Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ލެބަނަން ހަމަ ނުޖެހުން

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025 | ހޮނިހިރު 01:10

ހިޒްބުﷲ އާ އެކު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާއިރު ވެސް، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. މިދިޔަ ހަފްތާގައި ލުބުނާނުގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 6 މީހުން މަރުވެފައިވެއެވެ.

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 01:10
ދެކުނު ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު ނަބަތީހް ޑިސްޓްރިކްޓުން ދުން އަރަނީ - 31 އޮގަސްޓް 2025 (ފައިލް)

ދެކުނު ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު ނަބަތީހް ޑިސްޓްރިކްޓުން ދުން އަރަނީ - 31 އޮގަސްޓް 2025 (ފައިލް)

އިސްރާއީލުގެ ހަމަލާއެއްގައި ލުބުނާނުގެ ދެކުނު ސަރަހައްދުގެ ބޯޑަރު ކައިރިން މީހަކު މަރުވެއްޖެކަމަށް ލުބުނާނުން ހުކުރު ދުވަހު ބުނެފިއެވެ.

ހިޒްބުﷲ އާއެކު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ފަހު އިސްރާއީލުން ލުބުނާނުގެ ދެކުނު ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް އައިސްފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

"އައިތަރޫން ރަށަށް އިސްރާއީލްގެ ދުޝްމަނުން ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ" ކަމަށް އެ ގައުމުގެ ސިއްހީ މިނިސްޓްރީން ބަޔާނެއްގައި ބުނެފައިވެއެވެ.

އީރާނުގެ އެހީތެރިކަން ލިބޭ ލުބުނާނުގެ ހިޒްބުﷲ އާ ދެމެދު ހިނގި އަހަރަކަށްވުރެ ގިނަ ދުވަސްވީ ހަނގުރާމަ ނިންމުމަށް ނޮވެމްބަރުގައި ވެވުނު އެއްބަސްވުމަށްފަހު ވެސް، އިސްރާއީލުން ދަނީ ލުބުނާނަށް ހަމަލާތައް ދެމުންނެވެ. މިއީ ހިޒްބުﷲ ގެ ހަރަކާތްތެރިންނަށް ނުވަތަ އެ ޖަމާއަތުގެ ތަންތަނަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ކަމަށް އިސްރާއީލުން ބުނެއެވެ.

ބުރާސްފަތި ދުވަހު، ދެކުނު ލުބުނާނަށް ދިން ހަމަލާއެއްގައި މީހަކު މަރުވިކަމަށް ސިއްހަތާ ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ. އަދި ހޯމަ ދުވަހު އެ ގައުމުގެ އިރުމަތީ ސަރަހައްދަށް ދިން ހަމަލާތަކެއްގައި 5 މީހުން މަރުވިއެވެ. މި ހަމަލާތަކަކީ ހިޒްބުﷲ މަރުކަޒުތަކަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއް ކަމަށް އިސްރާއީލްގެ ސިފައިން ބުނެފައިވެއެވެ.

މަސްދަރު: އޭއެފްޕީ

ހިޒްބުﷲދެކުނު ލުބުނާންލެބަނަންއިޒްރޭލް-ލުބުނާން ހަނގުރާމަ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި
24 ނޮވެމްބަރު 2025

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި
22 ނޮވެމްބަރު 2025

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ
19 ނޮވެމްބަރު 2025

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ
07 ނޮވެމްބަރު 2025

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
19 ސެޕްޓެމްބަރު 2025

އިސްރާއީލުން ބުރާސްފަތި ދުވަހު ދެކުނު ލުބުނާންގެ ފަސް އަވަށަކަށް ބޮން އަޅައިފި

19 ސެޕްޓެމްބަރު 2025
އިސްރާއީލުން ބުރާސްފަތި ދުވަހު ދެކުނު ލުބުނާންގެ ފަސް އަވަށަކަށް ބޮން އަޅައިފި
12 ޖުލައި 2025

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ
27 ޖޫން 2025

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
06 ޖޫން 2025

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި
18 މާރިޗު 2025

ޙަސަން ނަޞްރުﷲގެ ޖަނާޒާގައި ބައިވެރިވި ޑޮކްޓަރަކު، އެމެރިކާ އިން ޑީޕޯޓު ކޮށްލައިފި

18 މާރިޗު 2025
ޙަސަން ނަޞްރުﷲގެ ޖަނާޒާގައި ބައިވެރިވި ޑޮކްޓަރަކު، އެމެރިކާ އިން ޑީޕޯޓު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް