Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެންސްޕާ ކަރަޕްޝަން

ހީނާ ވަލީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަރަޕްޝަންގެ މައްސަލައިގައި އަޅުގަނޑު ބައިވެރިއެއް ނުވަން: ޝިއުނާ

ސަރުކާރަށް އަމާޒުވާ ކަރަފްޝަންގެ އެއްވެސް މައްސަލަ އެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ

ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2024 | ބުރާސްފަތި 15:04
ފާތިމަތު ޝިއުނާ

ފާތިމަތު ޝިއުނާ

ހީނާ ވަލީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަރަޕްޝަންގެ މައްސަލައިގައި ބައިވެރިވެފައި ނުވާނެ ކަމަށް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމުން ބުރާސްފަތި ދުވަހު މެންދުރުފަހު ވަކި ކުރި ފާތުމަތު ޝިއުނާ ބުނެފިއެވެ.

ޑެޕިއުޓީ ސީއީއޯ ގެ މަގާމުން ވަކި ކުރުމާ ގުޅިގެން ޝިއުނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ މަގާމުން ވަކި ކުރި ދަނޑިވަޅަކީ އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ މައްޗަށް ކުރެވިފައިވާ ކަރަޕްޝަންގެ ތުހުމަތުގެ އިތުރުން ސަރުކާރުގެ މައްޗަށް ކަރަޕްޝަންގެ ގިނަ ތުހުމަތު ތަކެއް އަމާޒު ވެފައިވާ ދަނޑިވަޅެއް ކަމަށާއި، ސަރުކާރަށް އަމާޒުވާ ކަރަފްޝަންގެ އެއްވެސް މައްސަލަ އެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމުގެ ޔަގީންކަން ދޭ ކަމުގައެވެ.

Advertisement - newsAdvertisement

"ސަރުކާރަށް އަމާޒުވާ އެއްވެސް ކަރަޕްޝަންގެ މައްސަލައެއްގައި އަޅުގަނޑުގެ ބައިވެރިވުމެއް ނޯންކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ." ޝިއުނާގެ ބަޔާނުގައި ވެއެވެ.

ޝިއުނާ މަގާމުން ވަކި ކުރި ދަނޑިވަޅަކީ ރައީސް މުއިއްޒު އަޑީގައި ހުންނަވައިގެން އުފެއްދި ކަމަށް އަޑު އަރާފައިވާ އެމްއެމްޓީވީ އާއި އެންސްޕާއާ ދެމެދު ވެވުނު ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން މަހަކަށް 580،000ރ. ގެ ރޭޓުން ކުލީގެ ގޮތުގައި އެމްއެމްޓީވީ ހިންގަން އެންސްޕާ އިން ޚަރަދު ކުރާގޮތައް، ޖުމްލަ 34.8 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހެދިކަން ފަޅާއަރާފައިވާ ދަނޑިވަޅެކެވެ. މި އެއްބަސްވުމުގެ މައުލޫމާތު އާންމު ވުމުން ކުއްލި ގޮތަކަށް އެންސްޕާ އިން އެ އެއްބަސްވުން އުވާލި ކަމަށް ވަނީ ބުނެފައެވެ.

ޝިއުނާގެ ބަޔާނުގައި ބުނެފައިވަނީ އެންސްޕާގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރަކަށް އައްޔަން ކުރެވުނު ތާރިޚުން ފެށިގެން، އެމްއެމްޓީވީ އާ އެކު ބޭއްވި އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.

ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ފޮރުވުމަށް ކުރާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ޝިއުނާގެ ބަޔާނުގައި ބުނެފައިވެއެވެ.

ފާތިމަތު ޝިއުނާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ހީނާ ވަލީދު އެމްއެމް ޓީވީސަރުކާރުގެ ޚިޔާނާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ

28 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

21 ނޮވެމްބަރު 2025
މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

19 ނޮވެމްބަރު 2025
އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

15 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު