Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

އެންރީކޭ ބުނީ ސަޕޯޓަރުންގެ ހިތް އުފާ ކޮށްދެވޭ ކަމަށް!

އެންރިކޭ ބުނީ ރަށުން ބޭރުގައި ޕީއެސްޖީން ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށާއި، މެޗު ފަށައިގެން ގޮސް، ފަހު ވަގުތާ ހަމައަށް ޕީއެސްޖީގެ ފަރާތުން ފެނުނީ ބޭނުންވާ ކަހަލަ ކުޅުމެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2024 | އަންގާރަ 03:59
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ސަޕޯޓަރުންގެ ހިތް އުފާ ކޮށްދެވޭ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ފްރާންސް ލީގުގައި ޕީއެސްޖީން މާސޭއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. މާސޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޕީއެސްޖީން ވަނީ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

އެންރީކޭ ބުނީ މެޗުގެ ނަތީޖާއާ މެދު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ކަމަށެވެ. އޭނާ ބުނީ ކުލަބުގެ ސަޕޯޓަރުން ބޭނުން ވަނީ ޓީމު މޮޅުވާން ކަމަށާއި، ސަޕޯޓަރުންގެ އުންމީދުތައް ޙާސިލުކޮށް، ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދެވޭ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. ޚާއްސަކޮށް ސަޕޯޓަރުން ބޭނުން ވަނީ ކޮންމެ މެޗަކުން ވެސް މޮޅުވަން ކަމަށާއި، އޭނާ އަދި ކުޅުންތެރިން ވެސް ބޭނުން ވަނީ އެގޮތް ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

އެންރިކޭ ބުނީ ރަށުން ބޭރުގައި ޕީއެސްޖީން ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށާއި، މެޗު ފަށައިގެން ގޮސް، ފަހު ވަގުތާ ހަމައަށް ޕީއެސްޖީގެ ފަރާތުން ފެނުނީ ބޭނުންވާ ކަހަލަ ކުޅުމެއް ކަމަށެވެ. އޭނާ ބުނީ މާސޭ އަކީ ވަރުގަދަ އިދިކޮޅު ޓީމެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅުމަކީ ވެސް އުނދަގޫ ކަމެއް ކަމަށެވެ. އެ މެޗުން ތިން ޕޮއިންޓު މުހިންމުއިރު، އެކަން ޙާސިލު ކުރެވުމުން ހިތްހަމަ ޖެހޭ ކަމަށް ވެސް އެންރީކޭ ބުންޏެވެ.

މީގެ އިތުރުން އެންރީކޭ ބުނީ ޕީއެސްޖީ އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި، އެ ރޫޙުގައި އޮވެ ޓީމު ކުރިއަށް ދާން އޭނާ ބޭނުންވާ ކަމަށެވެ. މާސޭ މެޗުން ވެސް ރަނގަޅު ކުރަން ހުރި ކަންކަން ފާހަގަވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށް އެންރީކޭ ބުންޏެވެ. އޭނާ ދެކޭ ގޮތުގައި ޕީއެސްޖީން ބޭނުންވާ އަމާޒަށް އެ ކުލަބަށް ވާސިލުވެވޭނެ އެވެ.

ފްރާންސް ލީގުގައި ޕީއެސްޖީގެ މެޗެއް ދެން އޮންނާނީ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު އެވެ. ޕީއެސްޖީގެ އަމިއްލަ ދަނޑުގައި އެ ޓީމު ނިކުންނާނީ ލެންސްއާ ދެކޮޅަށެވެ.

ޕީއެސްޖީލުއިސް އެންރީކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު