Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ނިއުކާސަލް ބަލިކޮށް، ޗެލްސީ ފަސް ވަނަ އަށް

މޮޅާއެކު ޗެލްސީ ފަސް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ނުވަ މެޗުން 17 ޕޮއިންޓު ހޯދައިގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޮކްޓޯބަރު 2024 | ހޯމަ 04:00
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ޕާމާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ޕާމާ އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީން ލީގު ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ލަނޑެއް ޖެހިއިރު، ނިއުކާސަލް އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗުން ޗެލްސީ މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ލަނޑުންނެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކޯލް ޕާމާ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓު ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ނިކޮލަސް ޖެކްސަން އެވެ. އެއީ ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ނިއުކާސަލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ލެވިސް ހޯލް ތަނަވަަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެލެގްޒެންޑާ އިސާކް އެވެ. މެޗުން ޗެލްސީ މޮޅުވީ ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެންނެވެ. އެގޮތުން ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޗެލްސީގެ ދެ ވަނަ ލަނޑު ޖެހީ ޕާމާ އެވެ. އެއީ ރޮމެއޯ ލަވިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕާމާ ޖެހި ލަނޑެކެވެ.

މޮޅާއެކު ޗެލްސީ ފަސް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ނުވަ މެޗުން 17 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގެ ލީގުގައި ޗެލްސީ ވަނީ ފަސް މެޗުން މޮޅުވެފަ އެވެ. ދެ މެޗުން އެއްވަރުވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެވެ.

ޕްރިމިއަރ ލީގުޗެލްސީނިއުކާސަލް ޔުނައިޓެޑް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު