Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދީބުގެ ޝަރީއަތް

ނުވަ ދައުވާއެއް ކުރީ ރައީސް އޮފީހުން އަންނަންޖެހޭ ސިޓީތަކެއް ނައިސް ލަސްވިކަމަށް ބުނެ: އަދީބު

17 އޯގަސްޓު 2017 | ބުރާސްފަތި 10:11

ފިޝަރީޒް މިނިސްޓްރީގެ ދަށުގައި ހުރި ރަށްތަކެއް ދޫކުރި ކަމަށް ބުނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 17 އޯގަސްޓު 2017 | ބުރާސްފަތި 10:11
އިބްތިދާއީ އަޑުއެހުމަށް ފަހު އަދީބު ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ

އިބްތިދާއީ އަޑުއެހުމަށް ފަހު އަދީބު ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުގެ މައްސަލައިގައި ނުވަ ދައުވާއެއް ކުރީ ރައީސް އޮފީހުން އަންނަންޖެހޭ ސިޓީތަކެއް ނައިސް ލަސްވުމުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ނުވަ ދައުވާގެ ތެރެއިން އަށް ދައުވާގެ އިބްތިދާއީ އަޑުއެހުން ބުރާސްފަތި ދުވަހު ވަނީ ބާއްވާފަ އެވެ.

އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގީ މަރުހަލާގައި މި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް މަސައްކަތް ކުރެއްވި ކަމަށާއި އެހެންކަމުން މަސްލަހަތު ފުށޫއަރާ ކަމަށެވެ. އެކަން ފާހަގަކޮށް އަދީބު ވަނީ މައްސަލައިން ތަނާޒުލްވުމަށް ގާޒީ އާދަމް އާރިފްގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ. އަދީބު ވިދާޅުވީ ފެނިގެންދަނީ ދައުވާ ކުރާ ފަރާތާއި ޝަރީއަތް ކުރާ ފަރާތް އެއްވާ މަންޒަރު ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ތަހުގީގު ކޮށްފައިވާ ކަމަށާއި އެކަން އަދީބަށް ފަހަރުގައި އޮޅިވަޑައިގެންފައި އޮވެދާނެ ކަމަށެވެ.

ޖަވާބުގައި އަދީބު ވިދާޅުވީ މި މައްސަލައާ ގުޅޭ އެއްވެސް ކަމެއް އޮޅިފައިނުވާ ކަމަށާއި، މި މައްސަލަތަކުގައި ދައުވާ ކޮށްފައި މިވަނީ ރައީސް އޮފީހުން އަންނަންޖެހޭ ސިޓީއެއް ލަސްވުމުން ކަމަށެވެ. އަދީބު ވިދާޅުވީ ފަހުން އެ ސިޓީތައް ލިބުނު ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނުވަ ރަށުގެ މައްސަލައިގައި އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ، އެ ރަށްތައް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ޓޫރިޒަމް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ކަމަށް ބުނެ އެވެ. އެ ރަށްތައް ދޫކުރި ދުވަސްވަރު ޓޫރިޒަމް ތަރައްގީ ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ރަށްތަކެއް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރިއެވެ.

ދައުވާތަކުގައި ބުނެފައިވަނީ ޓޫރިޒަމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފަށް، އަށް ރަށެއްގައި ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުގެ ކުރިން، އެރަށްތައް 50 އަހަރު ދުވަހުގެ މުއްދަތަށް އެމްއެމްޕީއާރްސީއަށް ކުއްޔަށް ދޫކުރުމަށް އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.

މައްސަލައިގައި މަސްލަހަތު ފުށޫ އަރާ ކަމަށް އަދީބު ފާހަގަކުރެއްވި ނުކުތާއާ ގުޅިގެން ގާޒީ އާދަމް އާރިފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ބައެއް މައްސަލަތަކުގައި މަސައްކަތް ކުރެއްވިފައި ހުންނާނެ ކަމަށާއި، އެގޮތުން ބައެއް މައްސަލަތަކުން އަމިއްލަފުޅަށް ތަނާޒުލް ވެސް ވެވަޑައިގެންނަވާ ކަމަށެވެ. މި މައްސަލައާ ހަވާލުވެވަޑައިގަތީ އެވަރު ބެއްލުވުމަށް ފަހު ކަމަށާއި އެހެންނަމަވެސް، އަދީބުގެ ފަރާތުން އެ ފާހަގަކުރެއްވި ނުކުތާ ބެއްލެވުމަށްފަހު ތަނާޒުލްވެވަޑައިގަންނަވަން ޖެހޭނަމަ އެކަން ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަދީބު ވަނީ އެމަނިކުފާނުގެ ސިއްޚީ ހާލުކޮޅުގެ ވާހަކަ ވެސް ކޯޓުގައި ދައްކަވާފަ އެވެ. ފުރާނައަށް ނުރައްކާވާ ވަރުގެ ބަލިތަކެއްގައި އުޅެނިކޮށް ޝަރީއަތް ކުރިއަށް ގެންދަވާނީތޯ އަދީބު ސުވާލު ކުރެއްވި އެވެ. އަދީބު ވިދާޅުވީ ސިއްޚީ ފަރުވާއިން މަހުރޫމް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަތައް ވަކީލަކާއެކު ކުރިއަށް ގެންދިއުމަށް އަދީބު އެދިވަޑައިގަތުމުން ގާޒީ ވަނީ ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް އަދީބަށް ދެއްވާފަ އެވެ.

މިހާރު ވެސް ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒް ކުރައްވަމުން ގެންދަވާ އަދީބުގެ މައްޗަށް، އޭސީސީން ތަހުގީގުކުރި އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ނުވަ ދައުވާއެއް ކޮށްފައިވާއިރު، ކޯޓުގައި މިހާރު ވެސް އަދީބުގެ އިތުރު ދެ މައްސަލައެއް އެބައޮތެވެ.

އަދީބުގެ މައްޗަށް ނުވަ ދައުވާއެއް ކުރިއިރު، އެއިރުގެ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ 25 ދައުވާ ކޮށްފަ އެވެ. އެގޮތުން ޒިޔަތުގެ މައްޗަށް ކޮށްފައިވަނީ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް ހުށަހެޅި 55 ރަށުގެ ތެރެއިން 25 ރަށުގެ މައްސަލައިގަ އެވެ. ޒިޔަތުގެ މައްޗަށް އެ 25 ރަށުގެ މައްސަލައިގައި ވަނީ ޚިޔާނާތްތެރިވުމުގެ ވަކިވަކި 25 ދައުވާއެއް އުފުލާފައެވެ.

އަދީބާއި ޒިޔަތުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލިއިރު، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާއަށް ޚިޔާނާތްތެރިވި، މައްސަލައިގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ވެސް ވަނީ 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދީބުގެ މައްޗަށް ޖުމްލަ 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، އަލަށް މި ކުރި ނުވަ ދައުވާގެ އިތުރުން އިތުރު ދެ މައްސަލައެއް މިހާރު ވެސް ކޯޓުގައި އެބައޮތެވެ. އެއީ ސްނައިޕަރެއް ގެނެސްގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާއި ހިބަޅިދޫ ފަޅު ތެރެއިން ފެނުނު ހަތިޔާރުގެ މައްސަލަ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތަކާއި ކުއްޔަށް ދޫކޮށްގެން ދައުލަތަށް ވަންނަން ޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވީ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުންނެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާބެހޭ އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް