Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާނު-އިޒްރޭލު ހަނގުރާމަ

ލުބުނާނުގައި ނޫސްވެރިންގެ ކޮމްޕައުންޑަކަށް އިޒްރޭލުން ބޮން އަޅައިފި

ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރ ވިދާޅުވީ މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމުގައި

ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2024 | ހުކުރު 10:33
އޮކްޓޯބަރ 25، 2024 ގައި ދެކުނު ލުބުނާނުގައި ނޫސްވެރިން ތިބޭ އިމާރާތްތަކަކަށް އިޒްރޭލުން ބޮން އަޅާ ހަލާކުކޮށްލާފައިވާ މަންޒަރެއް

އޮކްޓޯބަރ 25، 2024 ގައި ދެކުނު ލުބުނާނުގައި ނޫސްވެރިން ތިބޭ އިމާރާތްތަކަކަށް އިޒްރޭލުން ބޮން އަޅާ ހަލާކުކޮށްލާފައިވާ މަންޒަރެއް

ލުބުނާންގެ ދެކުނުގައި ނޫސްވެރިން ތިބި އިމާރާތްތަކަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި މަދުވެގެން 3 މީޑިއާ އޮފިޝަލުން މަރުވެއްޖެއެވެ. 

ހުކުރު ދުވަހުގެ ފަތިހު ލުބުނާންގެ ދެކުނުގައިވާ ހަސްބާޔާގައި ހުރި އިމާރާތްތަކަށް އިޒްރޭލުން ދިން ހަމަލާ އަމާޒުވީ އެތަނުގައި ތިބި 6 މީޑިއާ އަކަށް ނިސްބަތްވާ 18 ނޫސްވެރިންނަށެވެ. މީގެ ތެރޭގައި ސްކައި ނިއުސް، އަލްޖަޒީރާ އަދި ލުބުނާންގެ ބްރޯޑްކާސްޓަރުން ހިމެނެއެވެ. 

މި ހަމަލާގައި މަރުވި 3 މީހުންގެ ތެރޭގައި އަލްމަޔާދީން ޓެލެވިޜަން ނެޓްވަރކްގެ ކެމެރާމަނަކާއި އިންޖިނޭރަކު، އަދި އަލްމަނާރުގެ ކެމެރާމަނެއް ހިމެނޭކަމަށް ލުބުނާންގެ މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ. 

ހަސްބާޔާ ޓައުނަށް ފުރަތަމަ ދިން ހަމަލާގައި ވެސް ނޫސްވެރިންތަކެއް ވަނީ ޒަޚަމްވެފައެވެ. 

"އިޒްރޭލުގެ އަދުއްވުން ނޫސްވެރިން ރޭގަނޑުގެ ބްރޭކަށް އަންނަންދެން މަޑުކޮށްގެން ތިބެ، ހީލަތްތެރިކަމުގެ ތެރެއިން ރޭގަނޑު ހަމަލާ ދިނުމަށް ބޭނުން ކުރީ،" ލުބުނާންގެ އިންފޮމޭޝަން މިނިސްޓަރު ޒިޔާދު މަކާރީ އެކްސްގައި ޕޯސްޓް ކުރެއްވި ލިޔުމެއްގައި ވިދާޅުވިއެވެ. "މިއީ ޤަޞްދުގައި މެރުން. އެތަނުގައި 7 މީޑިއާ އެއް ތަމްސީލުކުރާ 18 ނޫސްވެރިން ތިބިކަން އެނގިހުރެ، ރާވާއިގެން ހަމަލާ ދިނީ. މިއީ ހަނގުރާމައިގެ ޖަރީމާއެއް." އޭނާ އިތުރަށް ވިދާޅުވިއެވެ. 

މިދިޔަ އަހަރު އިޒްރޭލާއި ލުބުނާންގެ ހިޒްބުﷲ އާ ދެމެދު ހަމަނުޖެހުން ފެށުނީއްސުރެ މީޑިއާއަށް އެންމެ ނުރައްކާތެރި ދުވަހަކަށް މިވީ ހުކުރު ދުވަހެވެ. 

މި ހަނގުރާމައިގައި ކުރިން އިޒްރޭލުން ލުބުނާނަށް ދިން ހަމަލާތަކުގައި ރޮއިޓަރޒްގެ ފޮޓޯގްރާފަރެއް ހިމެނޭ ގޮތަށް 5 ނޫސްވެރިން މަރުވެފައިވެއެވެ.

ލުބުނާންގެ އަލްމަޔާދީން ޓީވީ އަށް އިޒްރޭލުން ތަކުރާރުކޮށް ހަމަލާ ދީފައިވެއެވެ. 

އެންމެ ފަހުން މިދިޔަ ބުދަ ދުވަހު، އިޒްރޭލުން ބެއިރޫތުގެ ދެކުނު ސަރަޙައްދުގައި ހުރި އަލްމަޔާދީންގެ އޮފީހަކަށް ވަނީ ހަމަލާ ދީފައެވެ. 

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އެ ހަމަލާގައި އެކަކު މަރުވެ، ކުޑަކުއްޖަކު ހިމެނޭ ގޮތަށް 5 މީހުން ޒަޚަމްވިއެވެ.

މިދިޔަ ނޮވެމްބަރު މަހު، އިޒްރޭލުގެ ސިފައިން ދެކުނު ލުބުނާންގައި އަލްމަޔާދީންގެ ކްރޫއަކަށް ހަމަލާދީ 2 ނޫސްވެރިން މަރާލިއެވެ. 

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން، އިޒްރޭލުން ހިޒްބުﷲ އަށް ދޭ ހަމަލާތައް އިތުރުކޮށް، އެ ޖަމާޢަތުގެ ލީޑަރު ޙަސަން ނަޞްރުﷲ އާއި އިސް ފަރާތްތަކެއް ވަނީ އަވަހާރަކޮށްލާފައެވެ. 

ލުބުނާނުގެ ހެލްތު މިނިސްޓްރީގެ މަޢުލޫމާތު ދައްކާ ގޮތުގައި މިދިޔަ އަހަރު ހަމަނުޖެހުން ފެށުނީއްސުރެ އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 2,593 މީހުން މަރުވެ، 12,119 މީހުން ޒަޚަމްވެފައިވެއެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

25 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު