Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ބަޔާނަށް ފަސް ލަނޑުގެ މޮޅެއް

މޮޅާއެކު ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު އަށް މެޗުން 20 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޮކްޓޯބަރު 2024 | ހޯމަ 05:52
ޖަރުމަނު ލީގުގައި ބަޔާން އަދި ބޮކުމް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ބަޔާން އަދި ބޮކުމް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ބޮކުމްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކުން އެއް ވަނަ މަގާމުގައި ދެމި އޮވެއްޖެ އެވެ.

ބޮކުމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބަޔާން އިން ކާމިޔާބު ކުރީ 5-0ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާން އިން ދެ ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ މައިކަލް އޮލައިސް އެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި ބަޔާންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ޖަމާލް މުސިއާލާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޔޯޝުއާ ކިމިކް އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ބާރަ ވަނަ މިނެޓުގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ ބަޔާންގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެއީ މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭން ޖެހި ލަނޑެކެވެ. އޭގެ ފަހުން 65 ވަނަ މިނެޓުގައި ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހީ ލެރޯއީ ސާނޭ އެވެ. އަދި މެޗުގައި ބަޔާންގެ ފަސް ވަނަ ލަނޑު 71 ވަނަ މިނެޓުގައި ޖެހީ ކިންގްސްލީ ކޯމަން އެވެ. އެއީ އަލްފަންސޯ ޑޭވިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާއެކު ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު އަށް މެޗުން 20 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ވެސް ލިބެނީ 20 ޕޮއިންޓެވެ. ނަމަވެސް ބަޔާން އިން ކުރި ހޯދަނީ ލަނޑުގެ ގޮތުންނެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު