިރު ސިފައިންގެ ތެރެއިން ބޭކަލުންތަކެއް ބިރުފަހަނައަޅާ ގޮސް ރެކީ ޕެޓްރޯލަށް ބޭރަށް ނުކުތެވެ. އޭގެ ތެރެއިން 3 ބޭކަލަކު ޝަހީދުވިއެވެ. އެހެންނަމަވެސް މި ޖެހިލުންކުޑަ ޢަމަލާއި އެކު ނޮވެމްބަރު ތިނެއްގެ ހަނގުރާމައިގެ މިސްރާބު ބަދަލުކޮށްލަން މަޖުބޫރުވިއެވެެ. އެ ހިސާބުން ދުޝްމިނުން އިސާހިތަކު ރާއްޖެ ދޫކޮށް ފިލުމުގެ ތައްޔާރީތަކުގައި މަސްޢޫލުވިއެވެ.

ދިވެހި ސަރުކާރުގެ އެދުމަށް އިޖާބަދީ ރާއްޖެ އައި އިންޑިއާ ސިފައިން ހުޅުލެއަށް ފޭބިއިރު، ދުޝްމިނުން ތިބީ ރާއްޖެ ދޫކޮށް ފިލުމުގެ މަގުމަތީގައެވެ. "އޮޕަރޭޝަން ކެކްޓަސް"ގެ އެހީގައި ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތްކޮށް، ފިލައިގެންދާން މަސައްކަތްކުރި ޓެރަރިސްޓުން ހުއްޓުވުން ކާމިޔާބުވިއެވެ. އެއާއި އެކު ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ބިރުވެރި ވިލާގަނޑު އޮބާލިކަން ހާމަކުރެއްވީ ޖެހިގެން އައި ދުވަހުގެ ވަގުތެއްގައެވެ.

މި ހަމަލާގެ ޒިކުރާތައް މިއަދު އަޅުގަނޑުމެން ހަނދުމަކުރާ އިރު ޔަޤީންވާ ކަމަކީ މިއަދުވެސް ދިވެހިންގެ އިސްތިޤްލާލާއި ކުޅެން ދިވެހިން ފުރުސަތު ނުދޭނެ ކަމެވެ. ދިވެހިންނަކީ އެއަށް ވުރެ ވަތަނީ އެއަށް ވުރެ ޤައުމު ދެކެ ލޯބިވާ ބައެކެވެ.

ނަސްރުގެ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

03 ނޮވެމްބަރު 2024
ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

03 ނޮވެމްބަރު 2024
އައްޑަނަ މަޖައްލާގެ 34 ވަނަ އަދަދު ނެރެފި

އައްޑަނަ މަޖައްލާގެ 34 ވަނަ އަދަދު ނެރެފި

03 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު