Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދައިގެ ހިދުމަތް

ރައްޔިތުން ރުޅިގަދަވުމުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް ވެސް އާސަންދައިން ލިބޭގޮތަށް ހަދައިފި

3 ނޮވެމްބަރު 2024 | އާދީއްތަ 08:52

"އައުޓް-ޕޭޝަންޓް" ގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތެއްނަމަ، ޕްރައިވެޓް އިންޝުއަރެންސަށް ފުރަތަމަ ބިލް ކުރާގޮތަށް ވަނީ ހަމަޖެހިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ނޮވެމްބަރު 2024 | އާދީއްތަ 08:52
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މީހުން ހިދުމަތް ހޯދަނީ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މީހުން ހިދުމަތް ހޯދަނީ

ރައްޔިތުން ރުޅިގަދަވުމުން ޕްރައިވެޓް އިންޝިއުރެންސް އޮންނަ މީހުންނަށް ވެސް އާސަންދައިން ލިބޭގޮތަށް ހަދައިފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާ އިން ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ނެރުނު ބަޔާނެއްގައި ބުނީ، ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހޯދާ ޚިދުމަތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދިނުމަށް ހަމަޖައްސާފައި ވާކަމަށެވެ.

Advertisement - newsAdvertisement

އެންސްޕާ އިން ބުނާ ގޮތުގައި މިބަދަލާ ގުޅިގެން "އައުޓް ޕޭޝަންޓް" ގެ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތެއްނަމަ، ފުރަތަމަ ބިލްކުރާނީ ޕްރައިވެޓް އިންޝުއަރެންސަށެވެ. އާސަންދަ ސްކީމުން އެޚިދުމަތުގެ އަގު ކަވަރުކުރާނީ، ޕްރައިވެޓް އިންޝުއަރެންސް ގެ ލިމިޓު ހަމަވުމުން ކަމަށްވެސް އެންސްޕާއިން ބުނެފައިވެއެވެ.

ނަމަވެސް ހުކުރު ދުވަހުން ފެށިގެން ޕްރައިވެޓް އިންޝުއުރެންސް އޮންނަ ފަރާތްތަކަށް އާސަންދައިން ބާކީ ބައި ކަވަރު ނުކޮށް އަތުން ބޮޑު ހަރަދެއް ކުރަންޖެހި އާންމުން ރުޅިގަދަވެ ސޯޝަލް މީޑިއާ ބަންޑުންކޮށްލިއެވެ. މިއާއެކު އެންސްޕާއިން ވަނީ އަނެއްކާވެސް ބަޔާނެއް ނެރެފައެވެ.

އެންސްޕާއިން ފަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތަކަށް ބިލް ކުރުމުގައި ޕްރައިވެޓް އިންޝިއުރެންސް އަށް އިސްކަން ދިނުމާއި ގުޅޭގޮތުން އެ އެޖެންސީން ކުރިން ނެރުނު އިއުލާނުގައިވެސް ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ފަރާތަކަށް ޕްރައިވެޓް އިންޝުއުރެންސްގެ ކަވަރޭޖް ނުވަތަ ހިދުމަތް ނުލިބޭ ހާލަތެއްގައިނަމަ އެ ފަރާތްތަކަށް އާސަންދަ ސްކީމުން މިހާރުވެސް ހިދުމަތް ލިބެމުންދާގޮތަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އަދި އަމިއްލަ އިންޝުއުރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓް ހުއްޓާލުމުގެ ސަބަބުންކަމުގައި ވިޔަސް، އަމިއްލަ އިންޝުއަރެންސް ޕޮލިސީ އިން ކަވަރޭޖް ނުލިބި، އަމިއްލަ ޖީބުން ފައިސާދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި، އާސަންދައިގެ ކަވަރޭޖް ކުރިއެކޭވެސް އެއްގޮތަކަށް ލިބިގެންދާނެ ކަމަށެވެ.

އެންސްޕާއިން ވަނީ އެ އެޖެންސީން ގެނައި ބަދަލުގެ ސަބަބުން ރައްޔިތުން އަމިއްލަ ޖީބުން ފައިސާ ދައްކަމުންދާ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާތީ އެއީ ދޮގެއްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާސަންދަނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
16 އެޕްރީލު 2025

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި
26 ޖެނުއަރީ 2025

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން
25 ޑިސެމްބަރު 2024

ހީނާ މަގާމުގައި ހުރެގެން އިތުރަށް ހޭދަވާ ކޮންމެ ދުވަހަކުން ދޭހަވަނީ އެންސްޕާގެ ވައްކަމަކީ ރައީސް މުއިއްޒުގެ އެންގެވުމަށް ކުރި ކަމެއް ކަމެވެ

25 ޑިސެމްބަރު 2024
ހީނާ މަގާމުގައި ހުރެގެން އިތުރަށް ހޭދަވާ ކޮންމެ ދުވަހަކުން ދޭހަވަނީ އެންސްޕާގެ ވައްކަމަކީ ރައީސް މުއިއްޒުގެ އެންގެވުމަށް ކުރި ކަމެއް ކަމެވެ
20 ޑިސެމްބަރު 2024

އެމްއެމް ޓީވީ އާ އެންސްޕާ އިން ބައްދަލުވުންތަކެއް ބޭއްވިކަން ހާމަ ވެއްޖެ

20 ޑިސެމްބަރު 2024
އެމްއެމް ޓީވީ އާ އެންސްޕާ އިން ބައްދަލުވުންތަކެއް ބޭއްވިކަން ހާމަ ވެއްޖެ
19 ޑިސެމްބަރު 2024

ހީނާ ވަލީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަރަޕްޝަންގެ މައްސަލައިގައި އަޅުގަނޑު ބައިވެރިއެއް ނުވަން: ޝިއުނާ

19 ޑިސެމްބަރު 2024
ހީނާ ވަލީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަރަޕްޝަންގެ މައްސަލައިގައި އަޅުގަނޑު ބައިވެރިއެއް ނުވަން: ޝިއުނާ
13 ޑިސެމްބަރު 2024

ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

13 ޑިސެމްބަރު 2024
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ
04 ޑިސެމްބަރު 2024

ތުހުމަތުތަކަކަށް ރައްދު ދިނުމުގައި އާއްމު ކުރި މައުލޫމާތަށް އެންސްޕާއިން މައާފަށް އެދިއްޖެ

04 ޑިސެމްބަރު 2024
ތުހުމަތުތަކަކަށް ރައްދު ދިނުމުގައި އާއްމު ކުރި މައުލޫމާތަށް އެންސްޕާއިން މައާފަށް އެދިއްޖެ
18 ނޮވެމްބަރު 2024

އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

18 ނޮވެމްބަރު 2024
އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު
03 ނޮވެމްބަރު 2024

އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފި

03 ނޮވެމްބަރު 2024
އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް