Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ލުބުނާން

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހިލާފުވެ ސިވިލިއަންނާއި އދ.ގެ ސިފައިންނަށް ދޭ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާ ކަމަށާއި، އދ.ގެ ޗާޓަރަށް ސީރިއަސް ކޮށް ހިލާފުވުން ކަމަށް އދ.ގެ ތަޖުރިބާކާރު ވިދާޅުވި.

ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2025 | ހޮނިހިރު 11:21
ދެކުނު ލުބުނާނުގެ އަވަށެއްގައި ހުރި ގެއަކަށް އަމާޒުކޮށްގެން އިޒްރޭލުން ދިން ވައިގެ ހަމަލާއާ އެކު އަލިފާނާއި ދުން އަރަނީ - ނޮވެމްބަރު 22، 2025

ދެކުނު ލުބުނާނުގެ އަވަށެއްގައި ހުރި ގެއަކަށް އަމާޒުކޮށްގެން އިޒްރޭލުން ދިން ވައިގެ ހަމަލާއާ އެކު އަލިފާނާއި ދުން އަރަނީ - ނޮވެމްބަރު 22، 2025

އިޒްރޭލުން ދެކުނު ލުބުނާނަށް އަލުން ދިން ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށާއި، މިފަދަ ހަމަލާތަކުގެ ސަބަބުން ސުލްހަ ގެއްލިދާނެ ކަމަށް ވިދާޅުވެ، އދ. ގެ ސްޕެޝަލް ރެޕަޓުއަރ އިންޒާރު ދެއްވައިފި އެވެ.

ހުކުރު ދުވަހު އިޒްރޭލުން ވަނީ ދެކުނު ލުބުނާނުގެ އައިން އަލް-ހިލްވާ ރެފިއުޖީ ކޭމްޕަށް ހަމަލާ ދީފައެވެ. އޭގެ އިތުރުން، އާންމު ރައްޔިތުންނަށާއި، އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ހިމެނޭ ސިފައިންނަށް ތަކުރާރުކޮށް ދިން ހަމަލާތައް ފާހަގަކުރަމުން، މިއީ ބައިނަލް އަގްވާމީ ގާނޫނު ތަކާ ޚިލާފު އަމަލުތަކެއް ކަމަށް އދ.ގެ ސްޕެޝަލް ރެޕަޓުއަރ އޮން އެކްސްޓްރާ ޖޫޑިޝަލް، ސަމަރީ އޯރ އާބިޓަރީ އެގްޒެކިއުޝަންސް މޮރިސް ޓިޑްބޯލް-ބިންޒް ވިދާޅުވެ އިޒްރޭލުގެ އަމަލުތައް ކުށްވެރި ކުރެއްވި އެވެ.

ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ރިޕޯޓްކޮށްފައި ވަނީ ނޮވެމްބަރު 18 ވަނަ ދުވަހު އިޒްރޭލުން ކޭމްޕަށް ދިން ވައިގެ ހަމަލާގައި މަދުވެގެން 13 މީހުން މަރުވެ، އިތުރު ގިނަ މީހުން ޒަޚަމްވި ކަމަށެވެ.

ލޯކަލް އަލް-މަނާރު ޓެލެވިޜަން ޗެނަލުން ބުނި ގޮތުގައި، ބޮޑު އާބާދީ އެއް ދިރިއުޅެމުން އަންނަ އައިން އަލް-ހިލްވާ އަށް އިޒްރޭލުން ވަނީ ވައިގެ ހަމަލާ އެއް ދީފަ އެވެ.

ސްޕެޝަލް ރެޕަޓުއަރ އިތުރަށް ވިދާޅުވީ، "މަދަނީން ނަށާއި، މަދަނީ ތަންތަނަށް ތަކުރާރުކޮށް ދޭ މި ހަމަލާތަކަކީ ހަނގުރާމައިގެ ކުށެއް ކަމަށާއި އަދި އދ.ގެ ޗާޓަރަށް ހިލާފުވުމެއް،" ކަމަށެވެ.

އދ.ގެ ތަޖުރިބާކާރު ފާހަގަކުރެއްވީ އައިން އަލް-ހިލްވާ އަށް ދިން ހަމަލާ އަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ އެތައް ހަމަލާތަކުގެ ތެރެއިން ދިން ހަމަލާ އެއް ކަމުގައެވެ.

"މި ހާދިސާތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރެވޭ ޖަރީމާ ތައް ކަމަށާއި، އަދި ސެކިއުރިޓީ ކައުންސިލްގެ 1701 ވަނަ ގަރާރާއި ޚިލާފުވުމެއް ކަމަށާއި، ލުބުނާނުގެ ސިޔާދަތަށް ސީރިއަސް ގޮތެއްގައި އަރައިގަތުން،" ކަމަށް ރެޕަޓުއަރ ވިދާޅުވި އެވެ.

ލުބުނާނު ގެ ސިއްހަތާ ބެހޭ ވުޒާރާ އިން ހުކުރު ދުވަހު ބުނީ އެއް އަހަރު ކުރިން ސުލްހަ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފެށިފަހުން މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ލުބުނާނު ގައި 331 މީހުން މަރުވެ، 945 މީހުން ޒަޚަމްވި ކަމަށެވެ.

އިޒްރޭލާއި ހިޒްބުﷲ އިން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ 2024 ވަނަ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހު އެ އެއްބަސްވުމަށް އަމަލު ކުރަން ފެށިއެވެ. އެ އެއްބަސްވުމުގެ ދަށުން، ތެލް އަވީވުން ލުބުނާނުގެ ސަރަހައްދުން ފުރިހަމައަށް ފައިބަން ޖެހޭނެއެވެ. އެކަމަކު އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަން 1701 އަށާއި ފާއިތުވި ނޮވެމްބަރުގެ އެއްބަސްވުމުގެ ޝަރުތުތަކަށް ސާފުކޮށް ހިލާފުވެ، ފަސް ސަރަހައްދެއްގައި އިޒްރޭލު ސިފައިން ވަނީ ބައިތިއްބާފަ އެވެ.

ހަނގުރާމަ ހުއްޓާލަން އެއްބަސްވި ފަހުން ތަކުރާރު ކޮށް އެތައް ފަހަރެއްގެ މަތިން އިޒްރޭލުން ލުބުނާނަށް ހަމަލާދީ އެއްބަސްވުމަށް ވަރަށް ގިނަ ފަހަރު ހިލާފުވެއްޖެއެވެ.

މޮރިސް ޓިޑްބޯލް-ބިންޒްހިޒްބުﷲއިޒްރޭލް-ލުބުނާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025
އިސްރާއީލުން ބުރާސްފަތި ދުވަހު ދެކުނު ލުބުނާންގެ ފަސް އަވަށަކަށް ބޮން އަޅައިފި

އިސްރާއީލުން ބުރާސްފަތި ދުވަހު ދެކުނު ލުބުނާންގެ ފަސް އަވަށަކަށް ބޮން އަޅައިފި

19 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު