Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން-އިޒްރޭލު ހަނގުރާމަ

ހޮނިހިރު ދުވަހު ބެއިރޫތައް އިޒްރޭލުން ހަމަލާދީ މަދުވެގެން 11 މަރު

އިޒްރޭލުން ދިން ހަމަލާތަކުގައި ލުބުނާނުން މިހާތަނަށް 3،500 އަށްވުރެ ގިނަ މީހުން މަރުވެ، 15،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނޭ

ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2024 | ހޮނިހިރު 09:33
ނޮވެމްބަރު 23، 2024 ގައި ލުބުނާނުގެ ވެރިރަށް ބެއިރޫތައް އިޒްރޭލުން ބޮންއަޅާ ފުނޑުކޮށްލާފައިވާ އިމާރާތް ހުރިތަނުގެ މަންޒަރެއް

ނޮވެމްބަރު 23، 2024 ގައި ލުބުނާނުގެ ވެރިރަށް ބެއިރޫތައް އިޒްރޭލުން ބޮންއަޅާ ފުނޑުކޮށްލާފައިވާ އިމާރާތް ހުރިތަނުގެ މަންޒަރެއް

ހޮނިހިރު ދުވަހު އިޒްރޭލުން ލުބުނާނުގެ ވެރިރަށް ބެއިރޫތައް ބޮން އަޅާ މަދުވެގެން 11 މީހުން މަރާލައިފި ކަމަށް ލުބުނާނުގެ ސިވިލް ޑިފެންސުން ބުނެފިއެވެ.

ބެއިރޫތުގެ މެދުތެރޭގެ ސަރަހައްދަކަށް ދިން މި ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ވަނީ ހާމަ ކޮށްފައެވެ.

މި ނުރައްކާތެރި ހަމަލާ އިޒްރޭލުން ދިނީ ހަނގުރާމަ ހުއްޓުވުމަކަށް ގެނެވޭތޯ އެމެރިކާގެ އޮފިޝަލުން މަސައްކަތް ކުރާ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

ލުބުނާންގެ ސިވިލް ޑިފެންސްއިން ބުނީ މަރުވި މީހުންގެ އަދަދު އެއީ ވަގުތީ އަދަދެއް ކަމަށާއި އެ އަދަދު އަދި މައްޗަށްދާނެ ކަމަށް ބެލޭ ކަމަށެވެ. އިމަޖެންސީ އެހީތެރިން އަދިވެސް ގެންދަނީ ފުނޑުވެފައިވާ އިމާރާތުގެ ދަށުގައި ތިރިތިބި މީހުން ތިބިތޯ ބަލަމުންނެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި ލުބުނާނުގެ ވެރިރަށަށް އިޒްރޭލުން ދިން ހަތަރުވަނަ ހަމަލާއެވެ.

އިޒްރޭލުގެ އަމަލުތައް ހަރުކަށި ކޮށްފައިވާއިރު، އެމެރިކާގެ ސަފީރު އެމޯސް ހޮކްސްޓައިން މި ހަފްތާގައި މި ސަރަޙައްދަށް ޒިޔާރަތްކޮށް، އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހިނގަމުންދާ 13 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

އިޒްރޭލުން ދިން ހަމަލާތަކުގައި ލުބުނާނުން މިހާތަނަށް 3،500 އަށްވުރެ ގިނަ މީހުން މަރުވެ، 15،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް 1.2 މިލިއަން މީހުން، ނުވަތަ ލުބުނާނުގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން އުޅެމުންދަނީ ވަރަށް ނިކަމެތި ހާލުގައެވެ.

ހޮނިހިރު ދުވަހު ލުބުނާނަށް އިޒްރޭލުން ބޮން އެޅީ ފަތިހު ލުބުނާނު ގަޑިން 4 ޖެހިއިރު ކަމަށާއި، މި ހަމަލާގައި 8 ބުރީގެ އިމާރާތެއް ފުނޑުފުނޑުވެ، އިމާރާތް ހުރި ބިމުގައި ބޮޑު ވަޅުގަނޑެއް އުފެދިފާވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ހަމަ ހޮނިހިރު ދުވަހު ޑްރޯން ހަމަލާއަކުން ލުބުނާނުގެ ޕޯޓު ސިޓީ ޓަޔަރގައި އެކަކު މަރުވެ، އިތުރު މީހަކަށް އަނިޔާވެފައިވާ ކަމަށް ސަރުކާރުގެ ނެޝަނަލް ނިއުސް އެޖެންސީން ބުނެއެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

25 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު