Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

އަންޗެލޮޓީ ބުނީ "ހިތާމަ" ކުރުމެއް ނެތް ކަމަށް!

އޭނާ ބުނީ އެންމެ ފަހުން ބާސެލޯނާ އަތުން 4-0 އިން ބަލިވި އަހަރު ވެސް ރެއާލް އިން ސްޕެނިޝް ލީގު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2024 | ހޯމަ 03:57
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ސްޕެނިޝް ލީގުގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ނަމަވެސް، އެއްވެސް ކަމެއްގައި "ހިތާމަ" ކުރުމެއް ނެތް ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވީ 4-0 އިންނެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ގޮސް، ރެއާލް އިން ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓު ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ބަލައި ނުގަންނަން ވެސް ނިންމައިފަ އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކުން ބާސެލޯނާ ވަނީ މޮޅުވެފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ އެ މެޗުގައި އޭނާ ގެން ގުޅުން ގޭމް ޕްލޭނާ މެދު "ހިތާމަ" ކުރުމެއް ނެތް ކަމަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުކަން ފާހަގަ ކުރަމުން އަންޗެލޮޓީ ބުނީ، ފުޓުބޯޅައިގައި ކޯޗިން ގައި އޭނާ މަސައްކަތް ކުރަމުން އަންނަތާ 48 އަހަރުވެފައިވާއިރު، އޭނާ އެހެން ބުނުމަކުން ދޮގަކަށް ނުވާނެ ކަމަށެވެ.

މީގެ ކުރިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ލީލް އަތުން ވީ ބައްޔަށް އިޝާރާތް ކުރަމުން އަންޗެލޮޓީ ބުނީ، އެ މެޗުން ވީ ބައްޔާއި، ބާސެލޯނާ އަތުން ވީ ބައްޔާ ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. ލީލް މެޗުގައި ރެއާލަށް ރަނގަޅަށް ނުކުޅެވޭ ކަމަށާއި، އެ މެޗުން ބަލިވީ ނުކުޅެވިގެން ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް ބާސެލޯނާއާ ދެކޮޅަށް ރެއާލް އިން ރަނގަޅަށް ކުޅެ، ރަނގަޅު ވާދައެއް ކުރި ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ބާސެލޯނާ އަތުން ވީ ބައްޔާ އެކު ވެސް، ރެއާލް އިން ގިނަ ކަންކަން ދަސް ކުރަން ޖެހޭ ކަމަށެވެ. އެކަންކަމުން ފިލާވަޅު ލިބިގަނެގެން ރެއާލް ކުރިއަށް ދާން ޖެހޭ ކަމަށާއި، އެއްވެސް ކަމެއް ދޫކޮށްލެވެން ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ބާސެލޯނާ އަތުން ބަލިވި މެޗަށް އިޝާރާތް ކުރަމުން އޭނާ ބުނީ އަދިވެސް ރެއާލް އިން ހުއްޓާނުލައި ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭނާ ބުނީ އެންމެ ފަހުން ބާސެލޯނާ އަތުން 4-0 އިން ބަލިވި އަހަރު ވެސް ރެއާލް އިން ސްޕެނިޝް ލީގު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާނެ ކަމަށެވެ.

ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލި ނުވެ ފަރުޖައްސާލައިގެން، ރެއާލަށް ރެކޯޑެއް ޤާއިމު ކުރުމުގެ ފުރުސަތު ވެސް އޮތެވެ. އެއީ ލީގުގައި ބަލި ނުވެ ބާސެލޯނާ އިން ހަމަކޮށްފައިވާ 43 މެޗުގެ ރެކޯޑެވެ. ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗަކީ ލީގުގައި ބަލި ނުވެ ރެއާލް ކުޅުނު 43 ވަނަ މެޗެވެ. ނަމަވެސް އެ މެޗުން ރެއާލް ވަނީ ބަލިވެފަ އެވެ.

ރެއާލް މެޑްރިޑްބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު