Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާގެ 6 ގެއަކަށް އިޒްރޭލުން ބޮންއަޅާ މަދުވެގެން 45 މީހުން ޝަހީދު ކޮށްލައިިފި

އިޒްރޭލުގެ ހަމަލާތައް ނުރައްކާވެ، ހަމަލާތައް އިތުރުކޮށްފައިވުމުގެ ސަބަބުން އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ބެލޭ އެތައް ހާސް ފަލަސްތީނު ރައްޔިތުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ނުވާ ކަމަށް އިމަރޖެންސީ އަދި ސިވިލް ޑިފެންސް ޓީމުތަކުން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 06:38
އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާގެ އުތުރުގައިވާ ގެޔަކަށް ހަމަލާދީ ގޮއްވާލަނީ (ފައިލް)

އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާގެ އުތުރުގައިވާ ގެޔަކަށް ހަމަލާދީ ގޮއްވާލަނީ (ފައިލް)

ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުންދާ ސިލްސިލާގެ ދަށުން އާދިއްތަ ވިލޭރޭ އިޒްރޭލުގެ ބާރުތަކުން ޣައްޒާގެ އުތުރުގައިވާ ބައިތުލް ލަހިޔާގައި 6 ޢިމާރާތަކަށް ބޮން އަޅާ، މަދުވެގެން 45 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފައިވެއެވެ. އިޒްރޭލުގެ މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

އާދިއްތަ ވިލޭރޭގެ ކުރީކޮޅު، އިޒްރޭލުގެ އެހެން ވައިގެ ހަމަލާއެއް ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައި ހުރި ސަލާހުއްދީން ސްކޫލަށް އަމާޒުވިއެވެ. މި ސްކޫލަކީ ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔާވައްސެއްގެ ގޮތުގައިވެސް ބޭނުންކުރެވެމުން އައި ތަނެކެވެ. މި ހަމަލާގައި އެކަކު މަރުވެ، އިތުރު މީހުން ޒަޚަމްވިއެވެ. 

މީގެ އިތުރުން، އިޒްރޭލު ސިފައިން އާޓިލަރީ ބޭނުންކޮށްގެންނާއި ވައިގެ މަގުން ދެކުނު ޣައްޒާގެ ރަފަހްގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ވަނީ ދީފައެވެ. އެއާއެކު އިޒްރޭލު ސިފައިން އެއްގަމު މަގުން އަލް-ބުރައިޖް އަދި އަލް-ނުސައިރާތު ރެފިއުޖީ ކޭމްޕުތަކާ ކައިރި އުތުރު ސަރަހައްދުތަކަށް ވެސް ހަމަލާދީފައިވެއެވެ. 

އޮކްޓޯބަރު 5 އިން ފެށިގެން، އިޒްރޭލުގެ ބާރުތަކުން އުތުރު ޣައްޒާގެ އެކި ސަރަހައްދުތަކަށް އެއްގަމު މަގުން ދޭ ހަމަލާތަކާއި ވައިގެ މަގުން ބޮން އެޅުން އެތައް ގުނައެއް ވަނީ މައްޗަށް ޖައްސާފައެވެ. މީގެ މަޤްޞަދަކީ އެ ސަރަހައްދުތަކުގެ ރައްޔިތުން ސަރަހައްދު ދޫކޮށް ދިއުން މަޖުބޫރު ކުރުވުން ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އިޒްރޭލުގެ ހަމަލާތައް ނުރައްކާވެ، ހަމަލާތައް އިތުރުކޮށްފައިވުމުގެ ސަބަބުން އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ބެލޭ އެތައް ހާސް ފަލަސްތީނު ރައްޔިތުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ނުވާ ކަމަށް އިމަރޖެންސީ އަދި ސިވިލް ޑިފެންސް ޓީމުތަކުން ވަނީ ބުނެފައެވެ.                 

އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ އާބާދީން ކޮންމެ ދުވަހަކު އެތައް ބަޔަކު މަރަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އެމެރިކަން އިސްލާމިކް ރިލޭޝަންސް ކައުންސިލް (ކެއަރ) އިން ޣައްޒާގެ "މުޅި އާބާދީ ރޭވުމެއްގެ ދަށުން މުޅިން ނައްތާލުން" ހުއްޓުވުމަށް ގޮވާލާފައިވެއެވެ. ކެއަރ އިން މިހެން ގޮވާލިއިރު، ޣައްޒާގައި ޔަހޫދީ ސިފައިން ހިންގަމުންދާ އުދުވާންތަކަށް ހަތިޔާރުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެންމެ ބޮޑަށް ވާގިވެރިވެ އެންމެ ގާތުން އިޒްރޭލުގެ ދިފާއުގައި މަސައްކަތް ކުރާ ގައުމަކީ އެމެރިކާއެވެ.

"ޣައްޒާގެ މުޅި އާބާދީ ވަނީ އެންމެންގެ ލޯތަކުގެ ކުރިމަތީގައި އިޢުލާނުކުރެވި ތަންފީޒުކުރެވެމުންދާ ނަސްލު ނައްތާލުމުގެ ރޭވުމުގެ ދަށުން މަރުވުމުގެ ނުރައްކަލުގައި" ކަމަށް ފަލަސްތީނުން ހިސޯރުކޮށްފައިވާ ބިންތަކާބެހޭ އދ. ގެ ޚާއްސަ މަންދޫބު ފްރަންޗެސްކާ އަލްބަނީސް ވަނީ ވިދާޅުވެފައެވެ.

ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 42،847 މީހުން މަރުވެ، 100،544 މީހުން ޒަޚަމްވެފައިވެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު