Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާސަންދަ

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

ޕެޓިޝަންގައި ކުންފުނީގެ ފަންސާހަކަށް މުވައްޒަފުން ސޮއި ކޮށްފައިވޭ

ރާއްޖެ އެމްވީ | 26 ޖެނުއަރީ 2025 | އާދީއްތަ 03:59
2023 - ޑިސެމްބަރު 12 - އާމިނަތު ޒީނިޔާ، އަސަންދައިގެ މެނޭޖިންގ ޑިރެކްޓަރ (މ) މަޖިލިސްގެ އެސްއޯއީ ކޮމިޓީގައި

2023 - ޑިސެމްބަރު 12 - އާމިނަތު ޒީނިޔާ، އަސަންދައިގެ މެނޭޖިންގ ޑިރެކްޓަރ (މ) މަޖިލިސްގެ އެސްއޯއީ ކޮމިޓީގައި

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަން އުޅޭ ބަދަލާ ގުޅިގެން މުވައްޒަފުންގެ މެދުގައި އޮތް ހިތްހަމަ ނުޖެހުމާއި ކަންބޮޑުވުން ފާޅުކޮށް ރައީސް ޑރ. މުއިއްޒު އަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެ ކުންފުނީގެ ފަންސާހަކަށް މުވައްޒަފުން ސޮއިކޮށް ހުށަހަޅާފައި އެ ޕެޓިޝަންގެ ކޮޕީ މި ނޫހަށް ފެނިފައިވާ އިރު، އެ ޕެޓިޝަން ހުށަހެޅީ އާސަންދަ ކުންފުނީގެ މެނޭޖްމަންޓުން ކޭސް ޕްރޮސެސިންގ ޑިޕާޓްމަންޓް އުވާލައި ސުޕަވައިޒަރުންގެ މަޤާމުތައް އުވާލުމަށް ނިންމުމާ ގުޅިގެން މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށް އެކަން ހައްލު ކުރުމަށް ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި 1 ފެބްރުއަރީ 2025 ގައި ޢަމަލުކުރަން ފަށާ މި ބަދަލުތަކުން 60 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ އަށް ނޭދެވޭ އަސަރު ކުރުމުގެ އިތުރުން އާސަންދައިގެ ޚިދުމަތައްވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

އަސަންދައިން އެތަނުގެ އޮނިގަނޑަށް ގެންނަ ބަދަލުގެ ނަތީޖާ އެއްގެ ގޮތުން ގިނަ ދުވަސްވީ ސުޕަވައިޒަރުންގެ މަޤާމުގެ ބަދަލުގައި އެންމެ ޝިފްޓް އިންޗާޖެއްގެ މަޤާމު ތައާރުފް ކޮށް، ގިނަ މުވައްޒަފުންތަކެއް އެމީހުންނަށް އެކަށީގެންނުވާ މަޤާމުތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާ މެދު މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑު ހިތްހަމަނުޖެހުމަކާއި ނުތަނަވަސް ކަމެއް އުފެދިފައިވާ ކަމަށް ޕެޓިޝަން ގައި ބުނެފައިވެއެވެ.

ޕެޓިޝަންގައި ފާހަގަ ކޮށްފައިވާ ގޮތުގައި ކޭސް ޕްރޮސެސިންގ ޑިޕާޓްމަންޓަކީ ރައްޔިތުންނަށް ކުންފުނިން ފޯރުކޮށްދޭ ސިއްހީ ޚިދުމަތްތަކާ ގުޅޭ ކޭސްތައް ބަލަހައްޓާ ޙައްލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޑިޕާޓްމަންޓެކެވެ. ނަމަވެސް، 20 ޖަނަވަރީ 2025 ގައި މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ މި މުހިންމު ޑިޕާޓްމަންޓް އުވާލުމަށް ނިންމާފައިވާ ކަމަށް އިއުލާނު ކުރައްވާފައިވާ ކަމަށް ބުނެފައިވެއެވެ.

"އަހަރުތަކެއް ވަންދެން ޚިދުމަތްކޮށް، ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނަށް އަންގާފައިވަނީ އެމީހުންގެ ހުނަރާއި ޚިދުމަތްތަކާ ނުގުޅޭ މަޤާމުތަކަށް، އޭގެ ތެރޭގައި ކައުންޓަރުތަކާއި ކޯލް ސެންޓަރުތަކާއި ޕްރޮސެސިންގ ހިމެނޭގޮތަށް، ބަދަލުކުރެވޭނެ ކަމަށެވެ." ޕެޓިޝަންގައި ވެއެވެ.

މި ބަދަލުތައް ގެންނަން ނިންމީ "އެކަށީގެންވާ މަޝްވަރާ އެއް ނުވަތަ އެކަމުގެ ބޭނުންތެރިކަން ސާފުކޮށް ބަޔާންކުރުމަކާ" ނުލާ ކަމަށް ވެސް ބުނެފައިވެއެވެ.

ކުންފުނިން އަމަލު ކުރި ގޮތުގެ ސަބަބުން މުވައްޒަފުންނަށް ދޭހަވަނީ އެމީހުންނަކީ އަގެއް ނެތް، އަދި އެމީހުންގެ އަޑު އިއްވަން ނުޖެހޭ ބައެއްގެ ގޮތުގައި ކަމަށާއި އެކަމުގެ ސަބަބުން މުވައްޒަފުންގެ ހިތްވަރު ގެއްލިފައިވާ ކަމަށްވެސް ޕެޓިޝަންގައި ވެއެވެ.                    

"މަތީގައި ބަޔާންކޮށްފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، އަޅުގަނޑުމެން އިޙްތިރާމާއެކު ރައީސުލްޖުމްހޫރިއްޔާ އަށާއި، ޕީ.ސީ.ބީ އަދި އާސަންދަ ކުންފުނީގެ ބޯޑުގެ ކަމާބެހޭ ފަރާތްތަކަށް މި މުހިންމު މައްސަލައިގައި، ޙައްލު ހޯދައިދެއްވުމަށް އެދި އިލްތިމާސްކުރަމެވެ." ޕެޓިޝަންގައި ވެއެވެ.

ކޭސް ޕްރޮސެސިންގ ޑިޕާޓްމަންޓް އުވާލުމާއި، ސުޕަވައިޒަރުންގެ މަޤާމުތައް ނައްތާލުމާއި، އަދި އެއާ ގުޅިގެން ގިނަ މުވައްޒަފުންތަކަކަށް ކުރިމަތިވެދާނެ މާލީ އަދި ވަޒީފާގެ މައްސަލަތަކުގެ ސަބަބުން މުވައްޒަފުންގެ ހިތްވަރު ދަށްވެ، މެނޭޖްމަންޓަށް އޮތް އިތުބާރު ގެއްލި، އަދި ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން ޕެޓިޝަންގައި ވަނީ ފާޅު ކޮށްފައެވެ.

"މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ކުންފުނީގެ އިންޓެގްރިޓީ ދެމެހެއްޓުމަށާއި، އަދި ސަރުކާރުން ހާމަކަން ބޮޑު ގޮތެއްގައި، ހަމަހަމަކަމާއެކު، އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަމެވެ."

ޕެޓިޝަންގައި ސޮއިކޮށްފައިވާ މުވައްޒަފުން ބުނެފައިވަނީ އެ ފަރާތްތަކުން އެދެނީ މިކަމަށް އަވަސް އިޖާބައެއް ދީ، މި މައްސަލަތައް އަވަހަށް ޙައްލުކޮށްދިނުން ކަމުގައެވެ.

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔައާސަންދަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

13 ޑިސެމްބަރު 2024
އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

18 ނޮވެމްބަރު 2024
އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފި

އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފި

03 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު