Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލުގެ އުދުވާނު

ލުބުނާނުގައި އިޒްރޭލުން ހިންގަމުން ދަނީ "ހަނގުރާމައިގެ ޖަރީމާތަކުގެ ސިލްސިލާ" އެއް: ހެލްތް މިނިސްޓްރީ

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހަނގުރާމަ ފެށުނީއްސުރެ މި ހަފްތާގެ ކުރީކޮޅާ ހަމައަށް 226 ސިއްޙީ މުވައްޒަފުންނާއި ބަލިމީހުން މަރުވެފައިވާކަމަށް ޑަބްލިޔުއެޗްއޯ ގެ އައު ރިޕޯޓެއްގައި ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2024 | ހޮނިހިރު 05:33
ޣައްޒާ ސްޓްރިޕްގައި އިޒްރޭލު ސިފައިން ޕެޓްރޯލް ކުރަނީ

ޣައްޒާ ސްޓްރިޕްގައި އިޒްރޭލު ސިފައިން ޕެޓްރޯލް ކުރަނީ

ލުބުނާނުގައި އިޒްރޭލުން ހިންގަމުން ދަނީ "ހަނގުރާމައިގެ ޖަރީމާތަކުގެ ސިލްސިލާ" އެއް ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އެ ގޮތުން ސިއްހީ ޚިދުމަތްތެރިންނަށް ގަސްތުގައި ހަމަލާދީ މަރަމުން ދާ ކަމަށާއި އަދި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ހަމަލާދީ އެތަންތައް ނައްތާލަން އިޒްރޭލުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ލުބުނާނުން ވަނީ ތުހުމަތު ކޮށްފައެވެ. ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޤައުމުގެ އުތުރު އިރުމަތީގައި ހުރި ހޮސްޕިޓަލެއްގެ ޑިރެކްޓަރަކު މަރުވެފައި ވާއިރު، ދެކުނުގައި 5 ޕެރަމެޑިކުން ވަނީ މަރާލާފައެވެ.

އަނެއްކޮޅުން ޣައްޒާގައި އިޒްރޭލުން ކަމާލް އަދްވާން ހޮސްޕިޓަލުގައި ހިނގަމުންދާ ހަނގުރާމަ "ވަގުތުން ހުއްޓާލުމަށް" ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ވެރިޔާ ގޮވާލައްވައިފިއެވެ. ޑަބްލިޔުއެޗްއޯ ގެ ޑިރެކްޓަރ ޖެނެރަލް މިކަމަށް ގޮވާލެއްވި އިރު، އިޒްރޭލުގެ ޑްރޯނަކުން އެ ފެސިލިޓީއަށް ހަމަލާދީ 4 މެޑިކަލް މުވައްޒަފުންނާއި 2 ބަލިމީހުން ވަނީ ޒަޚަމްވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކަމާލް އަދްވާން ހޮސްޕިޓަލުގެ ހާލަތު އޮތީ ހިދުމަތް ދެވޭ ފެންވަރެއްގައެއް ނޫނެވެ. މިހާރު އެތަން ބޭނުންކުރެވެނީ ފަސްޓް އެއިޑް ސެންޓަރެއްގެ ގޮތުގައެވެ. ހޮސްޕިޓަލުގައި އެއްވެސް ބޮޑު އޮޕަރޭޝަނެއް ނުހިންގޭ ކަމަށާއި އޮކްސިޖަން ސްޓޭޝަނެއް ހަލާކުވެފައިވާތީ ހޮސްޕިޓަލަށް އޮކްސިޖަން ސަޕްލައި ކުރުން ހުއްޓިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިހާރު ބޭނުންކުރެވެނީ ހަމައެކަނި ހޮސްޕިޓަލުގައި ބާކީ ހުރި އޮކްސިޖަން ޓޭންކުތަކެވެ. މިއީ ހޮސްޕިޓަލުގެ އެތެރޭގައި ހުރި ކުދި ޓޭންކުތަކެކެވެ. އަދި ވަރަށް އަވަހަށް މި ޓޭންކުތައް ހުސްވާނެ ކަމަށާއި މިހާރުވެސް މިކަމުގެ ސަބަބުން އިންކިއުބޭޓަރުގައި އޮތް ކުޑަކުއްޖެއް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ހޮސްޕިޓަލަށް ގަވާއިދުން ތެޔޮ ނުލިބުމުގެ މައްސަލަ ދިމާވެފައިވެއެވެ. އަލްޖަޒީރާ އިން ބުނާ ގޮތުގައި ޖުމްލަކޮށް ބަލާއިރު، މިއީ ވަރަށް ދަތި ހާލަތެއް ކަމަށާއި އިޒްރޭލުގެ ސިފައިން ބޭނުންވަނީ މި ދަތި ހާލަތްތައް އުފެއްދުމުގެ ތެރެއިން ހޮސްޕިޓަލުން މެޑިކަލް މުވައްޒަފުންނާއި ބަލިމީހުން ނެރުމަށް ކަމަށް ވެސް އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވެއެވެ.

ލުބުނާނާއި ޣައްޒާގައި ސިއްހީ އޮފިޝަލުންނާއި ސިއްހީ ޚިދުމަތްދޭ ތަންތަނަށް އިޒްރޭލުން ގަސްދުގައި ހަމަލާދޭ ކަމަށް ބެލެވިފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހަނގުރާމަ ފެށުނީއްސުރެ މި ހަފްތާގެ ކުރީކޮޅާ ހަމައަށް 226 ސިއްޙީ މުވައްޒަފުންނާއި ބަލިމީހުން މަރުވެފައިވާކަމަށް ޑަބްލިޔުއެޗްއޯ ގެ އައު ރިޕޯޓެއްގައި ބުނެފައިވެއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މަދުވެގެން 44،056 ފަލަސްޠީނު މީހުން މަރުވެފައިވާއިރު 104،286 މީހުން ވަނީ ޒަޚަމްވެފައެވެ.

ލުބުނާނުގައި، އިޒްރޭލްގެ ހަމަލާތަކުގައި މަދުވެގެން 3،645 މީހުން މަރުވެފައިވާއިރު 15،355 މީހުން ވަނީ ޒަޚަމްވެފައެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ ފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު