Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހިޒްބުﷲ-އިޒްރޭލް ހަނގުރާމް

ދެކުނު ލުބުނާނުގައި އިޒްރޭލުގެ 6 ޓޭންކަށް ހަމަލާދީފިކަމަށް ހިޒްބުﷲ އިން ބުނެފި

ހިޒްބުﷲ އިން ބުނެފައިވަނީ ހަމަލާދިން ގިނަ ޓޭންކުތަކަކީ ދެކުނު ލުބުނާނުގެ ކަނޑުގެ އައްސޭރިފަށުގެ ރަށެއްގެ ކައިރީގައި ހުރި ޓޭންކުތަކެއް ކަމަށެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 25 ނޮވެމްބަރު 2024 | ހޯމަ 05:42
ދެކުނު ލުބުނާނުގެ ސަރަހައްދެއްގައި އިޒްރޭލު ސިފައިންގެ ޓޭންކެއް

ދެކުނު ލުބުނާނުގެ ސަރަހައްދެއްގައި އިޒްރޭލު ސިފައިންގެ ޓޭންކެއް

އާދިއްތަ ދުވަހު ދެކުނު ލުބުނާނުގައި ހުރި އިޒްރޭލުގެ 6 ޓޭންކަކަށް ހަމަލާދީ ސުންނާފަތިކޮށްލައިފި ކަމަށް ހިޒްބުﷲ އިން ބުނެފިއެވެ.

ހަމަލާއަށްފަހު، ހިޒްބުﷲ އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބައްޔާދާގެ އިރުމަތީ އައްސޭރިފަށް ކައިރިން އިސްރާއީލުގެ 5 ޓޭންކަށް ހަމަލާދީ ސުންނާފަތިކޮށްލާފައިވާ ކަމުގައެވެ. ހިޒްބުﷲ އިން ބުނެފައިވަނީ ހަމަލާދިން ގިނަ ޓޭންކުތަކަކީ ދެކުނު ލުބުނާނުގެ ކަނޑުގެ އައްސޭރިފަށުގެ ރަށެއްގެ ކައިރީގައި ހުރި ޓޭންކުތަކެއް ކަމަށެވެ.

އެހެން ބަޔާނެއްގައި ހިޒްބުﷲ އިން ބުނެފައިވަނީ، ދީރު މީމާސް ސަރަހައްދުގައި އޮތް އިޒްރޭލުގެ މެރްކަވާ ޓޭންކަކަށް ހަމަލާދީފި ކަމަށެވެ. މި ސަރަހައްދަކީ، އާދިއްތަ ދުވަހު އިޒްރޭލު ސިފައިންނަށް ރޮކެޓް ހަމަލާ ދިން ކަމަށް ހިޒްބުﷲއިން ބުނި ސަރަހައްދެވެ.

ލުބުނާނުގެ ސަރުކާރުގެ ނޭޝަނަލް ނިއުސް އޭޖެންސީ (އެންއެންއޭ) އިން ބުނެފައިވަނީ، ދެކުނު ލުބުނާނުގެ އެކި ސަރަހައްދުތަކުގައި ވަރުގަދަ ހަމަލާތައް ބަދަލުކުރެވެމުން ދާކަމަށާއި، ގާތްގަނޑަކަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން ކުޑަކޮށް ފެށުނު ހަނގުރާމަ ފުޅާވެ، ފުރިހަމަ ހަނގުރާމައަކަށް ބަދަލުވެފައިވާ ކަމަށެވެ.

އެންއެންއޭ އިން އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިޒްބުﷲގެ ހަމަލާއަށްފަހު މެޑިޓަރޭނިއަން ކަނޑުގެ އައްސޭރިފަށުގައިވާ ބައްޔާދާ ކިޔާ ރަށާ 10 ކިލޯމީޓަރު (6 މޭލު) ދުރުނޫން ހިސާބެއްގައި، އޮތް އިޒްރޭލު ސިފައިންގެ 30 އުޅަނދުގެ ފައުޖު ފަހަތަށް ޖެހެމުންދާ ކަމަށެވެ.

ލުބުނާނުގައި، މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 3،670 މީހުން މަރުވެ، 15،413 މީހުން ޒަޚަމްވެފައިވެއެވެ.

ހިޒްބުﷲއިސްރާއީލް އަސްކަރިއްޔާލެބަނަންއިޒްރޭލް-ލުބުނާން ހަނގުރާމަ އިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު