Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން-އިޒްެރޭލު ހަނގުރާމަ

ލުބުނާނުގެ ބެކާ ވެލީ އަށް އިޒްރޭލުން ހަމަލާދީ މަދުވެގެން 60 މަރު

ހޯމަ ދުވަހު އިޒްރޭލުން އެ ސަރަޙައްދަށް ބާރުގަދަ ހަމަލާތައް ދިން އިރު އެ ސަރަހައްދުގެ އާންމުންނަށް އެއްވެސް އިންޒާރެއް ދީފައެއް ނުވޭ

ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2024 | އަންގާރަ 06:15
ބާލްބެކް ސަރަހައްދަށް އިޒްރޭލުން ދިން ހަމަލާއެއްގައި އެ ސަރަހައްދުގެ ގެއެއް ހަލާކުކޮށްލާފައި

ބާލްބެކް ސަރަހައްދަށް އިޒްރޭލުން ދިން ހަމަލާއެއްގައި އެ ސަރަހައްދުގެ ގެއެއް ހަލާކުކޮށްލާފައި

ހޯމަ ދުވަހު އިޒްރޭލުން އިރުމަތީ ބެކާ ވެލީގެ އެކި ސަރަޙައްދުތަކަށް ދިން ހަމަލާތަކުގައި މަދުވެގެން 60 މީހުން މަރުވެފައިވާ ކަމަށް ލުބުނާންގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ބައަލްބެކް ސަރަޙައްދުގައެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މަރުވި މީހުންގެ ތެރޭގައި މަދުވެގެން ދެ ކުޑަކުދިން ހިމެނޭ ކަމަށެވެ.

މަރުވި މީހުންގެ އަދަދުތައް މުޅިން އަދި ކަށަވަރު ނުވާއިރު، މަދުވެގެން 58 މީހުން ޒަޚަމްވެފައިވާ ކަމަށް ސިއްޙީ ވުޒާރާއިން އިތުރަށް ބުނެފައިވެއެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

ހޯމަ ދުވަހު މަރުވި މީހުންގެ އަދަދާއެކު، ފާއިތުވި މަހުގެ ފަހުކޮޅު އިޒްރޭލު-ހިޒްބުﷲ ހަނގުރާމަ ފެށުނީއްސުރެ ލުބުނާނުގައި މަރުވި މީހުންގެ ޖުމްލަ އަދަދު 1,700 އަށްވުރެ އިތުރުވެފައިވާ ކަމަށް އޭއެފްޕީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ތަފާސް ހިސާބުތަކަކީ ސިއްޙަތާ ބެހޭ ވުޒާރާގެ އަދަދުތަކަށް ބިނާކޮށް ނެރެފައިވާ ތަފާސްހިސާބުތަކެކެވެ.

އެހެން ނަމަވެސް، މަޢުލޫމާތު ފުރިހަމަނުވާތީ، ޙަޤީޤީ އަދަދު މިއަށްވުރެ މަތިވުމުގެ ފުރުޞަތު އެބައޮތެވެ.

ހޯމަ ދުވަހުގެ ހަމަލާތަކާ ބެހޭ ގޮތުން ބައަލްބެކްގެ ގަވަރުނަރު ބަޝީރު ޚުދުރު ވިދާޅުވެފައިވަނީ މިއީ ހަނގުރާމަ ފެށުނީއްސުރެ އެ ސަރަޙައްދަށް ދެވުނު "އެންމެ ގަދަފަދަ" ހަމަލާތައް ކަމުގައެވެ.

ބައަލްބެކަކީ ސީރިއާ އާ އިންވެގެންވާ ބެކާ ވެލީގައި އޮންނަ ފަގީރު ސަރަޙައްދެކެވެ.

ހޯމަ ދުވަހު އިޒްރޭލުން އެ ސަރަޙައްދަށް ބާރުގަދަ ހަމަލާތައް ދިން އިރު އެ ސަރަހައްދުގެ އާންމުންނަށް އެއްވެސް އިންޒާރެއް ދީފައެއް ނުވެއެވެ.

އިޒްރޭލު-ހިޒްބުﷲ ހަނގުރާމަ ފެށުނީ ސެޕްޓެމްބަރ 23 ގައެވެ. މިއީ ގާތްގަނޑަކަށް އަހަރެއް ވަންދެން ދެ ފަރާތުން ބޯޑަރު ހުރަސްކޮށް ހަމަލާދެމުން ގެންދިއުމަށްފަހުގައެވެ.

މި ހަނގުރާމައިގެ ސަބަބުން މަދުވެގެން 1.3 މިލިއަން މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވެއެވެ. އޭގެ ތެރެއިން 800,000 އަށް ވުރެ ގިނަ މީހުން ލުބަނާންގެ އެތެރޭގައި ތިބި ކަމަށް އދ.ގެ ހިޖުރަކުރާ މީހުންނާ ބެހޭ އޭޖެންސީން ބުނެފައިވެއެވެ.

ލުބުނާނުގެ އިދާރާތަކުން ބުނާ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ މީހުން ސީރިއާއަށް ހިޖުރަކޮށްފައިވެއެވެ. މީގެ ތެރެއިން ގިނައީ ލުބުނާނުގައި ދިިރިއުޅެމުންދިޔަ ސީރިއާގެ ރައްޔިތުންނެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

25 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު