Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން-އިޒްރޭލް ހަނގުރާމަ

ލުބުނާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާއެއްގައި 19 މީހުން ޒަޚަމްވެއްޖެ

މި ހާދިސާއާ ގުޅިގެން އިރާޤުގެ އިސްލާމިކް ރެސިސްޓަންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ އުތުރުގައިވާ "މުހިންމު އަމާޒަކަށް" ޑްރޯންތަކެއް ފޮނުވާފައިވާ ކަމަށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 10:20
ގާޒާ ސްޓްރިޕްގެ ބޯޑަރު ސަރަހައްދުގައި އިޒްރޭލު ސިފައިން ހުއްޓިލައިގެން

ގާޒާ ސްޓްރިޕްގެ ބޯޑަރު ސަރަހައްދުގައި އިޒްރޭލު ސިފައިން ހުއްޓިލައިގެން

ހޮނިހިރު ދުވަހު ހެނދުނު ލުބުނާނުން އިޒްރޭލުގެ ޝަރޮންއަށް ދިން މިސައިލް ހަމަލާތަކެއްގައި 19 މީހުން ޒަޚަމްވެއްޖެ ކަމަށް އިޒްރޭލު ފުލުހުން ބުނެފިއެވެ.

އިޒްރޭލުގެ ސިފައިން ބުނާ ގޮތުގައި ލުބުނާނުން އިޒްރޭލުގެ ސަރަޙައްދަށް ތިން މިސައިލެއް ފޮނުވާލާފައިވެއެވެ. މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ މެދު ސަރަޙައްދުގެ އެކި ހިސާބުތަކުގައި ސައިރަން އިއްވާފައިވާ ކަމަށާއި، ބައެއް މިސައިލްތައް ހުއްޓުވާފައިވާ ކަމަށްވެސް އިޒްރޭލުގެ ސިފައިން ބުނެފައިވެއެވެ.

އިޒްރޭލުގެ އެމްބިއުލަންސް ޚިދުމަތްދޭ ފަރާތްތަކުން ރިޕޯޓުކޮށްފައިވަނީ މި ހަމަލާގައި އިޒްރޭލުގެ މެދު ސަރަޙައްދުގެ ޓީރާ ރަށުގައި 7 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ޓީރާގައި ލިބުނު އަނިޔާތަކަކީ ކުޑަ އަދި މެދުމިން އަނިޔާތަކެއް ކަމަށާއި، އިތުރު ދެ މީހަކަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އިރާޤުގެ އިސްލާމިކް ރެސިސްޓަންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ އުތުރުގައިވާ "މުހިންމު އަމާޒަކަށް" ޑްރޯންތަކެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މި ގްރޫޕުގެ ޢަމަލާއި މި އަނިޔާތަކާ ގުޅުމެއް ވާކަން ބަޔާނުން އެނގޭކަށް ނެތެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިޒްރޭލާއި ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތާ ދެމެދު ހަނގުރާމައިގެ ހަމަލާތައް ބަދަލުކުރެވި، މެދުއިރުމަތީގެ މަސްރަހް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އޭއެފްޕީގެ ތަފާސްހިސާބު ތަކަށް ބަލާއިރު، ސެޕްޓެމްބަރު 23 ން ފެށިގެން ހަނގުރާމައިގެ ސަބަބުން ލުބުނާނުގައި މަދުވެގެން 1،754 މީހުން މަރުވެފައިވެއެވެ. ނަމަވެސް ޙަޤީޤީ އަދަދު މިއަށް ވުރެ މަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

އިޒްރޭލުގެ ސިފައިން ބުނާ ގޮތުގައި ސެޕްޓެމްބަރު 30 ގައި އެއްގަމުގެ ހަމަލާތައް ފެށުނު ފަހުން ލުބުނާނުގައި އެމީހުންގެ 37 ސިފައިން މަރުވެފައިވެއެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ ލެބަނަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު