Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލު ހަނގުރާމަ

އިޒްރޭލުން އީރާނަށް ދޭން އުޅޭ ހަމަލާގެ "ޓޮޕް ސީކްރެޓް" ލިޔުންތައް ލީކު ކޮށްލައިފި

މި ލިޔުންތަކުގެ ތެރެއިން އެއް ލިޔުމުގައި އިޒްރޭލުން އަބަދުވެސް ޢާންމުކޮށް ހާމަކުރަން އިންކާރުކުރާ ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ އެ ޤައުމުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމެވެ.

ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2024 | އާދީއްތަ 20:29
އިޒްރޭލުގެ އަސްކަރިއްޔާގެ ފައިޓަރ ޖެޓްތަކެއް

އިޒްރޭލުގެ އަސްކަރިއްޔާގެ ފައިޓަރ ޖެޓްތަކެއް

އިޒްރޭލުން އީރާނާ ދެކޮޅަށް ދޭން އުޅޭ ބަދަލު ހިފުމުގެ ހަމަލާގެ ރޭވުންތަކާ ގުޅޭ އިންތިހާ ދަރަޖައިގެ ސިއްރު އިންޓެލިޖެންސް މަޢުލޫމާތު ލީކު ކޮށްލައިފިއެވެ.

އޮންލައިންކޮށް މި މަޢުލޫމާތު ލީކުވުމާ ގުޅިގެން އެކަން ހިނގި ގޮތް ބެލުމަށް އެމެރިކާ އިން ތަޙުޤީޤެއް ފަށާފައިވާ ކަމަށް ސީއެންއެން އިން ވަނީ ބުނެފައެވެ. މިކަން މިހެން ހިނގާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ތިން ފަރާތަކުން ސީއެންއެން އާ ވަނީ ވާހަކަ ދައްކާފައެވެ. މީގެ ތެރެއިން އެއް ފަރާތުން ވަނީ ލީކުކޮށްލި ލިޔުންތަކުގެ ޞައްޙަކަން ސީއެންއެން އަށް ކަށަވަރުކޮށްދީފައެވެ.

އެމެރިކާގެ އޮފިޝަލަކު ސީއެންއެން އަށް ބުނެފައިވާ ގޮތުގައި މި ޑޮކިއުމެންޓްތައް ލީކުވުމަކީ "ވަރަށް ކަންބޮޑުވާންޖެހޭ" ކަމެކެވެ.

އޮކްޓޫބަރު 15 އަދި 16 ވަނަ ދުވަހުގެ ތާރީޚު ޖަހާފައިވާ މި ލިޔުންތައް އިންޓަރނެޓުގައި ދައުރުވާން ފެށީ ހުކުރު ދުވަހު "މިޑްލް އީސްޓް ސްޕެކްޓޭޓަރ" ކިޔާ އެކައުންޓަކުން ޓެލެގްރާމްގައި ޕޯސްޓުކުރުމާ އެކުގައެވެ.

މި ލިޔުންތަކުގައި "ޓޮޕް ސީކްރެޓް" ޖަހާފައިވާއިރު، މި ލިޔުންތައް ފެންނަން ޖެހޭނީ ހަމައެކަނި އެމެރިކާ އަށާއި އެމެރިކާގެ ބައިވެރިންގެ "ފަސް ލޮލަށް" ކަމަށް ބަޔާންކޮށްފައިވެއެވެ. "ފަސް ލޯ" ކަމަށް ބުނާ އިއްތިހާދުގައި ހިމެނެނީ އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒީލެންޑް އަދި އިނގިރޭސި ވިލާތެވެ.

މި ލިޔުންތަކުގައި އީރާނާ ދެކޮޅަށް ޙަމަލާއެއް ދިނުމަށް އިޒްރޭލުން ވަމުންދާ ތައްޔާރީތަކުގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. ނޭޝަނަލް ޖިއޯސްޕޭޝަލް-އިންޓެލިޖެންސް އޭޖެންސީ އިން އެކުލަވާލި ކަމަށް ބުނާ އެއް ލިޔުމުގައި ވާގޮތުން، މި ރޭވުންތަކުގެ ތެރޭގައި އިޒްރޭލުން ހަތިޔާރު އެއްތަނުން އަނެއްތަނަށް ގެންދިއުން ހިމެނެއެވެ.

އަނެއް ލިޔުމުގައި ބުނެފައިވާ ގޮތުން، އެ ލިޔުން ތައްޔާރު ކޮށްފައިވަނީ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީންނެވެ. އަދި އޭގައި އިޒްރޭލުގެ އެއަރ ފޯސްއިން އެއަރ-ޓު-ސަރފޭސް މިސައިލްތައް ބޭނުންކޮށްގެން ކުރިއަށްގެންދާ އެކްސަސައިޒްތަކެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. މިއީވެސް އީރާނަށް ޙަމަލާދިނުމަށް ވާ ތައްޔާރީ އެއް ކަމަށް ބެލެވެއެވެ.

ސީއެންއެންއިން މި ލިޔުންތައް ސީދާ ނަކަލުކޮށްފައެއް ނުވެއެވެ. އަދި އެ ލިޔުންތައް ހާމަ ކޮށްފައެއްވެސް ނުވެއެވެ.

އެމެރިކާގެ އޮފިޝަލަކު ސީއެންއެން އަށް ބުނެފައިވާ ގޮތުގައި، ޕެންޓަގަން އިން ތައްޔާރުކުރި ކަމަށް ބުނާ ލިޔުމަށް އެކްސެސް ލިބިފައިވާ ފަރާތްތަކަކީ ކޮބާތޯ ބަލަމުންދާ ކަމަށެވެ. މިފަދަ ލީކެއް ހިނގައިފިނަމަ އެފްބީއައި އާއި ޕެންޓަގަން އަދި އެމެރިކާގެ އިންޓެލިޖެންސް އިދާރާ ތަކުން ގުޅިގެން އޮޓަމެޓިކުން ވަގުތުން ތަހުގީގެއް ފަށާނެއެވެ.  

އެފްބީއައި އިން މި މައްސަލައާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކުރަން އިންކާރުކޮށްފައިވާ ކަމަށް ސީއެންއެން އިން ބުނެފައިވެއެވެ.

އެންމެ މަތީ ދަރަޖައިގެ މި ސިއްރު ލިޔުންތައް ލީކުވެފައި މިވަނީ އެމެރިކާ-އިޒްރޭލު ގެ ގުޅުމުގައި ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށް ތަޖުރިބާކާރުން ދެކެއެވެ. އަދި މިކަމާ ގުޅިގެން އިޒްރޭލުން ރުޅި ގަދަވާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.

މި ލިޔުންތަކުގެ ތެރެއިން އެއް ލިޔުމުގައި އިޒްރޭލުން އަބަދުވެސް ޢާންމުކޮށް ހާމަކުރަން އިންކާރުކުރާ ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ އެ ޤައުމުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމެވެ. މި ލިޔުމުގައި ބުނެފައިވާ ގޮތުން، އިޒްރޭލުން އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރެއް ބޭނުންކުރަން ރާވާކަމުގެ އެއްވެސް ނިޝާނެއް އެމެރިކާއަށް ފެނިފައެއް ނުވެއެވެ.

މި ލިޔުންތައް ޢާންމުވީ ކިހިނެއްކަން އަދި އެއީ ހެކްކޮށްގެން ކަމެއް ނުވަތަ މީހަކު ގަސްދުގައި ލީކުކޮށްގެންކަން ސާފެއް ނޫނެވެ. އެމެރިކާ އިން މިހާރުވެސް ވަނީ އީރާނުގެ ހެކިންގ ކެމްޕޭންތަކާ ބެހޭ ގޮތުން އިންޒާރު ދީފައެވެ. މިގޮތުން އޯގަސްޓު މަހު އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީތަކުން ބުނެފައިވާ ގޮތުގައި އީރާނުން ވަނީ ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނަށް ނިސްބަތްވާ ލިޔުންތަކެއް ހެކްކޮށްފައެވެ.

އެކްސިއޯސް ނިއުސް ސައިޓުން ލީކުވެފައިވާ "ޓޮޕް ސީކްރެޓް" ލިޔުންތަކާ ބެހޭ ޚަބަރު ހޮނިހިރު ދުވަހު ރިޕޯޓް ކޮށްފައިވެއެވެ.

އިޒްރޭލު ޑިފެންސް ފޯސަސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޣައްޒާ ސިޓީ އިން ރައްޔިތުން ނިކުތުމަށް ވަގުތީ މަގެއް ހުޅުވާލައިފި

ޣައްޒާ ސިޓީ އިން ރައްޔިތުން ނިކުތުމަށް ވަގުތީ މަގެއް ހުޅުވާލައިފި

17 ސެޕްޓެމްބަރު 2025
ޣައްޒާ ސިޓީ ހިފުމަށް އިސްރާއީލުގެ 60،000 ރިޒާވް ސިފައިން ނުކުތުމަށް އަންގައިފި

ޣައްޒާ ސިޓީ ހިފުމަށް އިސްރާއީލުގެ 60،000 ރިޒާވް ސިފައިން ނުކުތުމަށް އަންގައިފި

20 އޯގަސްޓު 2025
ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު