Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޅު ހިޔާ

ޕެޓް ކެއަރ ފެސިލިޓީ - އޮޅު ހިޔާ ހުޅުވައިފި

މި ފެސިލިޓީން ކާން ދިނުމުގެ އިތުރުން، އާންމު ޗެކްއަޕްތަކާއި، ފަރުވާތަކާއި، އަދި އޮޕަރޭޝަންތަކާއި، ބޭސް ދިނުން ފަދަ ޚިދުމަތްތައް ބުޅަލަށް ލިބޭނެ ކަމަށް ސަރުކާރުން ބުނޭ

ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 13:11
ޕެޓް ކެއަރ ފެސިލިޓީ - އޮޅު ހިޔާ ހުޅުވުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޕެޓް ކެއަރ ފެސިލިޓީ - އޮޅު ހިޔާ ހުޅުވުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި ޕެޓް ކެއަރ ފެސިލިޓީ ހުޅުވައިފިއެވެ.

މި ފެސިލިޓީ ހުޅުއްވައިދެއްވީ، މިކަމަށްޓަކައި ހޮނިހިރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Advertisement - newsAdvertisement

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރީގެ ފަރުކޮޅުފުށި އޮތް ސަރަހައްދުން 5000 އަކަފޫޓުގެ ބިމެއްގައި ގާއިމު ކުރި މި ފެސިލިޓީއަކީ މާލެ ސަރަޙައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންދިއުމަށް ހެދި ތަނެއް ކަމަށް ސަރުކާރުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމުން މަގުމަތީގައި ބުޅާ ގިނަވާ މައްސަލައަށް އެދެވޭ ޙައްލެއް ލިބިގެންދާނެކަމަށެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދެއްގެ ގޮތުގައި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުން ހިމަނާފައިވާއިރު، ސަރުކާރުން ބުނެފައިވަނީ މި ފެސިލިޓީ ގާއިމު ކޮށްފައިވަނީ ސަރުކާރުން ބިމާއި ފައިސާ ހަމަ ޖައްސައި ދިނުމުން އެނިމަލް ވެލްފެއަރ މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލު ގުޅިގެން ކަމުގައެވެ.

މި ފެސިލިޓީ އިތުރަށް ފުޅާ ކުރުމަށް ބުޅަލާއެކު އާންމުންނަށް ވަގުތު ހޭދަކޮށްލެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކެއްގެ އިތުރުން ކެޓް ޝޮޕެއްވެސް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ހުޅުވި ފެސިލިޓީން ކާން ދިނުމުގެ އިތުރުން، އާންމު ޗެކްއަޕްތަކާއި، ފަރުވާތަކާއި، އަދި އޮޕަރޭޝަންތަކާއި، ބޭސް ދިނުން ފަދަ ޚިދުމަތްތައް ބުޅަލަށް ލިބޭނެއެވެ. މީގެ އިތުރުން އިންޖެކްޝަން ޖެހުމާއި، ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓު ކުރެވޭނެ ކަމަށާއި، އޮޕަރޭޝަނަށްފަހު ބުޅާ އެޑްމިޓް ކޮށްގެން ބެލެހެއްޓުމުގެ ޚިދުމަތްވެސް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

އޮޅު ހިޔާ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

މި ސަރުކާރަކީ ބަހާއި އަމަލާ ދިމާވާނެ ސަރުކާރެއް: މުއިއްޒު

02 ނޮވެމްބަރު 2024
މި ސަރުކާރަކީ ބަހާއި އަމަލާ ދިމާވާނެ ސަރުކާރެއް: މުއިއްޒު
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު