Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސާ އަލީ ޖަލީލު

މޫސާ އަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ އިއްޒަތް އަރުވަނީ

މޭޖަރ ޖެނެރަލް ޖަލީލަށް މީގެ ކުރިން ޖިހާދުގެ ރަތް މެޑަލާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލްވެސް ވަނީ އަރުވާފައި

ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 08:35
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލު ރާއްޖެޓީވީގެ ޝޯވ އެއް ގައި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލު ރާއްޖެޓީވީގެ ޝޯވ އެއް ގައި

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ޢިއްޒަތް އެރުވުމަށް ނިންމެވީ މޭޖަރ ޖެނެރަލް ޖަލީލް ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށް އަސްކަރީ ގޮތުން ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކަށާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރައްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި މި ޝަރަފް އެރުވުމަށް ނިންމެވި ސަބަބާ ބެހޭ ގޮތުން އިތުރަށް ބުނެފައިވަނީ، ޚާއްޞަކޮށް، 1988 ނޮވެންބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމަށްޓަކައެވެ.

Advertisement - newsAdvertisement

މި ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ޢިއްޒަތް އެރުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވޭ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭގައެވެ.

މޭޖަރ ޖެނެރަލް ޖަލީލަށް މީގެ ކުރިން ޖިހާދުގެ ރަތް މެޑަލާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލްވެސް ވަނީ އަރުވާފައެވެ. ދިފާޢީ ވަޒީރުކަންވެސް ކުރައްވާފައިވާ މޭޖަރ ޖެނެރަލް ޖަލީލަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ހަރުދަނާކޮށް ތަރައްޤީކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ އިސް ބޭފުޅެކެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލްނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާ (1988)

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2024

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

03 ނޮވެމްބަރު 2024
މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި
03 ނޮވެމްބަރު 2024

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

03 ނޮވެމްބަރު 2024
ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު
16 މާރިޗު 2023

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވައިފި

16 މާރިޗު 2023
އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވައިފި
06 ނޮވެމްބަރު 2022

މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމުގައި މިޒަމާނުގައި އެންމެ މުހިންމީ ހަރުދަނާ ޚާރިޖީ ސިޔާސަތު

06 ނޮވެމްބަރު 2022
މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމުގައި މިޒަމާނުގައި އެންމެ މުހިންމީ ހަރުދަނާ ޚާރިޖީ ސިޔާސަތު
08 ނޮވެމްބަރު 2021

ގޮނޑި ބަދަލުވުމުން 7 އަހަރުން ނުވި ކަންތައް 7 ދުވަހުން!

08 ނޮވެމްބަރު 2021
ގޮނޑި ބަދަލުވުމުން 7 އަހަރުން ނުވި ކަންތައް 7 ދުވަހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު