Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޞްރުގެ ދުވަސް

ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ ޢަޒުމް ލައިދިނުންވެސް އެ ރަސްމިއްޔާތުގައި އޮތް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ނޮވެމްބަރު 2024 | އާދީއްތަ 14:51
ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ތެރެއިން

ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ތެރެއިން

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް، ދިވެހި ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) އިން ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތްތައް އޮތީ އާދިއްތަ ދުވަހު ހަވީރެވެ. މި ޙަރަކާތް ހުށަހެޅުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، އިސްތިޤްބާލު ކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ފެށުމުގެ ކުރިން، ދިވެހި ސިފައިން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޢަސްކަރީ ކުރުނީހެއް އަރުވައިފައެވެ. އޭގެ ފަހުން ސިފައިންގެ އެހާރާއި މިހާރުގެ ހާލަތު ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާލާފައެވެ.

މި ރަސްމިއްޔާތުގައި، ދިވެހި ޤައުމީ ދިފާޢީ ބާރުން ކުރިއަށް ގެންދިޔަ ޚާއްޞަ ޢަސްކަރީ ހުށަހެޅުންތަކުގައި، ދިވެހި ސިފައިންގެ ސްޕެޝަލް ބޯޓް ސްކޮޑްރަން ހަރަކާތްތެރިވާ ގޮތް ދައްކާލާފައިވެއެވެ. އަދި ސްޕެޝަލް ބޯޓް ސްކޮޑްރަންގެ އަންޑަރ ވޯޓަރ ޑިމޮލިޝަން ވީޑިއޯއެއްގެ އިތުރުން، ސްޕެޝަލް ފޯސަސްގެ ޙަރަކާތްތަކާއި، ރެޕަލިންގްގެ ޙަރަކާތްތަކާއި ކައުންޓަރ އެޓޭކެއްގެ މައިދާނީ ހަރަކާތްތަކެއް ދައްކުވައިދީފައިވެއެވެ. މީގެ އިތުރުން، އެއަރ ފޯސް ކޭޕަބިލިޓީސް، މެރިޓައިމް ކޭޕަބިލިޓީސް އަދި ލޭންޑް ފޯސް ކޭޕަބިލިޓީސްގެ ޢަސްކަރީ އަދި ހެވިކަމުގެ ޙަރަކާތްތައް ވެސް އޮތެވެ.

ޢަސްކަރީ ޙަރަކާތްތައް ނިންމާލާފައި ވަނީ، މިލިޓަރީ ބޭންޑްގެ ފަރާތުން ހުށަހަޅައިދިން ލަވަޔަކާއި އެކުގައެވެ. އެއަށްފަހު، ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ ކޯހުން ގްރެޖުއޭޓްވި ދަސްވެނިންނަށް ބެރޭ ޙަވާލުކޮށްދެއްވުން އޮތެވެ. ދަސްވެނިންނަށް ބެރޭ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްތާތުގަައި، ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާޙްކޮށްފައިވެއެވެ. ހަމައެހެންމެ ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ ޢަޒުމް ލައިދިނުންވެސް އެ ރަސްމިއްޔާތުގައި އޮތެވެ. ޢަޒުމް ލައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ.

ސިފައިންގެ ޢަސްކަރީ ހުށަހެޅުމުގެ މި ޙަރަކާތްތައް ނިންމައިލުމުގެ ގޮތުން، ހަނދާނީ ގުރޫޕު ފޮޓޯއެއް ނެންގެވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި، ދިފާޢީ ވަޒީރާއި ދިވެހި ޢަސްކަރިއްޔާގެ އިސް އޮފިސަރުން މި ފޮޓޯގައި ބައިވެރިވެވަޑައިގަތެވެ.

ނަސްރުގެ ދުވަސް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2024

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

03 ނޮވެމްބަރު 2024
މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި
03 ނޮވެމްބަރު 2024

ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

03 ނޮވެމްބަރު 2024
ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު
03 ނޮވެމްބަރު 2024

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން
03 ނޮވެމްބަރު 2023

ނޮވެމްބަރު 3ގެ ހަމަލާ - ދިވެހި ތާރީޚު ދުށް އެންމެ ބަނަ ސޮފްހާ!

03 ނޮވެމްބަރު 2023
ނޮވެމްބަރު 3ގެ ހަމަލާ - ދިވެހި ތާރީޚު ދުށް އެންމެ ބަނަ ސޮފްހާ!
03 ނޮވެމްބަރު 2023

އައްޑަނަ މަޖައްލާގެ 34 ވަނަ އަދަދު ނެރެފި

03 ނޮވެމްބަރު 2023
އައްޑަނަ މަޖައްލާގެ 34 ވަނަ އަދަދު ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު