Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން-އިޒްރޭލު ހަނގުރާމަ

އިޒްރޭލުން އެއްގަމުން ހަމަލާ ފެށިފަހުން 95 އިޒްރޭލު ސިފައިން މަރުވެއްޖެ، 900 ޒަޚަމްވެއްޖެ: ހިޒްބުﷲ

ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 45 ދުވަހުގެ ތެރޭގައި، އެ ޖަމާޢަތުން ވަނީ އިޒްރޭލުގެ ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތައް ހަލާކުކޮށްފައި ކަމަށެވެ.

ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2024 | ހުކުރު 09:57
ދެކުނު ލުބުނާނުގެ ބޯޑަރ ސަރަހައްދުގެ ގަލީލީގައި އިޒްރޭލުގެ އަސްކަރީ އުޅަނދުތައް ހަރަކާތްތެރިވަނީ

ދެކުނު ލުބުނާނުގެ ބޯޑަރ ސަރަހައްދުގެ ގަލީލީގައި އިޒްރޭލުގެ އަސްކަރީ އުޅަނދުތައް ހަރަކާތްތެރިވަނީ

ހިޒްބުﷲ ޖިހާދީ ޙަރަކާތުން ބުނެފައިވަނީ އިޒްރޭލުން ލުބުނާނަށް އެއްގަމުން ހަމަލާތައް ދޭން ފެށިފަހުން 95ށް ވުރެ ގިނަ އިޒްރޭލު އޮފިސަރުންނާއި ސިފައިން މަރުވެ، 900 ސިފައިން ޒަޚަމްވެފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެ ހެނދުނު ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ ވޭތުވެދިޔަ 45 ދުވަހުގެ ތެރޭގައި، އެ ޖަމާޢަތުން ވަނީ އިޒްރޭލުގެ ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތައް ހަލާކުކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި 42 މަރްކަވާ ޓޭންކާއި، 4 އަސްކަރީ ބުލްޑޯޒަރާއި، ހަނގުރާމައިގައި ބޭނުން ކުރާ އިތުރު އުޅަނދުތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ޖިހާދު ކުރާ ހަނގުރާމަވެރިން ވަނީ އަދި އިޒްރޭލުގެ ދެ ޑްރޯން ވައްޓާލާފައި ކަމަށްވެސް ބުނެފައިވެއެވެ.

ހިޒްބުﷲ އިން ބުނީ އިޒްރޭލު ސިފައިން ހަމަލާތައް ދެނީ ހަނގުރާމަވެރިންނަށް ނުފެނި ސިއްރިއްޔާތުގައި ތިބެގެން ކަމުގައެވެ. ޚައްސަ ކޮށް ލުބުނާނުގެ އަވަށްތަކަށް ހަމަލާތައް ދެނީ ރޭގަނޑުގެ ވަގުތުގައި ކަމަށާއި، އާންމުންގެ ގެދޮރަށް ހަމަލާތައް ދިނުމަށްފަހު އަލިވާން ވާއިރަށް ފިލަނީ ކަމުގައެވެ.

ހިޒްބުﷲ ގެ ބަޔާނުގައި ބުނެފައިވަނީ، ހަނގުރާމަ ފެށުނީއްސުރެ، ހަނގުރާމައިގެ މައިދާނަށް ފޯރުކޮށްދޭން ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ސަޕްލައިލައިންތައް ބަރާބަރަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

"ކުރިން ރޭވިފައިވާ ޕްލޭންތަކާ އެއްގޮތަށް ހަތިޔާރާއި، މީހުން މެދު ނުކެނޑި ފޯރުކޮށްދެވެމުންދެއެވެ،" ހިޒްބުﷲ ޖަމާޢަތުން ބުނެފައިވެއެވެ.

"ހަނގުރާމަވެރިން ދަނީ ދުޝްމަނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ. މިކަން ކުރަނީ ދުވާލާއި، ރޭގަނޑު، އެތައް ސަތޭކަ ރޮކެޓް ބޭނުންކޮށްގެންނެވެ. ދުޝްމަނުންނަށް ލުބުނާނުގެ ބިމުން ފޮނުވާ އެއްވެސް ރޮކެޓް ހަމަލާއެއް ހުއްޓުވިފައެއް ނުވެއެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

25 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު