Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަލިފާނުގެ ހާދިސާ

އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާނުުގެ ހާދިސާއެއް ހިނގާ މަދުވެގެން 10 ތުއްތުކުދީން މަރުވެއްޖެ

އަލިފާން ރޯވެފައިވަނީ މަހާރާނީ ލަކްޝްމީ ބާއީ މެޑިކަލް ކޮލެޖުގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) ގައި ހުކުރު ދުވަހުގެ ރޭ 10:45 ހާއިރުއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2024 | ހޮނިހިރު 05:25
އަލިފާން ރޯވި މަހާރާނީ ލަކްޝްމީ ބާއީ މެޑިކަލް ކޮލެޖުގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް

އަލިފާން ރޯވި މަހާރާނީ ލަކްޝްމީ ބާއީ މެޑިކަލް ކޮލެޖުގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް

އުތުރު އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޖާންސީ ސިޓީގައި ހުރި ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 10 ތުއްތުކުދީން މަރުގެ، އިތުރު 16 ކުދިން ޒަޚަމަވެއްޖެއެވެ.

ޑިސްޓްރިކްޓް މެޖިސްޓްރޭޓް (ޑީއެމް) އަވިނާޝް ކުމާރު ވިދާޅުވި ގޮތުގައި އަލިފާން ރޯވެފައިވަނީ މަހާރާނީ ލަކްޝްމީ ބާއީ މެޑިކަލް ކޮލެޖުގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) ގައި ހުކުރު ދުވަހުގެ ރޭ 10:45 ހާއިރުއެވެ. އަދި އަލިފާން ރޯވި ވޯޑުގައި އެވަގުތު 55 ކުދީން ފަރުވާ ހޯދަމުން ދިޔަ ކަމަށާއި، އޭގެތެރެއިން 45 ކުދިން ސަލާމަތްކުރެވި، އެކުދީންނަށް މިހާރު ދަނީ މެޑިކަލް ފަރުވާ ދެމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހާދިސާ ހިނގާފައިވަނީ އޮކްސިޖަން ކޮންސެންޓްރޭޓަރުގެ އެތެރޭގައި ޝޯޓް ސަރކިޓެއް ވުމުންނެވެ. އަދި ހޮސްޕިޓަލުގެ ފަޔަރ އެލާމް ސިސްޓަމްތައް މަސައްކަތް ނުކުރާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ އެންޑީޓީވީ އިން ބުނިގޮތުގައި، މަރުވި 10 ކުދިންގެ ތެރެއިން 7 ކުދިން ވަނީ ދެނެގަނެވިފައެވެ. އަދި ބާކީ 3 ކުދިން ދެނެގަތުމަށް ބޭނުންވެއްޖެނަމަ ޑީއެންއޭ ޓެސްޓް ހަދާނެ ކަމަށްވެސް އެ އޮފިޝަލާ ހަވާލާދީ އެންޑީޓީވީން ބުނެފައިވެއެވެ.

ހާދިސާއާ ގުޅިގެން އުއްތަރު ޕްރަދޭޝް ސްޓޭޓުގެ ޑެޕިއުޓީ ޗީފް މިނިސްޓަރ ބްރަޖޭޝް ޕަތަކް ވަނީ ހޮނިހިރު ދުވަހު އެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ހާދިސާގައި ގެއްލުންވި އާއިލާތަކާ ބައްދަލުކުރައްވާފައެވެ. އޭނާ ވަނީ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، މައްސަލަ ރަނގަޅަށް ތަހުޤީޤުކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

"މި ހިތާމަވެރި ހާދިސާއަށް ޒިންމާވާންޖެހޭ ފަރާތްތައް އަޅުގަނޑުމެން ދެނެގަނެ، ހަރުކަށި ފިޔަވަޅު އަޅާނަން. މި އުނދަގޫ ދަނޑިވަޅުގައި ސަރުކާރުން މިތިބީ އާއިލާތަކާ އެކުގަ،" އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކާ ބައްދަލުކުރައްވާ ޑެޕިއުޓީ ޗީފް މިނިސްޓަރ ޕަތަކް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ ޒިންމާވެސް އަދާކުރައްވާ ޕަތަކް ވިދާޅުވި ގޮތުގައި ލަކްޝްމީ ބާއީ މެޑިކަލް ކޮލެޖުގެ އަލިފާނުގެ ރައްކާތެރިކަމުގެ އޮޑިޓެއް މިދިޔަ ފެބްރުއަރީ މަހު ހެދިފައިވާ ކަމަށާއި، ޖޫން މަހު އަލިފާނުގެ ހާދިސާއަކަށް ތައްޔާރުވުމުގެ ގޮތުން މޮކް ޑްރިލްއެއް ވެސް ވަނީ ހަދާފައެވެ.

"މިކަން ހިނގީ ކިހިނެއް އަދި ކީއްވެގެންކަން އަޅުގަނޑުމެންނަށް ބުނެވޭނީ ތަޙުޤީޤު ރިޕޯޓު ލިބުމުން،" ޕަތަކް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން ފަންތިއެއްގައި ތަޙުޤީޤު ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ޞިއްޙީ ދާއިރާއިންނާއި، ފުލުހުންނާއި، އަދި މެޖިސްޓްރޭޓްގެ ތަހުގީގެވެ.

މީގެއިތުރުން، ޗީފް މިނިސްޓަރ ޔޯގީ އަދިތްޔަނާތު ވަނީ ހާދިސާގައި މަރުވި ކުދިންގެ އާއިލާތަކަށް 5 ލައްކަ ރުޕީސް އަދި ހާދިސާގައި ބޮޑަށް ގެއްލުންވި ފަރާތްތަކަށް، 50،000 ރުޕީސް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

އިންޑިޔާގެ ރައީސް ދްރައުޕަދީ މުރުމު އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ މި ހާދިސާގައި މަރުވި ކުދިންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

އުއްތަރު ޕްރަދޭޝްގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ހޮސްޕިޓަލް ހިންގުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އިދިކޮޅު ސަމާޖްވާދީ ޕާޓީގެ އިސްވެރިޔާ އަކިލޭޝް ޔާދަވް ވަނީ މިކަމަށް ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހަރުކަށި އިބާރާތުން ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 140 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 140 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

24 ޖޫން 2017
މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި

މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި

22 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

13 މެއި 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު