Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެންސާޕާގެ ކޮރަޕްޝަން

ހީނާ މަގާމުގައި ހުރެގެން އިތުރަށް ހޭދަވާ ކޮންމެ ދުވަހަކުން ދޭހަވަނީ އެންސްޕާގެ ވައްކަމަކީ ރައީސް މުއިއްޒުގެ އެންގެވުމަށް ކުރި ކަމެއް ކަމެވެ

ފަގީރުންނާއި ނިކަމެތިންނަށް ދައުލަތުގެ ނަމުގައި އެހީތެރިވުމަށް ހަމަޖައްސައިފައި އޮންނަ އެންސްޕާގެ ފަންޑުން 34.8 މިލިއަން ރުފިޔާ ދީގެން އުފެއްދި ޓީވީ ޗެނަލްގެ މައްސަލަ ބަލާކަށް ރައީސް މުއިއްޒުގެ މާ ބޮޑު ޝައުގުވެރިކަމެއް ހުރި ހެނެއް ހިޔެއް ނުވެއެވެ. އެކަން ކުރި އެއްވެސް މީހަކަށް ފިވަޅެއް ނާޅާއިރު، ސަސްޕެންޑް ވެސް ކޮށްފައެއް ނުވެއެވެ. އެއްކަހަލަ މައްސަލަތަކުގައި ރައީސް މުއިއްޒު އަމަލްކުރައްވަމުން ގެންދަވާ ގޮތުން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2024 | ބުދަ 05:13
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ފައިސާއިން ކޮންމެވެސް ބަޔަކު ޓީވީ ޗެނަލެއް ހެދި ހަބަރާއެކު މުޅި ގައުމަށް ސިހުން ގެނުވިއެވެ.

ވާނީވެސް އެހެންތާއެވެ! ފަގީރުންނާއި ނިކަމެތިންނަށް ދައުލަތުގެ ނަމުގައި އެހީތެރިވުމަށް ހަމަޖައްސައިފައި އޮންނަ ފަންޑަކަށް ބަޔަކު ހިޔާނާތްތެރި ވެދާނެ ކަމަށް ހީވެސް ނުކުރެވޭނެ ނޫންތޯއެވެ.

އެ ހަބަރުގެ އެކޮޅު މި ކޮޅު ބަލައިލި އިރު، އެނގިގެން ދިޔައީ، ރައީސް އޮފީހުގެ އިސްވެރިންތަކެއް އެ ޓިވީ އުފެއްދުމުގެ މަސައްކަތުގައި ނިކަން އަވަދިނެތި އުޅުއްވާ ކަމެވެ.

އެމް.އެމް.ޓީވީ ނަމަކަށް ކިޔާ އެ ޓީވީ އަކީ ރައީސް މުއިއްޒު ޕްރޮމޯޓުކުރަން އުފެއްދި ޓީވީ ޗެނަލެއް ކަމަށްވެއެވެ. ޓީވީ ހިންގުމުގެ ހުއްދަ ދޫކޮށްފައިވާނީ މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުނިން ވަނީ މ. ސީރާޒީގޭ އިމާރާތުން 4 ފަންގިފިލާ ކުއްޔަށް ހިފާފައެވެ. އަދި އޭގެތެރެއިން 2 ފަންގިފިލާ އެންސްޕާއަށް ކުއްޔަށް ދޫކޮށް، ބާކީ 2 ފަންގިފިލާ އެ ކުންފުނީގެ ޓީވީ ސްޓޭޝަން ހިންގުމަށް ބޭނުންކުރަން ފެށިއެވެ. މިކަން ފަޅާ އެރުމުން، އެމްއެމްޓީވީ އާއި ރައީސް މުއިއްޒާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސަރުކާރުން ހާމަކުރިއެވެ. އެކަން ހާމަކުރެއްވީ ސަރުކާރުގެ އިސް ތަރުޖަމާނު، ހީނާ ވަލީދެވެ. އެކަމެއް ތުހުމަތުވާ އިދާރަ ކަމުގައިވާ އެންސްޕާގެ ސީ.އީ.އޯ އަކީ ވެސް އޭނާއެވެ.

އެމްއެމްޓީވީ އާއި ރައީސް މުއިއްޒާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސަރުކާރުން ބުނި ނަމަވެސް މޯލްޑިވްސް މީޑިއާ ހައުސްގައި ރައީސް މުއިއްޒުގެ ސީދާ މަސްލަހަތު އޮންނަކަށް ސާފުކޮށް ހާމަވެއެވެ.

އެމްއެމްޓީވީގެ މައި ކުންފުނި ރަޖިސްޓްރީކޮށްފައި ވަނީ، ރައީސް މުއިއްޒުގެ އަމިއްލަގެ މ. ދިމްޔާތު ބަލަހައްޓަން ހުންނަ، އެ މަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމުގައިވާ ހއ، ވަށަފަރު އަބްދުﷲ ޒާހިރު އެވެ. އޭނާއަކީ މީގެ ކުރިން މީޑިއާގައި އުޅުއްވި އަދި އެ ދާއިރާގެ ވިޔަފާރިއެއް ކުރެއްވި ބޭފުޅެއް ވެސް ނޫނެވެ.

އޮފީސް އިމާރާތެއް ކުޔައްށް ހިފުމަށް، އެމްއެމްޓީވީ އާއި އެންސްޕާއާ ދެމެދު ވެވުނު ފަސް އަހަރުގެ އެއްބަސްވުމަކީ މަހަކަށް 580،000ރ. ގެ ރޭޓުން ކުލި ދައްކާ ގޮތަށް، އެކު ޖުމްލަ 34.8 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ.

މި މުއާމަލާތުގެ ކަންކަން ސޯޝަލްމީޑިއާގައި ފަޅާއަރުވައިލުމާއެކު، އާންމުންނާއި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުންގެ ފާޑުކިޔުން އަމާޒުވުމުން އެންސްޕާއިން ވަނީ އެއްބަސްވުން އުވާލާފަ އެވެ.

އޭރު އޮތީ އެންސްޕާގެ ފަންޑުން 34.8 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެއްބަސްވުން އުވައިލި ނަމަވެސް، އެ ފައިސާ އަބުރައި އެންސްޕާއަށް ލިބުނުކަން ކަށަވަރެއް ނޫނެވެ. އެންސްޕާ އިން އެ ފައިސާ އަނބުރާ ހޯދި ކަމެއް ނުވަތަ ނުހޯދާ ކަމެއްވެސް ހާމަނުކުރެއެވެ. އެ ވާހަކަ ނުވެސް ދައްކަނީއެވެ.

މި ކަމާ ގުޅިގެން އެއްވެސް މީހެއްގެ މައްސަލަ ބަލަން ފަށައިފައި ނުވެއެވެ. އެއްވެސް މީހަކާމެދު ފިޔަވަޅެއް އަޅައިފައި ނުވެއެވެ. އަދި އެންސްޕާއަށް ސީ.އީ.އޯ ހީނާ ވަލީދު މަގާމުން ވަކިކޮށް ނުވަތަ ސަސްޕެންޑްކޮށްފައެއް ވެސް ނުވެއެވެ.

އެހެންނަމަވެސް، މި ސަރުކާރުގެ ކޮރަޕްޝަންތަކުގެ ސިލްސިލާގެ ތެރެއިން ދެން ފެންމަތިވި ގޯތި ވައްކަމާ ގުޅިގެން، އެޗްޑީސީގެ ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ސަސްޕެންޑުކުރަން ރައީސް މުއިއްޒު ނިންމެވިއެވެ.

އިދިކޮޅު އެމްޑީޕީން، ޓޫރިސްޓު ރިސޯޓަކަށް ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ، ވެރިކަން ކުރާ ޕީއެންސީގެ ޖަލްސާއެއްގައި، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ވާހަކަ ދެއްކުމާ ގުޅިގެން، ޖެހިގެން އައިދުވަހު ހެނދުނު، އޭނާ ސަސްޕެންޑުކުރަން ރައީސް މުއިއްޒު ނިންމެވިއެވެ. ވަރަށް އަވަސް ފިޔަވަޅެކެވެ. މިހައި ހިސާބުން އަޅުގަނޑުގެ ހަނދާނަށް އައީ އެންސްޕާގެ ފައިސާއިން ހިންގަންފެށި އެއްކަލަ ޓީވީގެ މަތިންނެވެ.

ފަގީރުންނާއި ނިކަމެތިންނަށް ދައުލަތުގެ ނަމުގައި އެހީތެރިވުމަށް ހަމަޖައްސައިފައި އޮންނަ އެންސްޕާގެ ފަންޑުން 34.8 މިލިއަން ރުފިޔާ ދީގެން އުފެއްދި ޓީވީ ޗެނަލްގެ މައްސަލަ މި ގޮތަކަށް ނުބަލައެވެ. އެކަން ކުރި އެއްވެސް މީހަކަށް ފިވަޅެއް ނާޅައެވެ. ސަސްޕެންޑެއް ނުކުރެއެވެ.

އެންސްޕާގެ ބޮޑު ކޮރަޕްޝަނުގެ ވާހަކަ އެމަނިކުފާނާ ހިސާބަށް އަދި ނާންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެއީ ހިނގައިގެން އުޅޭ ކަމެއްކަން އެ މަނިކުފާނަށް އެނގިވަޑައި ގަންނަވާކަމަކަށް ވެސް ނުހެއްދެވިއެވެ.

މިހެން ކަމުން، ބެލެވެނީ، ހިނާ ވަލީދު ކުރެއްވި ކަމެއް ކުރެއްވީ ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް ކަމަށެވެ.

ހީނާ މަގާމުގައި ހުރެގެން އިތުރަށް ހޭދަވާ ކޮންމެ ދުވަހަކުން ދޭހަވަނީ އެންސްޕާގެ ވައްކަމަކީ ރައީސްގެ މުއިއްޒުގެ އެންގެވުމަށް ކުރި ކަމެއް ކަމެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ފޫޅުގެ ސާޖަރީ އާ ބެހޭ ގޮތުން ދެކެވޭ ވާހަކަ އާ ގުޅިގެން ސުވާލު ކުރުމުން ތަރުޖަމާނު ވިދާޅުވަނީ "ތިދަނީ ޕްރޮފެޝަނަލް މިންގަނޑުން ބޭރަށް" ކަމަށް!

ރައީސްގެ ފޫޅުގެ ސާޖަރީ އާ ބެހޭ ގޮތުން ދެކެވޭ ވާހަކަ އާ ގުޅިގެން ސުވާލު ކުރުމުން ތަރުޖަމާނު ވިދާޅުވަނީ "ތިދަނީ ޕްރޮފެޝަނަލް މިންގަނޑުން ބޭރަށް" ކަމަށް!

06 އޯގަސްޓު 2025
ހިރިމަަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި

ހިރިމަަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި

01 ފެބުރުއަރީ 2025
ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރަން: ސަރުކާރު

ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރަން: ސަރުކާރު

27 ޖެނުއަރީ 2025
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ތަރުޖަމާނު ހީނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައުލޫމާތެއް ނުލިބޭ: ރައީސް މުއިއްޒު

ތަރުޖަމާނު ހީނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައުލޫމާތެއް ނުލިބޭ: ރައީސް މުއިއްޒު

22 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު