Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑް

ޔުނައިޓެޑުގެ ކޯޗަކަށް އަމޯރިމް ގެންނަން މަސައްކަތް ކުރަނީ

އަމޯރިމް ހޯދުމަށް ޔުނައިޓެޑުން ގާތް ގަނޑަކަށް 10 މިލިއަން ޔޫރޯގެ އަދަދެއް ސްޕޯޓިންގ އަށް ދައްކަން ޖެހޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2024 | ބުދަ 03:29
ޔުނައިޓެޑުން ހޯދަން މަސައްކަތް ކުރަމުން އަންނަ ސްޕޯޓިންގެ ކޯޗު އަމޯރިމް

ޔުނައިޓެޑުން ހޯދަން މަސައްކަތް ކުރަމުން އަންނަ ސްޕޯޓިންގެ ކޯޗު އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗަކަށް ޕޯޗުގަލްގެ ރުބެން އަމޯރިމް ގެންނަން މަސައްކަތް ކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ނެދަލެންޑްސްގެ އެރިކް ޓެން ހާގް މަގާމުން ވަކި ކުރުމުންނެވެ. ހޯމަ ދުވަހު ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކޯޗުކަމުން ޓެން ހާގް ވަކިކޮށްފަ އެވެ. އަދި ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެހާތަނަށް ޔުނައިޓެޑަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު ރުޑް ވެން ނިސްޓަލްރޫއި ކަމަށް އެ ކުލަބުން ވަނީ ބުނެފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަނީ އެ ކުލަބުގެ ކޯޗަކަށް އުމުރުން 39 އަހަރުގެ އަމޯރިމް ގެންނާށެވެ. މިވަގުތު އޭނާ އިރުޝާދު ދެމުން އަންނަނީ ޕޯޗުގަލްގެ ސްޕޯޓިންގ އަށެވެ. އޭނާ ހޯދުމުގެ ޝައުޤުވެރިކަން ޔުނައިޓެޑުން ފާޅުކޮށްފައިވާއިރު، އޭނާ ވެސް ހުރީ ޔުނައިޓެޑަށް ބަދަލުވާން ބޭނުންވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަމޯރިމް ހޯދުމަށް ޔުނައިޓެޑުން ގާތް ގަނޑަކަށް 10 މިލިއަން ޔޫރޯގެ އަދަދެއް ސްޕޯޓިންގ އަށް ދައްކަން ޖެހޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަދި އެ އަދަދު ދައްކަން ޔުނައިޓެޑުން ތައްޔާރަށް އޮތް ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. މީގެ ކުރިމް ބެންފީކާ އަދި ޕޯޗުގަލް ޤައުމީ ޓީމަށް ވެސް ކުޅެފައިވާ އަމޯރިމް ކޯޗިންގެ ކެރިއަރު ފެށީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން ސްޕޯޓިންގ އަކީ އަމޯރިމް އިރުޝާދު ދޭ ތިން ވަނަ ކުލަބެވެ.

ޔުނައިޓެޑުގެ ކޯޗުކަމުން ޓެން ހާގް ވަކިކޮށްފައި ވަނީ އޭނާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ޔުނައިޓެޑުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވުމުންނެވެ. މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ކުޅެފައިވާ ނުވަ މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ ތިން މެޗުންނެވެ. ދެ މެޗު އެއްވަރުވެފައިވާއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑުން ޓެން ހާގް ވަކި ކުރީ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި ވަނިކޮށެވެ.

ޓެން ހާގްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ވަނީ ޖުމުލަ 128 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 70 މެޗުން މޮޅުވެފަ އެވެ. 23 މެޗު އެއްވަރުވެފައިވާއިރު، 35 މެޗުން ވަނީ ބަލިވެފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ އެފްއޭ ކަޕްގެ އިތުރުން، ކަރަބޯ ކަޕް އެވެ.

މެންޗެސްޓަރ ޔުނައިޓެޑްރުބެން އަމޮރިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު