Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ޔުނައިޓެޑުގެ ކޯޗުކަމުން ޓެން ހާގް ވަކިކޮށްފި

29 އޮކްޓޯބަރު 2024 | އަންގާރަ 03:58

ޔުނައިޓެޑުން ޓެން ހާގް ވަކި ކުރީ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި ވަނިކޮށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޮކްޓޯބަރު 2024 | އަންގާރަ 03:58
ޔުނައިޓެޑުގެ ކޯޗަކަށް ހުރި އެރިކް ޓެން ހާގް

ޔުނައިޓެޑުގެ ކޯޗަކަށް ހުރި އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުގެ މަޤާމުން ނެދަލެންޑްސްގެ އެރިކް ޓެން ހާގް ވަކިކޮށްފި އެވެ.

އުމުރުން 54 އަހަރުގެ ޓެން ހާގް، ޔުނައިޓެޑުގެ ކޯޗުކަމުގެ މަޤާމަށް ހަމަޖެއްސީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން ޔުނައިޓެޑުން ވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ޓެން ހާގްގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެއްބަސްވުން އައު ކުރުމުގެ ކުރިން، ޔުނައިޓެޑުން އޭނާ ވަކި ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އޭރު ޔުނައިޓެޑުން ޓެން ހާގްގެ އެއްބަސްވުން އައު ކުރީ އޭނާގެ ބަދަލުގައި ގެންނާނެ ކޯޗެއް އެ ކުލަބަށް ނުލިބުމުންނެވެ.

ނަމަވެސް ހޯމަ ދުވަހު ޔުނައިޓެޑުން ވަނީ ކޯޗުކަމުގެ މަގާމުން ޓެން ހާގް ވަކި ކުރަން ނިންމައިފަ އެވެ. ޔުނައިޓެޑުން އާންމު ކޮށްފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ އެ ކުލަބުގެ ކޯޗުކަމުގެ މަގާމުން ޓެން ހާގް ވަކިކޮށްފައިވާ ކަމަށެވެ. އަދި ޔުނައިޓެޑުގައި ޓެން ހާގް ކޮށްފައިވާ މަސައްކަތާއި، އެ ކުލަބާ އެކު އޭނާ ހޯދާފައިވާ ކާމިޔާބަށް އެ ކުލަބުން ވަނީ ޝުކުރު އަދާ ކޮށްފަ އެވެ. ޔުނައިޓެޑުން ހާމަކޮށްފައިވާ ގޮތުގައި އެ ކުލަބުގެ ވަގުތީ ކޯޗުގެ ގޮތުގައި މަސައްކަތް ކުރާނީ ރުޑް ވެން ނިސްޓަލްރޫއި އެވެ.

ޓެން ހާގްގެ އިރުޝާދުގެ ދަށުން މި ސީޒަންގައި މިހާތަނަށް ޔުނައިޓެޑަށް ލިބިފައި ވަނީ ދަށް ނަތީޖާ ތަކެކެވެ. މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ކުޅެފައިވާ ނުވަ މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ ތިން މެޗުންނެވެ. ދެ މެޗު އެއްވަރުވެފައިވާއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑުން ޓެން ހާގް ވަކި ކުރީ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި ވަނިކޮށެވެ.

ޓެން ހާގްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ވަނީ ޖުމުލަ 128 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 70 މެޗުން މޮޅުވެފަ އެވެ. 23 މެޗު އެއްވަރުވެފައިވާއިރު، 35 މެޗުން ވަނީ ބަލިވެފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ އެފްއޭ ކަޕްގެ އިތުރުން، ކަރަބޯ ކަޕް އެވެ.

މެންޗެސްޓަރ ޔުނައިޓެޑްއެރިކް ޓެން ހާގް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
08 އޯގަސްޓު 2025

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

08 އޯގަސްޓު 2025
މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް