Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޮލީބޯލް އެސޯސިއޭޝަން

އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ

މަޝްވަރާކޮށްގެން ހުރިހާކަމެއް އަދިވެސް ހައްލުކުރެވޭނެ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 16 އޯގަސްޓު 2017 | ބުދަ 20:28
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު

ވޮލީބޯލް އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރަކު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ވަރުގެ ކަމެއް ނުކުރައްވާކަމަށް އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ލަތިބެ ވިދާޅުވީ، ވީއޭއެމްގެ އެކްސްކޯ އިން ބައެއް މެމްބަރުން އިސްތިއުފާ ދެއްވާފައިވާކަން ބައެއް މީޑިއާތަކަށް އަރާފައިވާތަން ފެނިފައިވާ ކަމަށާއި، އެހެންނަމަވެސް ރަސްމީކޮށް އެއްވެސް މެމްބަރަކު އިސްތިއުފާ ދެއްވިކަން އެބޭފުޅާއަށް އެނގިނުލައްވާ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވީއޭއެމްގެ އެކްސްކޯއިން ފަސް މެމްބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ މުހައްމަދު ޝަރަފު، މުހައްމަދު ޝާފިއު، އަލީ ލަތީފު، މުހައްމަދު ސާޖިދު އަދި އަބްދުﷲ ނަޝީދެވެ.

ލަތީބެ ވިދާޅުވީ، އެކްސްކޯ މެމްބަރުން އިސްތިއުފާ ދެއްވަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި، މައްސަލަ ޖެހިފައިވަނީ ސޮނޭވާ އާއި ވީއޭއެމްއާ ދެމެދު ކަމަށެވެ. އެގޮތުން ލަތީބެ ބުނީ ސޮނެވާގެ މެނޭޖްމަންޓްއާ ވާހަކަދައްކައިގެން މިހާރު އެކަންތައް ހައްލުކުރެވިފައިވާ ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ޖެހިފައިވަނީ ސޮނެވާ ކޯޗު ސަސްޕެންޑުކުރަން ޑިސިޕްލިނަރީ ކޮމެޓީން ނިންމުމުން، އެ ނިންމުން ސޮނޭވާ އިން އެޕީލްކުރުމާއެކު، އެޕީލްސް ކޮމިޝަނުން ޑިސިޕްލިނަރީ ފިޔަވަޅު ތަންފީޒުކުރުން ފަސްކުރުމުންނެވެ.

"އެކްސޯ މެމްބަރުން އިސްތިއުފާ ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް. ސޮނޭވާ އާއި ވީއޭއެމްއާ މައްސަލަ ޖެހުނީ. މިސްއަންޑަސްޓޭޑިންއެއް. މަޝްވަރާކޮށްގެން ސޮނޭވާއާ ޖެހުނު މައްސަލަ ހައްލުކުރެވުނު" ލަތީބެ ވިދާޅުވިއެވެ.

ސޮނެވާ ކޯޗު ސަސްޕެންޑުކުރަން ނިންމީ އިންޓަ ރިސޯޓު ވޮލީބޯލްގެ ޒޯން ފަހެއްގެ ފައިނަލްގައި އަނަންތަރާ ކިހާވަށް އަދި ސޮނެވާ ބައްދަލުކުރާ މެޗު ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. އެހެންނަމަވެސް ފައިނަލް މެޗު ފެށުމުގެ 30 އަކަށް މިނެޓުކުރިން ސަސްޕެންޝަން ތަންފީޒުކުރުން އެޕީލް ކޮމިޝަނުން ވަނީ ހުއްޓުވާފައެވެ. އެގޮތުން ފައިނަލް މެޗު ކުޅުނު އިރު ސޮނެވާ ކޯޗު ބެންޗުގައި ހުއްޓެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވީއޭއެމް އެކްސްކޯ މެމްބަރުން ހިތްހަމަނުޖެހުނީ ސޮނެވާގެ ކޯޗު ސަސްޕެންޑުކުރަން ނިންމި ނިންމުމަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް ލަތީބެ ބުނީ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުމުން ނިންމުމާއެކު އެޕީލް ކޮމިޝަނަށް ވަގުތުން އެކަން އެޕީލްކުރުމުން އެޕީލް ކޮމިޝަނުންވެސް ވަގުތުން އެ ކޮމިޝަނުގެ ނިންމުން ނިންމި ކަމަށެވެ. އެކަމަށް އޭނާ އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި، މީގެއިން ދައްކައިދެނީ ވީއޭއެމްގެ ހުރިހާ ގުނަވަންތައްވެސް ރަނގަޅަށް ހިނގާކަން ކަމަށެވެ. އެގޮތުން މިކަމާ އުފާކުރައްވާ ކަމަށްވެސް ލަތީބެ ވިދާޅުވިއެވެ.

"ޑިސިޕްލިން ކޮމެޓީން ސޮނޭވާ ކޯޗު ސަސްޕެންޑު ކުރަން ނިންމި. އެކަން އެޕީލްކުރި ސޮނެވާ އިން. މެޗަށްފަހު ސަސްޕެންޝަން ތަންފީޒުކުރަން އެޕީލްސް ކޮމިޝަނުން ނިންމީ. އެސޯސިއޭޝަންގެ ރައީސް ކުރި ކަމެއް ނޫން. އެސޯސިއޭޝަންގެ ގުނަވަންތައް ރަނގަޅަށް ހިނގަމުންދާތީ އުފާކުރަން" ލަތީބެ ވިދާޅުވި އެވެ.

ލަތީބެ ވިދާޅުވީ، އަދިވެސް މަޝްވަރާކޮށްގެން ހުރިހާ ކަމެއް ހައްލުވާނެ ކަމަށާއި، އެކްސްކޯ މެމްބަރުން އިސްތިއުފާ ދިންކަން މީޑިއާގެ ޒަރިއްޔާއިން އެގުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

އެގޮތުން ލަތީބެ ވިދާޅުވީ، އެކްސްކޯގައި މިވަގުތު ތިބީ ވޮލީބޯލް ހިންގުމަށް އެންމެ ކުޅަދާނަ ބޭފުޅުންކަމަށާއި، އޭގެތެރެއިން އެއްވެސް ބޭފުޅަކު އިސްތިއުފާ ދެއްވުމަކީވެސް ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

"ހިތާމަކުރަން މީޑިއާގައި އެކްސްކޯ މެމްބަރުން އިސްތިއުފާ ދިނުން. މަޝްވަރާކޮށްގެން އަދިވެސް ހައްލުކުރުން. އިސްތިއުފާ ދިން ކަމެއް ނޭނގޭ. މީޑިއާ އިން ފެންނަ އެއްޗެއް ފެންނަނީ. އިސްތިއުފާ ދޭންޖެހޭ ވަރުކަމެއް އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން ނުކުރަން. އެންމެން ގުޅިގެން ކުރިޔަށް ދާންބޭނުންވަނީ. އެއްވެސް މީހަކު އިސްތިއުފާ ދީފި ނަމަ ފޫނުބެދޭވަރުގެ ގެއްލުމެއް ދިމާވާނެ. އެންމެ ގާބިލު މީހުން ތިބީ. މިއަދު ޖެހުނު މައްސަލައިގައި އަނަންތަރާ އާއި ސޮނޭވާއާ ޖެހުނު މައްސަލަ އެއް ނޫން ދެ ރިސޯޓުގެ ކޮމްޕެޓިޝަން ކޮމެޓީއާ ޖެހުނު މައްސަލައެއް ޖެހުނީ" ލަތީބެ ވިދާޅުވިއެވެ.

ވީއޭއެމްގެ އެކްސްކޯގައި މި ފަސް މެމްބަރުންވެސް ހިމެނީ މިދިޔަ ފެބްރުއަރީ މަހުއެވެ. ވީއޭއެމްގެ އެކްސްކޯ އިން ބައެއް މެމްބަރުން ވަނީ މީގެކުރިން ވަކިކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

23 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

30 އެޕްރީލު 2017
އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

06 އެޕްރީލު 2017
ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު