Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ފަނޑިޔާރަކު ފިލުން

ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

މައްސަލަ ހޫނުވީ ބޮޑު ވަޒީރަށް ސިޓީއެއް ފޮނުވުމުން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 13 މެއި 2017 | ހޮނިހިރު 06:43
ޖަލަށް ހުކުމް ކުރުމުން ފިލާފައިވާ ކަލްކަތާގެ ހައި ކޯޓުގެ ފަނޑިޔާރު ކަރްނާން

ޖަލަށް ހުކުމް ކުރުމުން ފިލާފައިވާ ކަލްކަތާގެ ހައި ކޯޓުގެ ފަނޑިޔާރު ކަރްނާން

ކޯޓުގެ ހުރުމަތް ކަނޑައިގެން ހަ މަހަށް ޖަލަށްލުމަށް ހުކުމްކުރި ކަލްކަތާގެ ހައި ކޯޓުގެ ފަނޑިޔާރު ފިލައިފި ކަމަށް އިންޑިއާގެ ފުލުހުން ބުނެފިއެވެ.

ކަލްކަތާގެ ހައި ކޯޓުގެ ފަނޑިޔާރު ޗިންނަސްވާމީ ސްވަމިނާތަން ކަރްނާން ހަ މަހަށް ޖަލަށްލުމަށް ހުކުމްކުރީ އިންޑިއާގެ ސުޕްރީމް ކޯޓުންނެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަރްނާންގެ މައްޗަށް ސުޕްރީމްކޯޓުން ހުކުމްކޮށްފައި ވަނީ އޭނާގެ މައްޗަށް އެހެން ފަނޑިޔާރުންގެ އަގު ވައްޓާލަން މަސައްކަތް ކުރަން އުޅުނުކަން ސާބިތުވުމުންނެވެ.

މިއީ އިންޑިއާގެ ތާރީޚުގައި ހައި ކޯޓުގެ ފަނޑިޔާރަކު ޖަލަށްލާން ހުކުމް ކުރި ފުރަތަމަ ފަހަރެވެ.

ކަރްނާންއަކީ މި ފަހަކަށް އައިސް އޭނާގެ ފަރާތުން ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާ ފަނޑިޔާރެކެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކަރްނާން ދެމެދުގެ ކޯޅުންތައް އިންތިހާ ދަރަޖައަކަށް ގޮސްފައިވެއެވެ.

ޖެނުއަރީ މަހުގެ ތެރޭގައި އުފެދުނު ކޯޅުންތަކުގެ ސަބަބުން ފެބްރުއަރީ މަހުން ފެށިގެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު ކަރްނާންގެ ކިބައިން ވަނީ ނަގައިފަ އެވެ.

ކަރްނާންގެ މައްސަލަ އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް "ކޮރަޕްޓް" 20 ފަނޑިޔާރަކާއި ގާނޫނީ ދާއިރާގެ ތިން އޮފިޝަލެއްގެ ނަން ފާހަގަކޮށް ސިޓީއެއް ފޮނުއްވި ހިސާބުންނެވެ.

އެމައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ޝަރުއީ ދާއިރާގެ މަސައްކަތުން ކަރްނާން ވަނީ އެއް ފަރާތްކޮށްފަ އެވެ.

މީގެ އިތުރުން ކަރްނާން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން، އެހެން ފަނޑިޔާރުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށްބުނެ ހަތް ފަނޑިޔާރުން ފަސް އަހަރަށް ޖަލަށްލާން ހުކުމެއް ވެސް ކޮށްފަ އެވެ.

ކަރްނާންގެ މި ހުކުމާ ގުޅިގެން ސަރުކާރުގެ ޑޮކްޓަރުންގެ ޓީމަކުން އޭނާގެ ސައިކޭޓްރިކް ޓެސްޓެއް ހަދައި އޭނާގެ ހާލަތު ދެނެގަތުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރުމާއެކު އެކަމަށް ރައްދުދީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ވެސް ސިކުނޑި ހަމަޖެހޭތޯ ޓެސްޓް ކުރުމަށް ކަރްނާން ގޮވާލާފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ކަރްނާން ފިލާފައިވާއިރު ފުލުހުން ބުނަނީ އެއްވެސް ގޮތަކަށް އޭނާއާ ނުގުޅޭ ކަމަށެވެ. އަދި އޭނަ އެހެން ގައުމަކަށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ
17 މެއި 2017

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި
10 މެއި 2017

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ
02 މެއި 2017

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު