Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދާލަތު ޕާޓީ

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭނެ ހަމަހަމަ ފުރުޞަތެއް ޤާއިމްކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި

މޫނު ބުރުގާއަޅައިގެން ސްކޫލުތަކުގައި ކިޔަވައި ނުދެވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 17 އޯގަސްޓު 2017 | ބުރާސްފަތި 10:09
މޫނު ބުރުގާއަޅައިގެން ސްކޫލުތަކުގައި ކިޔަވައި ނުދެވޭ

މޫނު ބުރުގާއަޅައިގެން ސްކޫލުތަކުގައި ކިޔަވައި ނުދެވޭ

މޫނު ބުރުގާ އަޅައިގެން ސިވިލް ސަރވިސްގެ ވަޒީފާތައް އަދާކުރެވޭނެ ހަމަހަމަ ފުރުޞަތެއް ޤާއިމްކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އެޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ އަދި ވަޒިފާ އަދާކުރުމުގެ ފުރުޞަރު ބޭނުންވާ ގިނަ އަދަދެއްގެ ތައުލީމީ ޤާބިލް ޒުވާން އަންހެން ބޭފުޅުން މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ބޭނުން ވެގެން ތަކުރާރުކޮށް އެދެމުންދާއިރު، އެފުރުޞަރު ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޤާނޫނުތަކާއި ޤަވާއިދުތަކުން ބާރުލިބިގެން މޫނުބުރުގާ އަޅައިގެން ވަޒިފާއަށް ނިކުންނަމުންދާ އަންހެން ބޭފުޅުންނާ މެދު ޤައިރު ޤާނޫނީ ތަފާތު އެކި ފިޔަވަޅުތައް އަޅާ، އަދި އެންމެފަހުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެޕާޓީން ބުންޏެވެ.

ޤާނޫނުތަކާއި ޤަވާއިދުތަކާއި މަދަނީ ވެރިކަމުގެ އުސޫލުތައް ރޫޅާލާ އިސްލާމީ ޝިޢާރުތައް ހުއްޓުވާ އަދި އިސްލާމީ ފޭރާން މަނާކުރުމަށް ރައިސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ހިންގަމުންދާ މިއަމަލަކީ ރާއްޖޭގެ އިސްލާމީ ޝަޙްސިއްޔަތު ބަލިކަށިކޮށް، ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ދެކޮޅުވެރިކަން އާންމުކުރުމަށްޓަކައި ހިންގަމުންގެންދާ ހަރަކާތުގެ ތެރެއަށް އިތުރުވެގެންދާ އަނިޔާވެރި ބޮޅެއް ކަމަށް އަދާލަތުން ބުންޏެވެ.

ތަކުރާރުކޮށް ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން މާތްވެގެންވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށް ވެރިކަމާއި ހަވާލުވި ފަރާތްތައް އެ ހުވަޔާއި ހިލާފުވެ، އިސްލާމްދީން ހިމާޔަތްކުރާ ކަމަށް ރައީސް ޔާމިން ތަކުރާރުކޮށް ކުރަމުންގެންދާ ދައުވާތަކުގެ ދޮގުކަން ހާމަވަމުންދާ ކަމަށް މިބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި މިކަމަކީ އަންހެނުންނަށް މުޖުމަތައިން އެކަހެރިވެ ގޭގެ ހަތަރު ފާރުތެރޭގައި ބަންދުވެގެން ތިބެންޖެހޭ ބައެއް ކަމުގައި ވަކާލާތުކުރާ ފަރާތްތަކަށް ސަރުކާރުގެ ރަސްމީ ހައިސިއްޔަތުން ބާރުދޭން ހިންގާ ކަމެއް ކަމުގައި ވެސް އަދާލަތު ޕާޓީން ދެކޭ ކަމަށް ބުނެފައިވެއެވެ.

އަންހެނުންގެ ހައްގުގައި ނިވާފަތްގަނޑަކަށް ހަދައިގެން ދީނީ އަދި މަދަނީ ހައްގުތަކުން އަންހެނުން މަޙްރޫމްކޮށް، ސަރުކާރުގެ ތެރެއިން ހަރުކަށިކަމާ ނޭއްގާނީކަމަށް މަގުފަހިކުރަމުންދިއުމަކީ އެޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި އަންހެނުން ބާރުވެރިކުރުވުމަކީ އިސްސްކަންދީފައިވާ ކަމެއްކަމުގައިވެފައި، ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކުން ބެލި ނަމަވެސް، ހަމަހަމަކަމާއި މިނިވަންކަމުގެ އުސޫލުން ބެލި ނަމަވެސް އަދި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ނަޒަރުން މިންކުރިއަށް، މޫނު ބުރުގާ އަޅާ ފަރާތްތަކަށް ވަޒިފާގެ ފުރުޞަތު ނުދިނުމަށާއި ވަޒީފާއިން ވަކިކުރުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭތީ އއ. މަތިވެރި ސްކޫލްގެ ޓީޗަރަކުވަނީ މިހަފްތޭގެ ތެރޭގައި ވަޒީފާއިން ވަކިކޮށްފަ އެވެ.

ވަޒީފާއިން ވަކިކޮށްފައި ވަނީ އެރަށު ދޫރެސް, އާއިޝަތު ސުޒީ އެވެ. ޕްރައިމަރީ ޓީޗަރެއްގެ މަގާމުގައި މަތިވެރި ސްކޫލްގައި ސުޒީ މަސައްކަތް ކުރާތާ ހަތް އަހަރުވެފައިވައިރު އޭނާ ވަޒީފާއިން ވަކިކޮށް ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވި ޗިޓުގައި ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ސިވިލް ސަރވިސްގެ ގަވާއިދާ ޚިލާފުވުމުންނެވެ

މޫނު ބުރުގާ އަޅައިގެން ކިޔަވައިނުދިނުމަށް ސުޒީއަށް އެންގީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގައި "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް" ބަޔާންކުރާ ޗެޕްޓަރ 14 ގެ 145 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނެފައިވަނީ ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަމަލާތް ކުރާ ފަރާތަކަށް އެމީހަކު ފާހަގަކޮށް އެނގެންޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭ ފަދަ ގޮތެއްގައި ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުން މޫނު ބުރުގާ އަޅައިގެން މަސައްކަތަށް ނިކުތުން މަނާ ކުރާ ޤަވާއިދަކީ، ބާތިލް އެއްޗެއް ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެގޮތުން ޑރ. އިޔާޒް އަބްދުލްލަތީފް ވިދާޅުވެފައިވަނީ އައުރަ ނިވާނުވާ ވަރުގެ ހެދުން ލައިގެން އޮފީސްތަކަށް ދާއިރު އެއްވެސް މައްސަލައަކަށް ނުވެފައި، ނިވާ ކޮށްގެން ދާ ޓީޗަރަށް ހުރަސް އެޅުމަކީ ބޮޑު މައްސަލަ އެއް ކަމަށާއި އެއީ މި ސަރުކާރުގެ ލާދީނީ ކަމުން ވާ ގޮތް ކަމަށެވެ. ޑރ. އިޔާޒް ވިދާޅުވެފައިވާ ގޮތުގައި އިސްލާމްދީނާ ޚިލާފު އެއްވެސް ގާނޫނެއް ގަވާއިދެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައ ބުނާއިރު، ސިވިލް ސަރވިސް ގަވާއިދު ބާތިލްވާނެ ކަމަށެވެ.

މީގެ ކުރިން، މިއަހަރުގެ ޖެނުއަރީގައި އއ. ރަސްދޫ ސްކޫލްގެ ޓީޗަރަކު ވެސް މޫނުބުރުގާ ނުނެގުމުން ވަޒީފާއިން ވަކިކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު