Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބަންޑާރަ ނައިބު ވާނުވާގައި ހުއްޓާ ހިކިފަސް ތަނުން ލިބުނު ގޯތި އެ ވެއްޓުނީ ފުން ވިލުގެ ތެރެއަށް!

ގާނޫނީ ލަފާ އަރުވަން ހުންނަ ބަންޑާރަ ނައިބަށް އެތައް ރައްޔިތެއްގެ ހައްގުތަކާ ގުޅިފައި އޮތް ބޮޑު ކަންތައްގަނޑެއް ވުޒާރާއަކުން ހިތުހުރި ގޮތަކަށް ނިންމި އިރު އެނގިވަޑައެއް ނުގަންނަވައޭ ވިދާޅުވުމަކީ ބޮޑު ޖޯކެއް ކަމަށް ގިނަ ރައްޔިތުން ސިފަކުރެއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 14:48
ގުޅީފަޅުގެ ހިކިފަސްތަނުން ގޯތި ލިބުނު އެތައް ބަޔަކަށް ވަނީ ފަޅުތެރެއިން ލިބިފަ

ގުޅީފަޅުގެ ހިކިފަސްތަނުން ގޯތި ލިބުނު އެތައް ބަޔަކަށް ވަނީ ފަޅުތެރެއިން ލިބިފަ

މިއުޅެނީ ގާނޫނީ ލަފައެއް އަރުވާކަށެއް ނޫނެވެ. ގާނޫނީ ވާހަކައެއް ދައްކާކަށެއް ވެސް ނޫނެވެ. އަޅުގަނޑަކީ ގާނޫނީ މީހެއްވެސް ނޫނެވެ. އެކަމަކު ސަބަބުވެރި އިންސާނެއްގެ ބުއްދިން ވިސްނާލުމުން މި ދައްކަން އުޅޭ ވާހަކަ ދައްކާލެވޭނެ ކަށްނޭނގެއެވެ.

ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދީފައި ހުރި ގޯތި ގުރުއަތުލައިގެން ސްލޮޓް ކަނޑައަޅާ ގޯތި ރަޖިސްޓްރީކޮށް ގޯތި ވެރިފަރާތަށް ވަނީ ރަޖިސްޓްރީ ދީފައެވެ. ސަރުކާރު ބަދަލުވެ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން އެމީހަކަށް ލިބިފައި އޮތް ގޯއްޗެއް ލިބިފައި އޮތް ތަނަކުން ލިބިފައި އޮތް މިންވަރަކަށް އެއްވެސް އުނި އިތުރެއް ނުގެސް ދެން ވާނެ ކަމަށް ވިދާޅުވެ، އެތައް ވައުދެއް ކުރެއްވުމަށްފަހު، ކުއްލިއަކަށް އިވުނީ ގޯތި ގުރުއަތުލާ ވާހަކައެވެ. ސުވާލު އުފެދުނީ އެހާ ހިސާބުންނެވެ. ސުވާލު އުފެދުނީ އަލުން ގުރުއަތު ލާން ޖެހުނު ސަބަބަކާ މެދުގައެވެ. ސުވާލު އުފެދުނީ ކުރަން މިއުޅޭ ކަމަކާ މެދުގައެވެ. ސުވާލު އުފެދުނީ ސަރުކާރުގެ ނިޔަތާ މެދުގައެވެ. ސުވާލު އުފެދުނީ ކުރިން ވެފައި އޮތް ވައުދުގެ މަތިން ހަނދާން އާވުމުންނެވެ.

ކޮންމެއަކަސް ސަރުކާރުން ގޯތީގެ ގުރުއަތުލުން ބާއްވައިފިއެވެ. ހިކިފަސް ތަނުން ގޯތި ލިބި ގޯތީގެ ރަޖިސްޓްރީ އަތަށް ލިބި ގޯތީގައި މަސައްކަތް ފެށުމުގެ އުއްމީދުގައި ހުރި މީހާގެ ގޯތި ފުން ވިލުގެ އެންމެ އަޑިއަށް ވެއްޓި ގެއްލިއްޖެއެވެ. އަޅުގަނޑުގެ ގޯތި އަވައްޓެރިއާގެ ގޯތި އޮތްތަނަށް، އަވަށްޓެރިއާގެ ގޯތި އަޅުގަނޑުގެ ގޯތި އޮތްތަނަށް ބަދަލުވެއްޖެއެވެ. ގިރާވަރު ފަޅުގެ ނުހިކި އޮތްތަނުން ގޯތި ލިބިފައި އޮތީމާ ގުޅީފަޅުގެ ހިކިފަސްތަނުން ގޯތި ލިބުނު ރައްޓެއްސަކާ ވާހަކަ ދައްކައިގެން ބަދަލުކުރި ގޯތި އަނެއްކާ ގުޅީފަޅުގެ ފަޅުތެރެއަށް ބަދަލުވެއްޖެއެވެ. މިކަހަލަ މަންޒަރު އާއްމުކޮށް ފެންނަނީ ސްނޭކް އެންޑް ލެޑަރ ގޭމް ކުޅޭ އިރުއެވެ. ވަރަށް މަތީގައި އޮއްވާ ހަރުފަ ކާލައިގެން ކުއްލިއަކަށް ވެއްޓިދާނެއެވެ. މިއީ ވެސް ގައުމެއް ވިއްޔާއެވެ.

ދެން އޮތީ ރަޖިސްޓްރީކޮށްފައި އޮތް ގޯއްޗެއް ސަރުކާރުން ގުރުއަތެއް ނަގައިގެން މުޅިން އެހެން ތަނަކަށް ބަދަލު ކުރެވިދާނެތޯ އުފެދުނު ސުވާލެއެވެ. ގޯތި ވާނީ ގޯއްޗަށް ނޫންތޯއެވެ. ގިރާވަރު ފަޅުން ދިނަސް، ގުޅީފަޅުން ދިނަސް، ތުރާކުނުން ދިނަސް، ބާރަށުން ދިނަސް، ގައްދޫއިން ދިނަސް ހިނގާނީ އެއް ހުކުމެއް ނޫންތޯއެވެ. ރަޖިސްޓްރީ އޮންނާނީ އެއްގޮތަކަށް ނޫންތޯއެވެ. ޖަހާނީ އެއް ސްޓޭމްޕެއް ނޫންތޯއެވެ. ވީއިރު ގުޅީފަޅުން ދީފާ އޮތް ގޯތި ރަޖިސްޓްރީ ކޮށްފައި އޮއްވާ ސަރުކަރުން ގުރުއަތެއް ނަގައިގެން ޑައިސްކޮޅު އެއްލައިގެން އެ ގޯތި ފަޅުތެރެއަށް ދުއްވާލެވޭނީ ކިހިނެއްތޯއެވެ. ދައުލަތުގެ ބަންޑާރަ ނައިބުގެ އަރިހުގައި ނޫސްވެރިއަކު މި ސުވާލު ކުރާތީ އަޅުގަނޑު އަޑު އެހީމެވެ. ބަންޑާރަ ނައިބު ވިދާޅުވާތީ އިވުނީ ޖެހޭނީ ބަލާލަން ކަމަށެވެ. އޮތް އެއްޗެއް ނޭނގޭ ކަމަށެވެ. ހީވަނީ ރަނގަޅުވާނެހެން ކަމަށެވެ. މާއްދާތައް ޗެކްކޮށްލަން ޖެހޭނެ ކަމަށެވެ. ޑޮކިއުމަންޓްތައް އަދި ބަލާނުލެވޭ ކަމަށެވެ. ބަލާނުލާ އަދި އެއްޗެއް ނުބުނެވޭނެ ކަމަށެވެ. މިނިސްޓްރީގެ ބޭފުޅުންނާ ވާހަކަދައްކަވާނެ ކަމަށެވެ. އޮޅުންފިލުވާލާފާ ބުނާނެ ކަމަށެވެ.

މިޖެހުނީ އަދި މާ ވަރުގަދަ ކަމެއް ނޫންތޯއެވެ. ދައުލަތުން ނިންމާ މިފަދަ ގާނޫނީ ކަންކަން ނިންމުމުގެ ކުރިން ކަން ކުރާނެ ގޮތުގެ ގާނޫނީ ލަފާ އަރުވަން ހުންނަ ބަންޑާރަ ނައިބަށް މިވާހަ މި އަޑު އިވުނީ ނޫސްވެރިއެއްގެ ފަރާތުން ތޯއްޗެކެވެ. ކިހާ ދެރަތޯއެވެ. އެތައް ރައްޔިތެއްގެ ހައްގުތަކާ ގުޅިފައި އޮތް ބޮޑު ކަންތައްގަނޑެއް ވުޒާރާއަކުން ނިންމި އިރު ބަންޑާރަ ނައިބަކަށް އެނގިވަޑައެއް ނުގަންނަވައެވެ. ބަޔަކަށް ލިބި ރަޖިސްޓަރީ ވެސް ހަދާފައި ހުރި ގޯތިތަކެއް އެހެންތަންތަނަށް އެއިން މީހެއްގެ ރުހުމަކާ އާނ ބަހަކާނުލާ ބަދަލުކޮށް ނިންމި އިރު ބަންޑާރަ ނައިބު ހުންނެވީ ވާނުވާ ނޭނގިފައެވެ.

މިހާވަރު ވުމުން މިއީ ދެން ތަންފުކެއް ބޮޑުވަރެކޭ ބުނެފި ނަމަ ގޯސްވާނީ އެހެން ބުނި މީހެކެވެ. ގުރުއަތުލުމަކުން ނުދީ ލަސްކުރުމަކުން ލޭންޑްޔޫސް ޕްލޭން އަލުން ހެދުމަކުން މައްސަލައެއް ނެތެވެ. އެކަމަކު މީހެއްގެ ގޯއްޗެއް އެމީހެއްގެ ރުހުމަކާ ނުލާ ބަދަލު ނުކުރެވޭނެ ކަން އެއީ ގާނޫނު ނުދަތަސް އެންމެންވެސް ދަންނާނެ އާދައިގެ ވާހާކަ އެއް ނޫންތޯއެވެ.

މަގޭ ރިޕޯޓްގޯތި ގެދޮރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު