Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

އެއްބަސްވުން އައު ކުރާނެ ކަމުގެ އިޝާރާތެއް މުސިއާލާ ދީފި

ބަޔާން އާއެކު އައު އެއްބަސްވުމުއްގައި ސޮއި ކުރާނެތޯ ދާދި ފަހުން މުސިއާލާ ގާތުން އެހުމުން އޭނާ ބުނީ، އެފަދަ މަންޒަރެއް އޭނާ އަށް ތަސައްވަރު ކުރެވޭ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 04:51
ބަޔާނަށް ކުޅެމުން އަންނަ ޖަމާލް މުސިއާލާ

ބަޔާނަށް ކުޅެމުން އަންނަ ޖަމާލް މުސިއާލާ

ޖަރުމަނުގެ ބަޔާން މިއުނިކާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރާނެ ކަމުގެ އިޝާރާތެއް އެ ކުލަބަށް ކުޅެމުން އަންނަ ޖަމާލް މުސިއާލާ ދީފި އެވެ.

އުމުރުން 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް ބަޔާނުންނެވެ. ބަޔާނާއެކު މުސިއާލާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް، ބަޔާނުން ބޭނުން ވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. ބަޔާނުން ބޭނުން ވަނީ ދިގު މުައްދަތަކަށް މުސިއާލާގެ އެއްބަސްވުން އައުކޮށް، އެ ކުލަބުގައި އޭނާ ބަހައްޓާށެވެ. އެކަމާ ގުޅުން ހުރި މަޝްވަރާތައް ދުވަސް ކޮޅެއް ކުރިން ބަޔާނުން ވަނީ ފަށައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބަޔާާންގެ ޑައިރެކްޓަރު މެކްސް އެބާލް މީގެ ކުރިން ވިދާޅުވެފައި ވަނީ، މުސިއާލާ އަށް ބަޔާނުން ހުށަހަޅައި އައު އެއްބަސްވުން އޭނާ ޤަބޫލުކޮށް، އޭނާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އޭނާ އަށް ވަރަށް ބޮޑު ކަމަށެވެ. އެކަމާ ގުޅުން ހުރި ވާހަކަތަކާއި، މަޝްވަރާތައް އަދިވެސް ދަނީ ކުރެވެމުންކަން ފާހަގަ ކުރައްވައި އެބާލް އޭރު ވިދާޅުވެފައި ވަނީ، އެކަމުގެ ތެރެއިން ކޮންމެ ވެސް ކަމެއް ހިނގާ ކަމަށެވެ.

ބަޔާން އާއެކު އައު އެއްބަސްވުމުއްގައި ސޮއި ކުރާނެތޯ ދާދި ފަހުން މުސިއާލާ ގާތުން އެހުމުން އޭނާ ބުނީ، އެފަދަ މަންޒަރެއް އޭނާ އަށް ތަސައްވަރު ކުރެވޭ ކަމަށެވެ. އަދި މުސިއާލާ ބުނީ ބަޔާނާ އެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށާއި، މަޝްވަރާތައް ދަނީ ވެސް ރަނގަޅަށް ކަމަށެވެ. މީގެ އިތުރުން ބަޔާންގައި އޭނާ ހުރީ އުފަލުން ކަމަށާއި، ބަޔާންގައި ހާދަކުރެވޭ ދުވަސްތަކާ މެދު ހިތްހަމަ ޖެހޭ ކަމަށް ވެސް މުސިއާލާ ވަނީ ބުނެފަ އެވެ.

ޒުުވާން ކުޅުންތެރިޔާ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އައު ކޯޗު ވިންސެންޓް ކޮމްޕެނީ ވެސް އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އޭނާ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 174 މެޗުގައި 50 ލަނޑު ޖަހައިފަ އެވެ. އެންމެ ފަހުން ޖަރުމަނު ކަޕްގައި ބަޔާން އިން ކުޅުނު މެޗުގައި މުސިއާލާ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. އެއީ މުސިއާލާގެ ކެރިއަރުގައި އޭނާގެ ފުރަތަމަ ހެޓްރިކް އެވެ. ބަޔާނާއެކު އޭނާ ވަނީ ނުވަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގު ހަތަރު ފަހަރު، ޖަރުމަނު ސުޕަ ކަަޕް ތިން ފަހަރު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

ބަޔާން މިއުނިކްޖަމާލް މުސިއާލާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު