Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާސަންދަ ރިފޯމްކުރުން

އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

އަންނަ އަހަރުގެ ބަޖެޓުގެ ރިކަރެންޓު ޚަރަދުގެ 5.1 އިންސައްތަ ހިއްސާކުރަނީ އާސަންދައަށް ކުރާ ހޭދަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2024 | ހޯމަ 08:15
މަޖިލީހުގެ ނައިބު ރައީސް ނާޒިމް އާއި ފިނޭންސް މިނިސްޓަރ ޒަމީރު

މަޖިލީހުގެ ނައިބު ރައީސް ނާޒިމް އާއި ފިނޭންސް މިނިސްޓަރ ޒަމީރު

ދައުލަތުގެ ސިއްހީ ފަރުވާގެ އިންޝުއަރެންސް ސްކީމް، އާސަންދަ ނިޒާމު ރިފޯމް ކުރުމާއި މެދު މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމްގެ ޚީޔާލާއި ސަރުކާރުގެ ޚިޔާލު ތަފާތުކަން ހާމަވެއްޖެއެވެ.

ހޯމަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރު ވަނީ އާސަންދަ ރިފޯމްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމާއި އެއްގޮތަށް ވަކާލާތުކުރައްވާފައެވެ. އެގޮތުން އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް އާސަންދަ ޚިދުމަތް ދިނުމުގައި ގެންނަ ބަދަލާ ގުޅިގެން 500 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެ މަނިކުފާނު އަންދާޒާކުރެއްވިއެވެ. މި ހިނގާ ނޮވެމްބަރު މަހުން ފެށިގެން ސިއްޙީ ޚިދުމަތް ދޭ ތަންތަނުން ޚިދުމަތް ހޯދާ ބަލިމީހުންނަށް އާސަންދަ ލިބޭނީ އަމިއްލަ އިންޝުއަރެންސްތައް ކެނޑުމަށް ފަހުގައެވެ. އެ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ އިސްރާފު ކުޑަ ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ބަދަލާއި އެކު އެންމެ ބޭނުންޖެހޭ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެ ބަދަލުތަކާއެކު އޮޅޭ ބައެއް ކަންތައްތައްހުރި ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އިތުރަށް ވަޒީރު ވިދާޅުވީ އާންމު ރައްޔިތުންނަށް ލިބޭ ޚިދުމަތަށް ބަދަލެއް ނާންނާނެ ކަމަށާއި އިތުރު ފައިސާ އެއްވެސް ދައްކަން ނުޖެހޭނެކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް މެމްބަރު ނާޒިމްގެ ޚިޔާލު ތަފާތުކަން މަޖިލީހުގައި އޭނާ ދެއްކެވި ވާހަކަތަކުން ހާމަވެއެވެ. ނާޒިމް ވަނީ އާސަންދަ ސްކީމަކީ ޚަރަދު ބޮޑު އެއްޗެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި މާލިއްޔަތު ކޮމިޓީގައި ބެލި ބެލުމުން އާސަންދައިގެ ކަންކަން އޮތީ ރަނގަޅު ނުކުރެވޭ ވަރަށް ގޯސްވެފައި ކަން އެނގުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނާޒިމް ވަނީ ހަގީގީ ކެންސަރު ޖެހިފައި ވަނީ އާސަންދައަށް ކަމަށް ސިފަކުރައްވާފައެވެ. އެކަމާއި މެދު އެހެން ވިސްނުމެއް ގެންގުޅެ އާސަންދަ ދޫކޮށްލަން ޖެހޭ ކަމަށް ނާޒިމް ޤަބޫލުކުރައްވައެވެ. އާސަންދަ ދޫކޮށްލުމަށް ފަހު އަލުން އާ ސްކީމެއް ފެށުމަށް ނާޒިމް ވަކާލާތު ކުރެއްވި ނަމަވެސް އެކަމުން މައްސަލަ ހައްލުވާނެ ގޮތެއް އޭނާ ހާމަ އެއް ނުކުރައްވައެވެ. ނަމަވެސް އާސަންދަ ނިޒާމްގައި ހުރި މައްސަލަތަކަށް ނާޒިމް އަލިއަޅުވާލެއްވިއެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާއެކު ހަދާފައި ހުރި އެއްބަސްވުންތަކާއި ގުޅޭ ކަންކަމާއި ޗާޖުކޮށްފައި ހުންނަ އަގުތަކަކީ ގަބޫލުކުރަން ދަތި ބޮޑެތި އަގުތަކެއް ކަމަށް ވުމަކީ މައްސަލަ އެއް ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ އެގްރިމަންޓްތައް ބާތިލުކުރުމަށް ފަހު އާސަންދަ ހަމަމަގަށް އަޅުވަން ޖެހޭކަމަށް ނާޒިމް ޤަބޫލުކުރައްވައެވެ.

ނާޒިމް އަކީ މަޖިލީހުގައި ހުންނެވި އެންމެ ގިނަ ދައުރު ޚިދުމަތްކުރެއްވި އެއް ބޭފުޅާއެވެ. އާސަންދަ ރިފޯމްކޮށް ހަމަމަގަށް އަޅުވާކަމަށް ބުނާއިރު ނާޒިމްގެ ޚިޔާލު މުޅިން އެއާއި ތަފާތުކަން ފާހަގަކޮށްލެވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ރިކަރެންޓު ޚަރަދުގެ 5.1 އިންސައްތަ ހިއްސާކުރަނީ އާސަންދައަށް ކުރާ ހޭދައެވެ.

އާސަންދަ ނިޒާމު ހަރުދަނާ ކުރުމަށް މަހަކު 60،000 ހާސް ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ ނުވަތަ އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ އަތުން ހެލްތް ކޮންޓްރިބިއުޝަން އެއް ދައްކަންޖެހޭ ގޮތަށް ހަދަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ދައުލަތުގެ ބަޖެޓު ފޮތުގައި ބުނެފައިވަނީ އާސަންދައާއި މެޑިކަލް ވެލްފެއަރ ނިޒާމު ހަރުދަނާ ކުރުމަށް އަޅަން ރާވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން 600 މިލިއަން ރުފިޔާ އާ ގާތްކުރާ މިންވަރަކަށް އަންނަ އަހަރު ހަރަދު ކުޑަކުރެވިގެންދާނެކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން އެންމެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކަށް ކުރިން ދައްކާ (ޕްރީ-ޕޭ) ހެލްތް ކޮންޓްރިބިއުޝަނެއް ތައާރަފް ކުރުން ވަނީ ނިންމާފައެވެ.

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރުބަޖެޓް 2025އާސަންދަމަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

16 ނޮވެމްބަރު 2025
މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

03 ނޮވެމްބަރު 2025
"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

02 ނޮވެމްބަރު 2025
ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު