Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހުކުރު ވިލޭރޭ ޣައްޒާ އަށް ބޮން އަޅާ 15 މީހުން ޝަހީދުކޮށްލައިފި، އެތައް ބަޔަކު ވަނީ ޒަޚަމްވެފައި

ބުރާސްފަތި ދުވަހުގެ ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަހައްދުތަކުން މަދުވެގެން 45 ފަލަސްތީނު މީހުން އިޒްރޭލުން ޝަހީދު ކޮށްލާފައިވާ ކަމަށް އަލް ޖަޒީރާ އިން ވަނީ ރިޕޯޓު ކޮށްފައި

ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2024 | ހުކުރު 04:43
ޣައްޒާގައި އިޒްރޭލުން ޝަހީދުކޮށްލާފައިވާ ބައެއްގެ ކައިރީގައި ކުޑަކުއްޖަކު އިށީނދެގެން

ޣައްޒާގައި އިޒްރޭލުން ޝަހީދުކޮށްލާފައިވާ ބައެއްގެ ކައިރީގައި ކުޑަކުއްޖަކު އިށީނދެގެން

ހުކުރު ވިލޭރެ ޣައްޒާ އަށް އިޒްރޭލުން ބޮން އަޅާ މަދުވެގެން ފަލަސްތީނުގެ 15 މީހުން ޝަހީދު ކޮށްލައިފިއެވެ. އޭގެ އިތުރުން އެތައް ބަޔަކު މި ހަމަލާގައި ވަނީ ޒަޚަމްވެފައި ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފައިވެއެވެ.

ވާފާގެ ނޫސްވެރިޔާ ބުނާގޮތުގައި، އިޒްރޭލުގެ ބާރުތަކުން އަލް-މުޚައްޔަމް އަދި އަލް-ޖަދީދު ގައި ހުރި ދެގެއަކަށް ޔަހޫދީ ސިފައިން ހަމަލާދިނެވެ. މިއީ ނުސީރާތު ރެފިއުޖީ ކޭމްޕުގެ އުތުރުގައި އޮންނަ ސަރަހައްދެކެވެ. މި ހަމަލާގައި 9 އާންމު ރައްޔިތުން މަރުވެ، އެތައް ބަޔަކަށް އަނިޔާވިއެވެ.

އޭނާ އިތުރަށް ބުނިގޮތުގައި، ޔަހޫދީ ސިފައިން ވަނީ ޣައްޒާގެ މެދުތެރޭގައިވާ އަޒް-ޒަވާއިދާ އަވަށުގައި ދުއްވަމުން ދިޔަ މޮޓޯ ސައިކަލަކަށް ހަމަލާދީ 2 މީހުން ޝަހީދު ކޮށްލާފައެވެ. އަދި ހަމައެއާއެކު، ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައި އޮންނަ އަޝް-ޝާންތީ ސަރަހައްދުގެ ކައިރީގައި ހުރި ގެއަކަށް ބޮން އަޅައި، 4 މީހުން ޝަހީދުކޮށްލާފައެވެ. މިހާދިސާގައި މަދުވެގެން 15 މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަހައްދުތަކުން މަދުވެގެން 45 ފަލަސްތީނު މީހުން އިޒްރޭލުން ޝަހީދު ކޮށްލާފައިވާ ކަމަށް އަލް ޖަޒީރާ އިން ވަނީ ރިޕޯޓު ކޮށްފައެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ އާންމު ރައްޔިތުންނެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޣައްޒާގެ ރަފަހް ގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް އަމުރުކުރި ނަމަވެސް، އެ އަމުރަށް އެއްވެސް ސަމާލުކަމެއް ނުދީ އިޒްރޭލުން ގެންދަނީ ޣައްޒާގައި ނަސްލު ފޮހެލުމުގެ ހަމަލާތައް ކުރިއަށް ގެންދަމުންނެވެ. އައިސީޖޭ އިން އިޒްރޭލުގެ މައްޗަށް ކުރި މި އަމުރަކީ ޤާނޫނީ ގޮތުން ތަންފީޒުކުރަން ލާޒިމު އަމުރެކެވެ. އަދި މި އަމުރާ ޚިލާފުވުމަކީ ނަސްލު ފޮހެލުމާ ދެކޮޅަށް އެކުލަވާލާފައިވާ ބައިނަލް އަގްވާމީ މުޢާހަދާ "ޖެނޮސައިޑް ކޮންވެންޝަން" އާ ޚިލާފު ކަމެކެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ގެންދަނީ ޣައްޒާއަށް ނުރައްކާތެރި މަރުގެ ހަމަލާތައް ހުއްޓުމެއް ނެތި ދެމުންނެވެ. މި ހަނގުރާމާގައި މިހާތަނަށް މަދުވެގެން 43,204 ފަލަސްތީނު މީހުން ޝަހީދުވެ، 101,640 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

މީގެ އިތުރުން، މަދުވެގެން 10,000 މީހުން ވަނީ ގެއްލިފައެވެ. މި މީހުން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކުގައި ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުވެ މަރުވެފައި ކަމަށް ބެލެވެއެވެ.

ފަލަސްތީނުގެ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނާގޮތުގައި އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި މަރުވި އަދި ޒަޚަމްވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިޒްރޭލުގެ މި އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހުރިހާ ސަރަހައްދަކުން ގާތްގަނޑަކަށް ދެ މިލިއަން މީހުން ވަނީ ރެފިއުޖީންނަށް ވެފައެވެ. މި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މިހާރު ތޮއްޖެހިފައި ވަނީ މިޞްރުގެ ބޯޑަރާ ކައިރީގައި އޮންނަ ރަފަހް ސިޓީއަށެވެ. މިއީ 1948 ވަނަ އަހަރުގެ ނަކްބާ އަށްފަހު ފަލަސްތީނުން ތަޖުރިބާ ކުރާ އެންމެ ބޮޑު ރެފިއުޖީ ކާރިސާއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު