Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން-އިޒްރޭލު ހަނގުރާމަ

ލުބުނާނުގެ ބާލްބެކް ގައި އިޒްރޭލުން ހަމަލާދީ އެތައް ބަޔަކު މަރާލައިފި

ހިޒްބުﷲ އިން ބުނެފައިވާ ގޮތުގައި އެމީހުން ވަނީ އުތުރު އިޒްރޭލުގެ ތިން އަސްކަރީ މަރުކަޒަކަށް، ރޮކެޓާއި ޑްރޯން ހަމަލާ ދީފައި

ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 09:03
އަޔަން ޑޯމް ރޮކެޓް އިންޓަރސެޕްޓާ ބެޓެރީ އެއްގެ ކައިރީގައި އިޒްރޭލު ސިފައިންގެ މީހަކު އިށީނދެގެން

އަޔަން ޑޯމް ރޮކެޓް އިންޓަރސެޕްޓާ ބެޓެރީ އެއްގެ ކައިރީގައި އިޒްރޭލު ސިފައިންގެ މީހަކު އިށީނދެގެން

ލުބުނާނުގެ އިރުމަތީ ސިޓީ ބާލްބެކްގައި އިޒްރޭލުން ހަމަލީ މަދުވެގެން 30 މީހުން މަރާލައިފިއެވެ.

އިޒްރޭލުން މި ހަމަލާދިނީ އިޒްރޭލުގެ ސިފައިން އެ ސަރަޙައްދުގެ ރައްޔިތުންނަށް ހިޒްބުﷲ އާ ދެކޮޅަށް ގަދަފަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ބާލްބެކް ސަރަޙައްދުގެ ދެ ތަނަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 19 މީހުން މަރުވެފައިވެއެވެ.

އިޒްރޭލުގެ ސިފައިން ބުނެފައިވާ ގޮތުގައި އެމީހުން ހަމަލާދިނީ ބާލްބެކް ނަބަތިއްޔާގައި ހުރި ހިޒްބުﷲ ގެ "ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކާއި ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ" އަށެވެ.

މީގެ އިތުރުން، ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އިރުމަތީ ބެކާ ވެލީގައިވާ ސޮހްމޯރު ޓައުންއަށް އިޒްރޭލުން ދިން ހަމަލާތަކުގައި 11 މީހުން މަރުވެ، 15 މީހުން ޒަޚަމްވެފައިވެއެވެ.

އަނެއްކޮޅުން، ހިޒްބުﷲ އިން ބުނެފައިވާ ގޮތުގައި އެމީހުން ވަނީ އުތުރު އިޒްރޭލުގެ ތިން އަސްކަރީ މަރުކަޒަކަށް، ރޮކެޓާއި ޑްރޯން ހަމަލާ ދީފައެވެ.

ފަހުން އެމީހުން ބުނެފައިވަނީ ތެލް އަވީވުގެ ދެކުނު އިރުމަތީގައިވާ އަސްކަރީ ތަމްރީނު ކޭމްޕަކަށް ވެސް ރޮކެޓް ހަމަލާ ދީފައިވާ ކަމަށެވެ.

ލުބުނާނުގައި ހަނގުރާމަ ފެށުނީ ފާއިތުވި މަހުގެ ފަހުކޮޅުގައެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި އަނިޔާވެރި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހިޒްބުﷲ އިން އިޒްރޭލުގެ ބޯޑަރު ސަރަހައްދަށް ދޭތެރެދޭތެރެއިން ހަމަލާދޭން ފެށިތާ ގާތްގަނޑަކަށް އެއް އަހަރު ފަހުންނެވެ..

އޭއެފްޕީގެ ތަފާސްހިސާބު ތަކަށް ބަލާއިރު، ސެޕްޓެމްބަރު 23 ން ފެށިގެން ހަނގުރާމައިގެ ސަބަބުން ލުބުނާނުގައި މަދުވެގެން 1،754 މީހުން މަރުވެފައިވެއެވެ. ނަމަވެސް ޙަޤީޤީ އަދަދު މިއަށް ވުރެ މަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

އިޒްރޭލުގެ ސިފައިން ބުނާ ގޮތުގައި ސެޕްޓެމްބަރު 30 ގައި އެއްގަމުގެ ހަމަލާތައް ފެށުނު ފަހުން ލުބުނާނުގައި އެމީހުންގެ 37 ސިފައިން މަރުވެފައިވެއެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

25 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު