Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު އޭޝިއަން ކަޕް ކޮލިފައިން

ޒުވާން ޓީމު ކޮޅަށް ސައުދީން 11 ލަނޑު ޖަހައިފި

ސައުދީގެ ހާދީ ރަދީފް އާއި މެޝާރީ ފަހާ ވަނީ ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ޖަހައި، ހެޓްރިކް ހަދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ސެޕްޓެމްބަރު 2022 | އަންގާރަ 05:08
ރާއްޖެ އަދި ސައުދީން ކުޅުނު މެޗުގެ ތެރެއިން

ރާއްޖެ އަދި ސައުދީން ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމު ކޮޅަށް ސައުދީ އަރަބިއްޔާ އިން 11 ލަނޑު ޖަހައިފިއެވެ.

މިއީ ކޮލިފައިންގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ އުޒްބެކިސްތާނާއެވެ. އެ މެޗުން ރާއްޖެ ބަލިވީ 7-0 އިންނެވެ. ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ހަ ގޯލު ޖަހާފައެވެ. އަނެއް ފަސް ގޯލު ޖެހީ ދެ ވަނަ ހާފުގައެވެ.

މެޗުގައި ސައުދީގެ ގޯލުތައް ޖެހީ، ޢަބްދުﷲ ހާދީ ރަދީފް، މެޝާރީ ފަހާ އަލްނެމޭރު، ޢަބްދުލް އަޒީޒް ސައުދު، ޔާސިން އަތިއާ އަލްޒުބައިދީ، ޔަޒީދް ޔަހުޔާ އަދި ސާލިހު އަޙުމަދު އަލްރަޙުމާނީއެވެ. މީގެ ތެރެއިން ހާދީ ރަދީފް އާއި މެޝާރީ ފަހާ ވަނީ ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ޖަހައި، ހެޓްރިކް ހަދާފައެވެ. އަދި ސައުދީގެ ޔަޒީދު ވަނީ ދެ ލަނޑު ޖަހާފައެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން ހިމެނޭ އުޒްބެކިސްތާނުން ވަނީ 0-3 އިން މިޔަންމާ ބަލިކޮށްފައެވެ. ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު މި ގްރޫޕްގެ އެއް ވަނަ މަގާމުގައި އޮތީ އުޒްބެކިސްތާންއެވެ.

ކޮލިފައިންގައި ރާއްޖެއަށް ދެން އޮތީ ބުދަ ދުވަހުގެ ރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އޭޝިއަން ކަޕް ކޮލިފައިންވިހި އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު އޭއެފްސީ އޭޝިއަން ކަޕް

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
06 އޮކްޓޯބަރު 2025

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި

06 އޮކްޓޯބަރު 2025
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި
04 ޖޫން 2025

އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުގެ ކުރިން ކުޅޭ އެކުވެރި ކަމުގެ މެޗަށް ޤައުމީ ޓީމު ސިންގަޕޫރަށް

04 ޖޫން 2025
އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުގެ ކުރިން ކުޅޭ އެކުވެރި ކަމުގެ މެޗަށް ޤައުމީ ޓީމު ސިންގަޕޫރަށް
26 އޮކްޓޯބަރު 2024

ޗައިނާ އަތުން ރާއްޖެ ބަލިވީ ނުވަ ލަނޑުން

26 އޮކްޓޯބަރު 2024
ޗައިނާ އަތުން ރާއްޖެ ބަލިވީ ނުވަ ލަނޑުން
24 އޮކްޓޯބަރު 2024

ކޮރެއާ އިން ޒުވާން ޓީމު ކޮޅަށް 13 ލަނޑު ޖަހައިފި

24 އޮކްޓޯބަރު 2024
ކޮރެއާ އިން ޒުވާން ޓީމު ކޮޅަށް 13 ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު