Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ލެބަނަން ހަމަ ނުޖެހުން

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ހުކުރު ދުވަހު ދިން ގަދަފަދަ ހަމަލާތަކުގައި އިސްރާއީލުން ވަނީ ބަންކަރ ބަސްޓަރ ބޮން ބޭނުން ކޮށްފައި

ރާއްޖެ އެމްވީ | 27 ޖޫން 2025 | ހުކުރު 11:46
ލުބުނާނުގެ ދެކުނުގައި އިސްރާއީލުން ދިން ހަމަލާ އަކާ ގުޅިގެން އިމާރާތްތަކެއްގައި ރޯވެފައި - 2025 ޖޫން 22

ލުބުނާނުގެ ދެކުނުގައި އިސްރާއީލުން ދިން ހަމަލާ އަކާ ގުޅިގެން އިމާރާތްތަކެއްގައި ރޯވެފައި - 2025 ޖޫން 22

އިސްރާއީލުން ދެކުނު ލުބުނާނަށް ބޮން އަޅައިފިއެވެ.

ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އެ ގައުމުގެ ދެކުނުގައި އިސްރާއީލުން ހުކުރު ދުވަހު ދިން ހަމަލާއެއްގައި އަންހެނަކު މަރުވެ، އިތުރު 11 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ހުކުރު ދުވަހު، ލުބުނާންގެ ދެކުނުގެ ސިޓީއެއްގެ ކައިރީގައިވާ ފަރުބަދަ ސަރަހައްދަކަށް އިސްރާއީލްގެ އެއަރ ފޯސްއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދިން ކަމަށް އިސްރާއީލްގެ ސިފައިން ބުނެފައިވެއެވެ. އިތުރަށް ބުނެފައިވަނީ މި ހަމަލާ އަމާޒުކުރެވިފައިވަނީ ހަނގުރާމަވެރި ހިޒްބުﷲ ޖަމާޢަތުގެ ބިމު އަޑީގައިވާ ވަސީލަތްތަކަށެވެ.

ލުބުނާން ސަރުކާރުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، ނަބަތިއްޔާގެ މަތީގައިވާ ފަރުބަދަތަކަށް ދެ ފަހަރެއްގެ މަތިން ހަމަލާދީ، ބަންކަރ ބަސްޓަރ ބޮން ބޭނުން ކޮށްފައި ވެއެވެ.

އެމެރިކާ މެދުވެރިވެގެން ނޮވެމްބަރުގައި އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު 14 މަސްދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވެވުނު ފަހުން، އިސްރާއީލުން ވަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލުބުނާނުގެ ދެކުނަށް ވައިގެ ހަމަލާތައް ދެމުންނެވެ. ހުކުރު ދުވަހުގެ ހަމަލާތައް އާދަޔާ ޚިލާފަށް ގަދަފަދަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލްގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ، އެ ސަރަހައްދުގައި ހުރި ހިޒްބުﷲ ގެ ދިފާޢީ ނިޒާމް ބެލެހެއްޓުމަށް ބޭނުން ކުރާ ތަނަކަށް އެމީހުންގެ ފައިޓަރ ޖެޓްތަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި މިއީ މުހިންމު ބިމު އަޑީގެ މަޝްރޫޢެއްގެ ބައެއް ކަމަށާއި، މި ހަމަލާއާ ގުޅިގެން އެ ތަން މުޅިން ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ.

އިސްރާއީލްގެ ސިފައިންގެ ބަހުން، ހަމަލާ ދިން ތަނަކީ ކުރިންވެސް ހަމަލާދީފައިވަނިކޮށް އަލުން ހިޒްބުﷲ އިން އާރަސްތު ކުރަން ފަށާފައިވާ ތަނެކެވެ.

ހިޒްބުﷲ އިން އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުން ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ހިނގި ހަނގުރާމައިގައި އެ ޖަމާއަތައް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ހަނގުރާމައިގައި ލުބުނާނުން 4،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އިސްރާއީލުން މަރުވީ 127 މީހުންނެވެ. އޭގެ ތެރޭގައި 80 ސިފައިން ހިމެނެއެވެ.

އިޒްރޭލްލެބަނަންހިޒްބުﷲއިސްރާއީލް-ލެބަނަން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު