Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބްނާން-އިޒްރެލު ހަނގުރާމަ

އިޒްރޭލުގެ ބާރުތަކުން ބުރާސްފަތި ދުވަހު ލުބުނާނުގެ 52 މީހުން މަރާލައިފި

22 ނޮވެމްބަރު 2024 | ހުކުރު 06:21

ބުރާސްފަތި ދުވަހު ބެއިރޫތުގެ ދެކުނުގެ ރަށްވެހި ސަރަޙައްދުތަކަށް، އިޒްރޭލުން މަދުވެގެން 12 ހަމަލާ ދީފައިވޭ

ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2024 | ހުކުރު 06:21
ނޮވެންބަރު 17، 2024 ގައި އިޒްރޭލުން ލުބުނާނުގެ ނަބާތިޔާ އަށް ދިން ހަމަލާ އަކަށްފަހު މީހުން ހޯދުމުގެ މަސައްކަތް ކުރަނީ

ނޮވެންބަރު 17، 2024 ގައި އިޒްރޭލުން ލުބުނާނުގެ ނަބާތިޔާ އަށް ދިން ހަމަލާ އަކަށްފަހު މީހުން ހޯދުމުގެ މަސައްކަތް ކުރަނީ

ބުރާސްފަތި ދުވަހު ލުބުނާނުގެ އިރުމަތީ އަދި ދެކުނު ސަރަޙައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި 52 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުން ބުނެފިއެވެ.

އަނެއް ކޮޅުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލަށް ދިން އެންމެ ވަރުގަދަ ހަމަލާ ދީފައިވާ ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފައެވެ.

"އިޒްރޭލުގެ އަދުއްވުން ބައަލްބެކް ސަރަޙައްދަށް އަމާޒުކޮށް ދިން ހަމަލާތަކުގައި" ލުބުނާންގެ އިރުމަތީގައިވާ ބެކާ ވެލީގައި "40 މީހުން މަރުވެ އަދި 52 މީހުން ޒަޚަމްވެފައިވާ" ކަމަށް ޞިއްޙަތާ ބެހޭ މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވެއެވެ.

ލުބުނާންގެ ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނެފައިވަނީ މަގްނެހް އަވަށުގައިވާ ގެއަކަށް ދިން ހަމަލާއެއްގައި މުޅި އާއިލާ މަރާލާފައިވާ ކަމަށެވެ. އަދި ކައިރީގައިވާ ނަބްހާ އަވަށަށް ދިން ހަމަލާއެއްގައި މަރުވެފައިވާ 11 މީހުންގެ ތެރޭގައިވެސް އާއިލާ އެއްގެ ހުރިހާ މެންބަރުން ހިމެނޭ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ "އިޒްރޭލުގެ އަދުއްވުން ދިން ހަމަލާތަކުގައި" ދެކުނު ލުބުނާނުގެ ނަބަތިއްޔާ ސަރަޙައްދުގައި "ހަތް މީހުން މަރުވެ އަދި 24 މީހުން ޒަޚަމްވެފައިވާ" ކަމަށެވެ. އަދި ދެކުނު ލުބުނާންގެ އެހެން ސަރަޙައްދު ތަކަށް ދިން ހަމަލާތަކުގައި "ފަސް މީހުން މަރުވެ އަދި 26 މީހުން ޒަޚަމްވެފައިވާ" ކަމަށެވެ.

އިޒްރޭލުން، ބުނެފައިވަނީ ލުބުނާނުން ދިން ރޮކެޓް ހަމަލާއެއްގައި އެ ޤައުމުގެ އުތުރުގައިވާ ގަލީލީ ސަރަޙައްދުން އެކަކު މަރުވެފައިވާ ކަމަށެވެ.

އެންއެންއޭ އިން ބުނެފައިވަނީ ބުރާސްފަތި ދުވަހު ބެއިރޫތުގެ ދެކުނުގެ ރަށްވެހި ސަރަޙައްދުތަކަށް، އިޒްރޭލުން މަދުވެގެން 12 ހަމަލާ ދީފައިވާ ކަމަށެވެ.

ލުބުނާންގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިޒްރޭލުގެ އަނިޔާވެރިކަމުގައި މަދުވެގެން 3,583 މީހުން އެ ގައުމުން މަރުވެފައިވާ ކަމަށެވެ.

އިޒްރޭލުގެ ސިފައިންގެ ފަރާތުން ބުދަ ދުވަހު ބުނެފައިވަނީ ދެކުނު ލުބުނާންގައި އެމީހުންގެ ތިން ސިފައިން މަރުވެފައިވާ ކަމަށެވެ. މިއާއެކު ބިންމަތީގެ ހަނގުރާމަ ފެށުނު ފަހުން ލުބުނާނުގައި މަރުވެފައިވާ އިޒްރޭލު ސިފައިންގެ އަދަދު ވަނީ 52ށް އަރާފައެވެ.                                                           

އިޒްރޭލް-ލުބުނާން ހަނގުރާމަ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި
22 ނޮވެމްބަރު 2025

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ
13 ސެޕްޓެމްބަރު 2025

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
06 ޖޫން 2025

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި
25 ނޮވެމްބަރު 2024

ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

25 ނޮވެމްބަރު 2024
ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި
25 ނޮވެމްބަރު 2024

ދެކުނު ލުބުނާނުގައި އިޒްރޭލުގެ 6 ޓޭންކަށް ހަމަލާދީފިކަމަށް ހިޒްބުﷲ އިން ބުނެފި

25 ނޮވެމްބަރު 2024
ދެކުނު ލުބުނާނުގައި އިޒްރޭލުގެ 6 ޓޭންކަށް ހަމަލާދީފިކަމަށް ހިޒްބުﷲ އިން ބުނެފި
23 ނޮވެމްބަރު 2024

ހޮނިހިރު ދުވަހު ބެއިރޫތައް އިޒްރޭލުން ހަމަލާދީ މަދުވެގެން 11 މަރު

23 ނޮވެމްބަރު 2024
ހޮނިހިރު ދުވަހު ބެއިރޫތައް އިޒްރޭލުން ހަމަލާދީ މަދުވެގެން 11 މަރު
23 ނޮވެމްބަރު 2024

ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެ އަމިއްލަ އަށް މަރުވާ އިޒްރޭލު ސިފައިން ގިނަވަނީ

23 ނޮވެމްބަރު 2024
ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެ އަމިއްލަ އަށް މަރުވާ އިޒްރޭލު ސިފައިން ގިނަވަނީ
23 ނޮވެމްބަރު 2024

ލުބުނާނުގައި އިޒްރޭލުން ހިންގަމުން ދަނީ "ހަނގުރާމައިގެ ޖަރީމާތަކުގެ ސިލްސިލާ" އެއް: ހެލްތް މިނިސްޓްރީ

23 ނޮވެމްބަރު 2024
ލުބުނާނުގައި އިޒްރޭލުން ހިންގަމުން ދަނީ "ހަނގުރާމައިގެ ޖަރީމާތަކުގެ ސިލްސިލާ" އެއް: ހެލްތް މިނިސްޓްރީ
20 ނޮވެމްބަރު 2024

ޣައްޒާގެ ހޮސްޕިޓަލެއް އިޒްރޭލުގެ ހިޞާރުގެ ދަށުގައި، ލުބުނާނުގެ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާ 'ކުރިއަށް'

20 ނޮވެމްބަރު 2024
ޣައްޒާގެ ހޮސްޕިޓަލެއް އިޒްރޭލުގެ ހިޞާރުގެ ދަށުގައި، ލުބުނާނުގެ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާ 'ކުރިއަށް'
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް