Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަމުގެ މައްސަލަ

ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަކަ ދެއްކީމަ، އެއީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ދެކުމަކީ ވަރަށް ކޮށި ވިސްނުމެއް: މޭޔަރ އާޒިމް

މި ސަރުކާރުން ވެރިކަމަށް އައުމަށް ވީ ވައުދުތަކުގެ ތެރެއިން އެއްވެސް ވައުދެއް މިހާތަނަށް ފުއްދިފައިނުވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2025 | ހުކުރު 18:48
މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް: އާޒިމް ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މި ސަރުކާރަށް ހައްލުނުކުރެވޭ ކަމަށް

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް: އާޒިމް ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މި ސަރުކާރަށް ހައްލުނުކުރެވޭ ކަމަށް

ރައީސް މުއިއްޒުގެ މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ވީ ވައުދުތައް ނުފުއްދޭ ވާހަކަ ރައްޔިތުން ދައްކާނޭ ކަމަށާއި އެވާހަތައް އެގޮތަށް ދެއްކުމުން އެއީ ސިޔާސީ ވާހަތަކެއްގެ ގޮތުގައި ދެކުމަކީ ވަރަށް ކޮށި ވިސްނުމެއް ގުންގުޅޭ ބަޔަކު ކުރާނޭ ކަމެއް ކަމަށް މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިފަދައިން ވިދާޅުވީ ގިރާވަރު ބިންވެރިޔާ ސައްލާގެ ނަމުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ރައްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މޭޔަރު އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބޭ މައްސައަކީ އަދިވެސް ހައްލުނުކުރެވޭ މައްސަލައެއް ކަމަށާއި އެކަން މި ސަރުކާރަށް ނުވާކަމަށެވެ.

އާޒިމް ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ވެފައިވާ ވައުދުތަކުގެ ތެރެއިން އަދި މިހާތަނަށް އޭގެ އެއްވެސް ވައުދެއް ފުއްދިފައި ނުވާކަމަށެވެ.

އާޒިމް ވިދާޅުވީ ގުޅިފަޅުވެސް އަދި ގިރާވަރު ފަޅުވެސް މިހާރު އޮތީ ގޯތި ދެވޭވަރަށް ވަރަށް ބޮޑުތަން ހިއްކާފައިވާ ކަމަށެވެ. އަދި އެތަނުން މިހާރު ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރަށް އެކަން ނުވުމަކީ ބަހަނާއެއް ދެއްކޭނޭ ކަމެއް ނޫން ކަމަށާއި މި ސަރުކާރަށް ވުރެ ރަނގަޅަށް މާލޭ ސިޓީ ކައުންސިލުން ވެސް އެ މަސައްކަތް ކުރާނޭ ކަމަށެވެ.

ގުޅިފަޅުވެސް އަދި ގިރާވަރު ފަޅުވެސް މިހާރު އޮތީ ގޯތި ދެވޭވަރަށް، ވަރަށް ބޮޑުތަން ހިއްކާފަ. އެތަނުން ގޯތި ނުދެވެންވީ ސަބަބެއް ނުފެނޭ. ގޯތި ދެވޭވަރަށް އެތަންތަން ވަނީ ހިއްކާފަ. ދެން އުތުރުފިލަފަޅަކީ ހަމަގައިމުވެސް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކުދިކުދި އެޕާޓްމަންޓްތައްހުރި މީހުން އެތަންތަން ދޫކޮށްލީމަ އެމީހުންނަށް ދިނުމައްޓަކައި ފެށި ޕްރޮގްރާމެއް. އަދި ދަފްތަރުގެ ބޭފުޅުންނަށް، މާލޭގަ 20 އަހަރު 25 އަހަރު 30 އަހަރު އެބަތިބި، އެމީހުން ދަފުތަރުގައި ޖެހިގެން. އެމީހުންނަށް ގޮތެއް ހޯދައިދިނުމައްޓަކައި ހުޅުވާލި ފުރުސަތެއް އުތުރު ތިލަފަޅަކީ.
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ މިކަން މިހެން އޮތްއިރު، ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކޮށްގެން އެންމެ ފުރަތަމަ ވެސް އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭނޭ ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރު އައިފަހުން އަދި މިހާތަނަށް ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދަދޭން މަސައްކަތް ނުކުރާކަން ފާހަގަވާކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ސަރުކާރުން ނުކުރެވޭ ކަންކަމުގެ ވާހަކަ ރައްޔިތުން ދައްކާނޭ ކަމަށާއި އެގޮތަށް ދައްކާ ކޮންމެ ވާހަކައަކީ ސިޔާސީ ވާހަކައަކަށް ނުވާނޭ ކަމަށެވެ. އަދި ސަރުކާރުން ނުކުރެވޭ ކަންކަމުގެ ވާހަކަތައް ރައްޔިތުން ދެއްކުމުން އެއީ ސިޔާސީ ވާހަތަކެއް ކަމަށް ވިސްނާނީ ވަރަށް ކޮށި ސިކުނޑި ހުން މީހުން ކަމަށް އާޒިމް ވިދާޅުވި އެވެ.

ރައީސް މުއިއްޒުއާދަމް ޢާޒިމްމާލޭ ސިޓީ ކައުންސިލްގުޅީފަޅުގިރާވަރުބޯހިޔާވަހިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު