Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ހިޒްބުﷲ ހަނގުރާމަ

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

ޤާސިމް ވިދާޅުވީ މިލިޓަރީ އިސް ކޮމާންޑަރެއް ކަމަށްވާ ހައިތަމް އަލީ ތަބްތަބާއީ މަރުވުމަކީ، ސާފުކޮށް ދިން ހަމަލާއެއްގެ ސަބަބުން ހިނގި ކަމެއް ކަަމށާއި، އެއީ ބޭއިންސާފު އަދި ވަރަށް ނުބައި ކުށެއް ކަމަށެވެ. އެކަމާ ގުޅިގެން ރައްދު ދިނުމުގެ ފުރިހަމަ ޙައްގު ހިޒްބުﷲ އަށް އޮތް ކަމަށާއި، އެކަމަށް ވަގުތު ކަނޑައަޅާނީ ވެސް އެ ޖަމާއަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޒްބުﷲގެ ލީޑަރު ނައީމް ގާސިމް ވިދާޅުވީ ބައިރޫތަށް އިޒްރޭލުން ދިން ހަމަލާއިން ގްރޫޕުގެ އިސް މިލިޓަރީ ކޮމާންޑަރު ތަބްތަބާއީ މަރުވުމާ ގުޅިގެން ރައްދު ދިނުމުގެ ހައްގު އެބައޮތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2025 | ހޮނިހިރު 04:12
އިސްރާއީލް އިން ހަމަލާ ދިން ސަރަހައްދުގައި ސިވިލް ޑިފެންސްގެ މެމްބަރުން މަސައްކަތް ކުރަނީ

އިސްރާއީލް އިން ހަމަލާ ދިން ސަރަހައްދުގައި ސިވިލް ޑިފެންސްގެ މެމްބަރުން މަސައްކަތް ކުރަނީ

އިސްރާއީލް އިން ލުބުނާންގެ ވެރި ރަށް ބެއިރޫތުގައި ދިން ހަމަލާއެއްގައި ހިޒްބުﷲ ޖަމާއަތުގެ އިސް މިލިޓަރީ ކޮމާންޑަރަކު މަރާލާފައިވާއިރު، އެކަމުގެ ރައްދު ދިނުމުގެ ޙައްގު ލިބިގެންވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ނައީމް ޤާސިމް ހުކުރު ދުވަހު ވިދާޅުވެފައި ވަނީ، ފާއިތުވި ހަފުތާގައި ބެއިރޫތުގެ ދެކުނު ސަރަހައްދަށް އިސްރާއީލް އިން ދިން ހަމަލާގައި، އެ ޖަމާއަތަށް ނިސްބަތްވާ އިސް މިލިޓަރީ ކޮމާންޑަރަކު މަރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިލިޓަރީ އިސް ކޮމާންޑަރެއް ކަމަށްވާ ހައިތަމް އަލީ ތަބްތަބާއީ މަރުވުމަކީ، ސާފުކޮށް ދިން ހަމަލާއެއްގެ ސަބަބުން ހިނގި ކަމެއް ކަަމށާއި، އެއީ ބޭއިންސާފު އަދި ވަރަށް ނުބައި ކުށެއް ކަމަށެވެ. އެކަމާ ގުޅިގެން ރައްދު ދިނުމުގެ ފުރިހަމަ ޙައްގު ހިޒްބުﷲ އަށް އޮތް ކަމަށާއި، އެކަމަށް ވަގުތު ކަނޑައަޅާނީ ވެސް އެ ޖަމާއަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާންގެ މަދަދުވެރިކަމާ އެކު ހިންގަމުން އަންނަ ހިޒްބުﷲ އިން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ އިސްރާއީލް އާއެކު ސުލްޙަ ޤާއިމު ކުރުމުގެ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. ޤާސިމް ވިދާޅުވީ އެ ޖަމާއަތުން އަންނަނީ އެ އެއްބަސްވުމަށް ފުރިހަމަ އަށް އިޙުތިރާމް ކުރަމުން ކަމަށާއި، ނަމަވެސް އިސްރާއީލް އިން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ލުބުނާން އަށް ހަމަލާ ދެމުން ކަމަށެވެ. އަދި އެފަދަ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަަށް އިސްރާއީލް އަށް ގޮވާލައްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ ތަބްތަބާއީ އާއި އޭނާގެ ހަތަރު އެހީތެރިން ގެންދިޔައީ ކުރިއަށް އޮތް ތަނުގައި އަމަލު ކުރާނެ ގޮތަކާ މެދު ތައްޔާރު ވަމުން ކަމަށެވެ. އެކަމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ބައްދަލުވުމެއް ކުރިއަށް ދަނިކޮށް އިސްރާއީލް އިން ދިން ހަމަލާގައި އޭނާ މަރުވެފައިވާ ކަމަށް ޤާސިމް ހާމަ ކުރެއްވި އެވެ.

ހިޒްބުﷲ އާއި އިސްރާއީލްއާ ދެމެދު ސުލްޙައިގެ އެއްބަސްވުން ޤާއިމު ކުރި ފަހުން، އިސްރާއީލް އިން މަރާލި ހިޒްބުﷲގެ އެންމެ އިސް އޮފިޝަލަކީ ވެސް ތަބްތަބާއީ ކަމަށް ހާމަ ކޮށްފައިވެ އެވެ. ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލް އިން ހަމަލާ ދެމުން އަންނަ ކަމަށް ހިޒްބުﷲ އިން ބުނަމުން އަންނައިރު، އިސްރާއީލް އިން ބުނެފައި ވަނީ ލުބުނާން އަށް ދޭ ހަމަލާތައް އިތުރު ކޮށްފައި ވަނީ ހިޒްބުﷲ އިން ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ.

އިސްރާއީލް އިން ދިން ހަމަލާގައި ތަބްތަބާއީ މަރުވުމާ ގުޅިގެން، އީރާންގެ ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް އިން ވަނީ ބަދަލު ހިފުމަށް ގޮވާލައިފަ އެވެ. އިސްރާއީލް އިން ދިން މި ހަމަލާ އަކީ، ސަރަހައްދީ ޙާލަތު އިތުރަށް ގޯސް ވެދާނެ ހަމަލާއެއްގެ ގޮތުގައި މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ.

މަސްދަރު: އޭއެފްޕީ

ހިޒްބުﷲނާއިމް ޤާސިމްލެބަނަންއިސްރާއީލް-ހިޒްބުﷲ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025
އިސްރާއީލުން ބުރާސްފަތި ދުވަހު ދެކުނު ލުބުނާންގެ ފަސް އަވަށަކަށް ބޮން އަޅައިފި

އިސްރާއީލުން ބުރާސްފަތި ދުވަހު ދެކުނު ލުބުނާންގެ ފަސް އަވަށަކަށް ބޮން އަޅައިފި

19 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު