Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފަޅު

ގުޅިފަޅު އިތުރަށް ހިއްކުމަށް ބޭނުންވާ ފައިސާ ހަމަނުޖެހޭ: މިނިސްޓަރު މުއްތޮލިބް

ބިން ހިއްކަން އެމްޓީސީސީ އާ ހަވާލު ކުރީ ފައިސާ ހަމަ ނުޖައްސާ ކަން މިނިސްޓަރގެ ވާހަކައިން ހާމަވި

ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2024 | ހޯމަ 18:47
މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު

ގުޅިފަޅު އިތުރަށް ހިއްކުމަށް ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެއްޖެއެވެ.

މުއްތޮލިބް ސާފުކޮށްދެއްވި ގޮތުގައި، ޑރ. މުއިއްޒުގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ގުޅިފަޅުން އިތުރަށް ހިއްކަން ނިންމާފައިވާ 85 ހެކްޓަރުގެ ބިން ހިއްކުމަށް މިހާތަނަށް ފައިސާ ހަމަޖެހިފައި ނުވާ ކަމަށެވެ.

"ސަރުކާރުން އިތުރަށް ހިއްކަން ބޭނުންވާ 85 ހެކްޓަރުގެ ބިން ހިއްކުމަށް އަޅުގަނޑުމެން އެމްޓީސީސީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށް ފައިނޭންސް ހޯދުމުގެ މަސައްކަތްކުރީ. ނަމަވެސް އަޅުގަނޑުމެންނަށް އަދި ސީދާ އެ ފައިނޭންސް ކުރުމުގެ ސާފު މަގެއް ފެންނަން ނެތުމާ އެކު، އެ މަސައްކަތް އަދި ނުފެށި އޮތީ،" މުއްތޮލިބް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ޓާގެޓަކީ އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެން ނަމަވެސް ވީހާވެސް އަވަހަކަށް މި 85 ހެކްޓަރުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. އެހެން ނަމަވެސް އެ ގޮތްގޮތަކީ ކޮބައިކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކޮށް އެބިމުން މާލޭ ރައްޔިތުންނަށް ގޯތިވެސް ދީފައެވެ. ގުޅިފަޅުން ބިން ހިއްކުމަށް ކުރީ ސަރުކާރުން ފެށި މަސައްކަތް މި އަހަރު މުޅިން ނިމިފައިވާއިރު، ޑރ. މުއިއްޒުގެ ސަރުކާރުންވަނީ ގުޅިފަޅުގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން މުޅިން ބަދަލުކޮށް، އެތަނުން ދޫކޮށްފައިވާ ގޯތިތައް ކެންސަލް ކޮށް އަލުން ގުރުއަތުލައިގެން ގޯތި ދޫކުރާ ގޮތައް ނިންމާފައެވެ. ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުން ގޯތީގެ ރަޖިސްޓަރީ ލިބިފައިވާ ފަރާތްތަކުން މިކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދިޔަ ނަމަވެސް އެކަމަށް ފަރުވާލެއް ބެހެއްޓުމެއްނެތި މި ސަރުކާރުން ވަނީ އަލުން ގުރުއަތުލުމުގެ ކަންކަން އަންގާރަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އަލުން ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ތެރޭގައި ގުޅިފަޅުން ނުހިއްކާ އޮތް ފުން ސަރަހައްދުވެސް ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ގުޅިފަޅުން ޖުމްލަ 3،520 ގޯތި ދޫކުރަން މި ސަރުކާރުން ވަނީ ނިންމައިފައެވެ. ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގޮތަށް މާލޭ މީހުންނަށް މި ސަރަހައްދުން 9،000 އަށް ވުރެ ގިނަ ގޯތި ދޫކުރަން ކުރީގެ ސަރުކާރުން އޮތީ ނިންމައިފައެވެ.

ގުޅީފަޅުމިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
17 އޮކްޓޯބަރު 2025

ގިރާވަރުފަޅުން ލިބިފައި ހުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން ރައްޔިތުން ރަތަށް!

17 އޮކްޓޯބަރު 2025
ގިރާވަރުފަޅުން ލިބިފައި ހުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން ރައްޔިތުން ރަތަށް!
12 އޮކްޓޯބަރު 2025

ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި

12 އޮކްޓޯބަރު 2025
ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި
12 އޮކްޓޯބަރު 2025

މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް

12 އޮކްޓޯބަރު 2025
މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް
01 އޮކްޓޯބަރު 2025

ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް

01 އޮކްޓޯބަރު 2025
ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް
17 ސެޕްޓެމްބަރު 2025

އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް ސައީދުގެ ކަމަކީ ފޮނި ބައިސާ ކެނޑުން: އަމީރު

17 ސެޕްޓެމްބަރު 2025
އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް ސައީދުގެ ކަމަކީ ފޮނި ބައިސާ ކެނޑުން: އަމީރު
22 އޯގަސްޓު 2025

ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަކަ ދެއްކީމަ، އެއީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ދެކުމަކީ ވަރަށް ކޮށި ވިސްނުމެއް: މޭޔަރ އާޒިމް

22 އޯގަސްޓު 2025
ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަކަ ދެއްކީމަ، އެއީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ދެކުމަކީ ވަރަށް ކޮށި ވިސްނުމެއް: މޭޔަރ އާޒިމް
02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
02 އޯގަސްޓު 2025

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު