Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ

އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފި

3 ނޮވެމްބަރު 2024 | އާދީއްތަ 09:28

ވަރަށް ކުއްލި ގޮތަކަށް އާސަންދައިގެ ޚިދުމަތް ލިބެމުން އައި ގޮތައް ބޮޑު ބަދަލެއް ގެނައުމާއެކު އާންމުންނާއި ސިއްހީ ޚިދުމަތްދޭ އަމިއްލަ ތަންތަނުންވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުން

ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2024 | އާދީއްތަ 09:28
ސްކޫލް ދަރިވަރުން ސިއްހީ ސްކްރީން ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ކަލާފާނު ސްކޫލް ދަަރިވަރުން ސްކްރީން ކުރަނީ (ފައިލް)

ސްކޫލް ދަރިވަރުން ސިއްހީ ސްކްރީން ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ކަލާފާނު ސްކޫލް ދަަރިވަރުން ސްކްރީން ކުރަނީ (ފައިލް)

އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

ޕްރައިވެޓް އިންޝުއަރެންސް ހުސްނުވަނީސް އާސަންދަ ބޭނުން ނުކުރެވޭ ގޮތް ހެދުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެކަމަށް އެންސްޕާ އިން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ނޮވެމްބަރު 1 އިން ފެށިގެން އަމަލުކުރަން ފެށި އާ އުސޫލުގައި އޮތީ ޕްރައިވެޓް އިންޝުއަރެންސް ކަވަރޭޖެއް އޮތްނަމަ އާސަންދަ ލިބޭނީ އެ ކަވަރޭޖެއް ހުސްވުމުން ކަމަށެވެ. މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، ބައެއް އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް މެދުކަނޑާލުމުން، ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުމާއި ޝަކުވާތައް ވަނީ އިތުރުވެފައެވެ.

އެންސްޕާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "އަމިއްލަ އިންޝުއަރަންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓު ހުއްޓާލުމުގެ ސަބަބުން ކަމުގައިވިޔަސް އަމިއްލަ އިންޝުއަރަންސް ޕޮލިސީން ކަވަރޭޖު ނުލިބި އަމިއްލަ ޖީބުން ފައިސާ ދައްކަންޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ކަވަރޭޖު ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެ،" ކަމަށެވެ.

ވަރަށް ކުއްލި ގޮތަކަށް އާސަންދައިގެ ޚިދުމަތް ލިބެމުން އައި ގޮތައް ބޮޑު ބަދަލެއް ގެނައުމާއެކު ސިއްހީ ޚިދުމަތްދޭ އަމިއްލަ ތަންތަނުންވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުން ބުނެފައިވަނީ މި ބަދަލުގެ ސަބަބުން ހޮސްޕިޓަލްގެ ކައުންޓަރުން ހިދުމަތް ދިނުމަށް ލަސްތަކެއް އަންނާނެ ކަމަށެވެ.

އާސަންދަނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
16 އެޕްރީލު 2025

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި
26 ޖެނުއަރީ 2025

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން
25 ޑިސެމްބަރު 2024

ހީނާ މަގާމުގައި ހުރެގެން އިތުރަށް ހޭދަވާ ކޮންމެ ދުވަހަކުން ދޭހަވަނީ އެންސްޕާގެ ވައްކަމަކީ ރައީސް މުއިއްޒުގެ އެންގެވުމަށް ކުރި ކަމެއް ކަމެވެ

25 ޑިސެމްބަރު 2024
ހީނާ މަގާމުގައި ހުރެގެން އިތުރަށް ހޭދަވާ ކޮންމެ ދުވަހަކުން ދޭހަވަނީ އެންސްޕާގެ ވައްކަމަކީ ރައީސް މުއިއްޒުގެ އެންގެވުމަށް ކުރި ކަމެއް ކަމެވެ
20 ޑިސެމްބަރު 2024

އެމްއެމް ޓީވީ އާ އެންސްޕާ އިން ބައްދަލުވުންތަކެއް ބޭއްވިކަން ހާމަ ވެއްޖެ

20 ޑިސެމްބަރު 2024
އެމްއެމް ޓީވީ އާ އެންސްޕާ އިން ބައްދަލުވުންތަކެއް ބޭއްވިކަން ހާމަ ވެއްޖެ
19 ޑިސެމްބަރު 2024

ހީނާ ވަލީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަރަޕްޝަންގެ މައްސަލައިގައި އަޅުގަނޑު ބައިވެރިއެއް ނުވަން: ޝިއުނާ

19 ޑިސެމްބަރު 2024
ހީނާ ވަލީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަރަޕްޝަންގެ މައްސަލައިގައި އަޅުގަނޑު ބައިވެރިއެއް ނުވަން: ޝިއުނާ
13 ޑިސެމްބަރު 2024

ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

13 ޑިސެމްބަރު 2024
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ
04 ޑިސެމްބަރު 2024

ތުހުމަތުތަކަކަށް ރައްދު ދިނުމުގައި އާއްމު ކުރި މައުލޫމާތަށް އެންސްޕާއިން މައާފަށް އެދިއްޖެ

04 ޑިސެމްބަރު 2024
ތުހުމަތުތަކަކަށް ރައްދު ދިނުމުގައި އާއްމު ކުރި މައުލޫމާތަށް އެންސްޕާއިން މައާފަށް އެދިއްޖެ
18 ނޮވެމްބަރު 2024

އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

18 ނޮވެމްބަރު 2024
އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު
03 ނޮވެމްބަރު 2024

ރައްޔިތުން ރުޅިގަދަވުމުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް ވެސް އާސަންދައިން ލިބޭގޮތަށް ހަދައިފި

03 ނޮވެމްބަރު 2024
ރައްޔިތުން ރުޅިގަދަވުމުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް ވެސް އާސަންދައިން ލިބޭގޮތަށް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް